ހާލަންޑްގެ ގޯލުން މޮޅުވެ، ސިޓީން ލިވަޕޫލާ އެއް ޕޮއިންޓަށް ގާތަށް

Feb 21, 2024, 4:41 AM
ހާލަންޑްގެ ގޯލުން މޮޅުވެ، ސިޓީން ލިވަޕޫލާ އެއް ޕޮއިންޓަށް ގާތަށް

މެންޗެސްޓާ (ފެބްރުއަރީ 21) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާލިން ބްރައުޓް ހާލަންޑް ޖެހި ގޯލުން 1-0 އިން ބްރެންޓްފޯޑް ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފި އެވެ.

އެއް ވަނައިގައި އޮތް ލިވަޕޫލަށް 25 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ ދެ ވަނައިގައި އޮތީ 25 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތް އާސެނަލަށް ވަނީ 25 މެޗުން 55 ޕޮއިންޓް ލިބިފަ އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނުކުތްއިރު، އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުުޅުނު މެޗުން ޗެލްސީއާ 1-1 އިން އެއްވަރުވެ، ސިޓީގެ މޮޅުވުމުގެ ސިލްސިލާ ވަނީ 11 މެޗަށް ފަހު ނިިމިފަ އެވެ. އަލުން ފޯމަކަށް އެޅެން ރޭގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ނުކުތް ސިޓީ އަށް ރޭގެ މެޗުން މޮޅުވެވުނީ އުނދަގުލުންނެވެ.

ބްރެންޓްފޯޑުން ރަނގަޅު ހިތްވަރެއް ދެއްކި މި މެޗުގައި ސިޓީން ޖެހި ހަމައެކަނި ލަނޑު މެޗުގެ 71 ވަނަ މިނިޓްގައި ޖެހީ ހާލަންޑް އެވެ. މިއީ ހޫލިއަން އަލްވަރޭޒް ދިން ބޯޅަ އަކުން ހާލަންޑް ޖެހި ގޯލެކެވެ. އަނިޔާ އަށް ފަހު އަލުން ފޯމަކަށް އެޅެން މަސައްކަތް ކުރަމުން އަންނަ ހާލަންޑް މި ޖެހީ މި ފަހަރު ލީގުގައި އޭނާގެ 17 ވަނަ ގޯލެވެ. ސީޒަނަށް ބަލާނަމަ ހުރިހާ މުބާރާތެއްގައި ކުޅުނު މެޗުތަކުން 22 ގޯލު ޖަހާފައިވެ އެވެ.

ސިޓީން މި މެޗުގައި ކުޅުނީ، ފިޓްނަސް މައްސަލަައެއްގައި ހުރި ކެވިން ޑި ބްރޭނާ ބެންޗުގައި ބައިންދައިގެންނެވެ. ގާޑިއޯލާ ބުނީ ސީޒަނުގައި ކުރިއަށް މުހިންމު މެޗުތަކެއް ހުއްޓައި، ރިސްކު ނަގަން ނުޖެހޭ ހާލަތްތަކުގައި އެކަން ނުކުރާނެ ކަމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox