ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް: ތިމަރަފުށްޓާއި ނައިވާދޫ ޒޯން ފައިނަލަށް

Feb 21, 2024, 4:06 AM
ތިމަރަފުށީ ޓީމުގެ ކެޕްޓަން. ސިނާހު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ތިމަރަފުށީ ޓީމުގެ ކެޕްޓަން. ސިނާހު ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގައި އެންމެ ފަހުން ކުޅުނު މެޗުތަކުން މޮޅުވެ، ތ. ތިމަރަފުށްޓާއި ހދ. ނައިވާދޫން ޒޯން ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ޒޯން ހައެއްގައި ރޭ ތިމަރަފުށިން ވަނީ، ލ. އިސްދޫ 3-2 އިން ބަލިކޮށްފަ އެވެ. ޒޯން އެކެއްގައި، ނައިވާދޫ ކުޅުނު މެޗުން ވަނީ 4-1 އިން ދިއްދޫ ބަލިކޮށްފަ އެވެ. ތިމަރަފުށްޓާއި ނައިވާދޫން ޒޯން ފައިނަލަށް ދިޔައީ ބާކީ މެޗެއް އޮއްވަ އެވެ.

ތިމަރަފުށިން ރޭ އިބްރާހިމް ސިނާހު އާއި އިބްރާހިމް އަސްވަދު (ގަބޭ)ގެ ގޯލުން ލީޑުނަގާފައި އޮއްވައި، އިސްދޫން ވަނީ އަލީ މީސާގް އީސާ އާއި ހުސެއިން އަފްހާން ޖެހި ގޯލުތަކުން އެއްވަރުކޮށްފަ އެވެ. ތިމަރަފުށި މޮޅުވީ، ސިނާހު ޖެހި ގޯލުންނެވެ. މި ޒޯނުގައި ރޭ، ތ. އޮމަދޫ އަތުން، އެންމެ ފަހުގެ ޗެމްޕިއަން ގަން ވަނީ 3-0 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ، ހުސެއިން ނާޝިދު (ނާއްޓޯ) ދެ ގޯލާއި، އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

އުތީމު ކުޅުންތެރިން ރޭގެ މެޗުގައި ލަނޑު ޖެހުމަށް ފަހު.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މި ޒޯނުގެ އެއް ވަނައިގައި ތިމަރަފުށި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގަމަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް އިސްދޫ އަށް އެއް ޕޮއިންޓް ހަަތަރެއްގައި އޮތް އޮމަދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ޒޯން އެކެއްގައި ރޭ ނައިވާދޫ ޓީމަށް ލަނޑުތައް ޖަހައިދިނީ، ޔާމިން މުހައްމަދު (ޔާންޓެ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ހަމީދު (އައްމަޑޭ) އަދި މުހައްމަދު ޝާއިން އެވެ. ދިއްދޫ ޓީމުގެ ގޯލު ޖެހީ، ހައިޝަމް ރަޝީދު އެވެ. އުތީމުން ވަނީ ރޭ 3-1 އިން ނޮޅިވަރަމް ބަލިކޮށްފަ އެވެ. އުތީމުގެ ލަނޑުތައް ޖެހީ، އަހުމަދު އައިހަމް، މުހައްމަދު ނަބީލް އަދި ތަހާ މުހައްމަދު އެވެ. ނޮޅިވަރަމްގެ ގޯލު ޖެހީ، ހުސެއިން ވަސީމް އެވެ.

މި ޒޯނުގެ އެއް ވަނައިގައި އޮތް ނައިވާދޫ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ދިއްދޫ އާއި ތިން ވަނައިގައި އޮތް އުތީމަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ނޮޅިވަރަމް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ޒޯން ހަތެއްގައި ރޭ ސ. ހިތަދޫން ވަނީ 3-1 އިން ގއ. ކަނޑުހުޅުދޫ ބަލިކޮށްފަ އެވެ. ހިތަދޫ ޓީމުގެ ލަނޑުތައް ޖެހީ، މުހައްމަދު ސޮބާހު މަންސޫރު، މުހައްމަދު ރަފާހު އަބްދުﷲ އަދި މުހައްމަދު އިންޝާލް އެވެ. ކަނޑުހުޅުދޫގެ ލަނޑު ޖެހީ، އަލީ އަޒްވާން އަބްދުލް އަޒީޒް އެވެ. ވާދޫން ވަނީ ރޭ ކުޅުނު މެޗުން ގެމަނަފުށި އަތުން، 5-0 އިން މޮޅުވެފަ އެވެ. ލަނޑުތައް ޖެހީ، މުހައްމަދު އިޔާދު އަލީ ދެ ގޯލާއި، އަބްދުﷲ އަހްލީ އަލީ، ނަޝާހު އަހުމަދު (ނައްޓު) އަދި މުސައްނިފު މުހައްމަދު (މުއްސެ) އެވެ.

ވާދޫ ޓީމުގެ މުއްސެ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޒޯން ހަތެއްގެ އެއް ވަނައިގައި އޮތީ ކުުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދައި، ޒޯން ފައިނަލުން ފުރުސަތު ހޯދާފައިވާ، ޏ. ފުވައްމުލަކު، ދަނޑިމަގު އެވެ. ދެ ވަނައިގައި އޮތް ވާދޫ އާއި ތިން ވަނައިގައި އޮތް ހިތަދޫ އަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ކަނޑުހުޅުދޫގެ ތިން ޕޮއިންޓް އޮތްއިރު، ފުލުގައި އޮތް ގެމަނަފުށްޓަށް ޕޮއިންޓެއް ނުލިބެ އެވެ.

ޒޯން ދޭއްގައި ރޭ ނ. ކެނދިކުޅުދޫން ވަނީ 3-1 އިން ރ. އަލިފުށި ބަލިކޮށްފަ އެވެ. މި މެޗުގައި ކެނދިކުޅުދޫގެ ލަނޑުތައް ޖެހީ، މުހައްމަދު އައްޒާމު ދެ ގޯލާއި، މުހައްމަދު އަރީހް ގޯލެކެވެ. އަލިފުށީގެ ލަނޑު ޖެހީ، އަހުމަދު ހުސާމް އެވެ. ރޭ މި ޒޯނުގައި، ރ. ދުވާފަރާއި ށ. ކަނޑިތީމު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކަނޑިތީމުގެ ލަނޑު ޖެހީ އަބްދުﷲ ޒަމީމް އެވެ. ދުވާފަރުގެ ލަނޑު ޖެހީ، އަހުމަދު އީރާސް (އީތޯ) އެވެ.

މި ޒޯނުގެ ތާވަލުގެ ކުރީގައި އޮތީ، ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ކެނދިކުޅުދޫ އެވެ. ދެ ވަނައިގައި އޮތް އަލިފުށްޓަށް ވެސް ހަ ޕޮއިންޓް ލިބިފައިވެ އެވެ. ތިން ވަނައިގައި އޮތް ކަނޑިތީމަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ދުވާފަރަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ށ. ފޭދޫ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

ފ. ބިލެއްދޫ - މ. މުލަކް : 20:00 (ގްރައުންޑް 1) - ޒޯން 5

މ. ނާލާފުށި - ދ. ކުޑަހުވަދޫ : 20:00 (ގްރައުންޑް 2) - ޒޯން 5

ހުޅުމާލެ - މާފަންނު : 21:00 (ގްރައުންޑް 1) ޒޯން 8

ވިލިމާލެ - މަންޗަންގޯޅި : 21:00 (ގްރަންޑް 2) ޒޯން 8

އދ. މާމިގިލި - އދ. މަހިބަދޫ : 21:00 (ގްރައުންޑް 1) ޒޯން 4

ވ. ކެޔޮދޫ - އއ. މަތިވެރި : 22:00 (ގްރައުންޑް 2) ޒޯން 4

ޅ. ކުރެންދޫ - ކ. ކާށިދޫ : 22:00 (ގްރައުންޑް 1) ޒޯން 3

ކ. ގާފަރު - ބ. އޭދަފުށި : 23:00 (ގްރައުންޑް 2) ޒޯން 3

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox