ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލް ޕްލޭނާއެކު ރައްކާތެރިވުމަށް އެހީވެދޭ

ހައްޖުގެ މާތް އަޅުަކަމަށް ދިވެއްސަކު ފުރަނީ -- ފޯޓޯ؛ އަދަދު

ހައްޖުގެ މާތް އަޅުަކަމަށް ދިވެއްސަކު ފުރަނީ -- ފޯޓޯ؛ އަދަދު

އަމާނާތަކާފުލްގެ ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލް ޕްލޭނާއެކު ހައްޖު އަދި އުމްރާގެ މާތް އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އަމާނާތަކާފުލް އިން ބުނީ، ހައްޖު އަދި އުމްރާ ކުރާ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ އެ ޕްލޭނަކީ ހައްޖާއި އުމްރާގައި ދިމާވެދާނެ ހުރަސްތަކުން ރައްކާތެރިވެ ތިބުމަށް އިތުބާރު ހިފޭނެ ޕްލޭނެއް ކަމަށެވެ.

ތަކަފުލް ޕްލޭންގައި މެޑިކަލް އެމަޖެންސީތަކާއި ދަތުރު ކެންސަލްވުމާއި ބޯޓަށްއަރުވަން ޗެކް ކޮށްފައިވާ ބެގޭޖް ގެއްލުމާއި އަދިވެސް އެތައް ކަމެއް ހިމެނޭ ގޮތަށް ގިނަ ކަންކަން އެކުލެވޭނެ ކަމަށް އަމާނާތަކާފުލް އިން ބުނެ އެވެ.

"ދަތުރު މައްޗަށް އަރާ ހިސާބުން ދަތުރު ނިންމާ އަމިއްލަ ވަޒަނަށް ވާސިލުވަންދެން މިތަކާފުލް ޕްލޭންގެ ރައްކާތެރިކަން ދަތުރުވެރިންނަށް ލިބޭނެ. އެންމެ 359 ރުފިޔާއަށް ނެގޭ މި ޕްލޭން ތައްޔާރު ކޮށްފައި ހުންނާނީ 30 ދުވަހަށް،" އަމާނާތަކާފުލް އިން ބުނެ އެވެ.

މިތަކާފުލްގެ ޕެކޭޖުން ކަވަރު ކުރާ ކަންކަން:

ބޭސްފަރުވާގެ ހަރަދުތައް - މި ބައިގެ ދަށުން އެމާޖެންސީ ހާލަތުގައި ބޭސްފަރުވާގެ ހަރަދުތަކާއި، ރޫމު ޗާޖާއި، އިންޓެސިވް ކެއާ ޔުނިޓާއި، ސާޖިކަލް ޓްރީޓްމަންޓާއި، އެނެސްތެޓިކް ސާވިސް އާއި، ފިޒިޝަނަށް ޒިޔާރަތް ކުރުމާއި، ޑައިގްނޯސްޓިކް ނުވަތަ ޕްރީ އެޑްމިޝަން ޓެސްޓިންގާއި، އެމްބިއުލާންސްގެ ހިދުމަތްތަކާއި، އައުޓް ޕޭޝަންޓް ފަރުވާ އާއި، ކުއްލި ދަތުގެ ފަރުވާއަށް ފަސް ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.

  • އެކްސިޑެންޓެއްގައި އަޅުކަން އަދާ ކުރާ ފަރާތް ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރި ކަމެއް ކުރިމަތިވުން ތިން ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ދިމާވާ ހާލަތެއްގެ ސަބަބުން ކޮންމެހެން ދަތުރު ކެންސަލްކޮށްލައި ފައިސާ ދައްކަން ޖެހުން، ނުވަތަ ފައިސާ ދައްކަން ކޮންޓްރެކްޓް ކޮށްފައިވާ ހަރަދުތަކުގެ ބަދަލު ދިނުމަށް 20،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ގެއްލިފައިވާ ޕާސްޕޯޓެއް ބަދަލު ކުރުމަށް އަދި ޕާސްޕޯޓް ގެއްލުމާ ގުޅިގެން ދަތުރުގައި ކުރާ އިތުރު ހަރަދުތައް ކަވަރު ކުރުމަށް 3،000 ރުފިޔާ ލިބޭ.
  • ފްލައިޓަށް އެރުވި ދަބަސްތައް ގެއްލުން – 10،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ފްލައިޓަށް އެރުވި ދަބަސް ލިބުނު ލަސްވުން – 2،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ދަތުރު ކުރަމުންދިޔަ ފްލައިޓް ހައިޖެކް ކުރުން – 15،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.
  • ގާނޫނީ ގޮތުން ޒިންމާވާ ހާލަތެއްގައި ތިންވަނަ ފަރާތެއްގެ ހަށިގަނޑަށް ނުވަތަ މުދަލަށް ލިބޭ. ގެއްލުމަށް ބަދަލު ފޯރުކޮށްދިނުމަށް 150،000 ރުފިޔާއާ ހަމައަށް ފައިސާ ލިބޭ.

ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލް ޕްލޭން ނަގަން ބޭނުންވާ ފަރާތްތަކަށް ޕްލޭނާ ބެހޭ މައުލޫމާތު އަމާނާތަކާފުލްގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ކުންފުނީގެ 9923232 ނަމްބަރަށް ގުޅުމުން ޕްލޭނާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށްވެސް އަމާނާތަކަފުލް އިން ބުނެ އެވެ.

އިންޝުއަރެންސް ދާއިރާގައި 20 އަހަރުގެ ތަޖުރިބާ ލިބިފައިވާ އަމާނާތަކާފުލްއިން އަންނަނީ އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ޕްލޭންތައް ތައާރަފްކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox