ފޯމުގައި ހުރި ހޮއިލުންޑް ޔުނައިޓެޑް މޮޅުކޮށްދީފި

Feb 19, 2024, 3:48 AM
ފޯމުގައި ހުރި ހޮއިލުންޑް ޔުނައިޓެޑް މޮޅުކޮށްދީފި

ލަންޑަން (ފެބްރުއަރީ 19) - މި ވަގުތު އެންމެ ރަނގަޅު ފޯމެއްގައި ހުރި ފޯވާޑް، ރަސްމުސް ހޮއިލުންޑް ޖެހި ދެ ގޯލުން، މެންޗެސްޓާ ޔުނައިޓެޑުން ރަށުންބޭރުގައި ލޫޓަން ޓައުން އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

މި މެޗުގައި ހޮއިލުންޑް، 21، ލަނޑު ޖެހިއިރު، އޭނާ މި ވަނީ ލީގުގައި ޖެހިޖެހިގެން ހަ މެޗުގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. މި ރެކޯޑް ކުރިން އޮތީ، 2021 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑަށް ކުޅުނު ޖޯ ވިލޮކް އަތުގަ އެވެ.

ލޫޓަން ދަނޑުގައި ކުޅުނު މެޗު ފަށައިގެން 37 ސިކުންތު ތެރޭ ހޮއިލުންޑް ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ. އޭގެ ހަ މިނިޓް ފަހުން، ހޮއިލުންޑް ދެ ވަނަ ގޯލެއް ވެސް ޖެހި އެވެ.

މެޗުގެ ތެރެއަށް އެނބުރި އައުމަށް ކުރި މަސައްކަތުގައި ލޫޓަން އިން ވަނީ 14 ވަނަ މިނިޓްގައި ގޯލެއް ޖަހައިފަ އެވެ. މި ލަނޑު ޖެހީ، އެ ޓީމުގެ ފޯވާޑް، ކާލްޓަން މޮރިސް އެވެ.

ދެ ވަނަ ހާފުގައި ޔުނައިޓެޑުން އިތުރު ގޯލެއް ޖަަހަން ފުރުސަތު ހޯދި އެވެ. އެ ގޮތުން، ހޮއިލުންޑް ހެޓްރިކް ހަދަން ހޯދި ފުރުސަތާއި، މާކަސް ރަޝްފޯޑާއި އަލެހަންދްރޯ ގާނާޗޯ އަށް ލިބުނު ބޯޅަތަކުގެ ބޭނުން ނުހިފުނެވެ.

އިތުރު ވަގުތުގައި ލޫޓަން އިން ނަތީޖާ ހަމަހަމަކުރެވޭތޯ ކުރި އެޓޭކެއްގައި ރޮސް ބާކްލީ ބޮލުން ފޮނުވާލި ބޯޅައެއް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ، 25 މެޗުން 44 ޕޮއިންޓާ އެކު، ލީގުގެ ހަ ވަނައިގަ އެވެ. އެއީ ފަސް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އަށް ވުރެ ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. އަދި ހަތަރެއްގައި އޮތް އެސްޓަން ވިލާ އާއި ޔުނައިޓެޑާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox