ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދިނުމުން ޔާމީން މިނިވަންވާނެ ކަމަށް ބުނެ ޝިއުނާ ފާޅު ކުރެއްވީ ރައީސްގެ ވިސްނުން: މަލީހު

ރައީސް މުއިއްޒު އަދި ޝިއުނާ: މަލީހު ވިދާޅުވީ ޝިއުނާއަކީ ރައީސްގެ "އެތެރެ ކޮއިލުގެ" ބޭފުޅެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރައީސް މުއިއްޒު އަދި ޝިއުނާ: މަލީހު ވިދާޅުވީ ޝިއުނާއަކީ ރައީސްގެ "އެތެރެ ކޮއިލުގެ" ބޭފުޅެއް ކަމަށް -- ފޮޓޯ: އަދަދު ފައިލް

އެމަނިކުފާނަކީ ކުށްވެރިއެއް ނޫންކަން ސާބިތުކޮށްދިނުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވާނެ ކަމަށް ބުނެ ޔޫތު މިނިސްޓަރުގެ ޑެޕިއުޓީ މަރިޔަމް ޝިއުނާ ފާޅު ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ ވިސްނުން ކަމަށް މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަނުގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން އަންނަ ޔާމީން މިނިވަން ކުރައްވާނެ ކަމަށް ބުނެ ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ހެއްދެވީ ދޮގުކަން ޝިއުނާގެ ވާހަކައިން ސާބިތުވާ ކަމަށް، ރައީސް ޔާމީންގެ އާ ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓު އުފެއްދުމަށް އިސްކޮށް މަސައްކަތް ކުރައްވާ މަލީހު ވިދާޅުވި އެވެ.

"ރައީސް ޑރ. މުއިއްޒުގެ އެތެރެ ކޮއިލުގެ ބޭފުޅުން މިފަދަ ބޭއިންސާފުން ވާހަކަ ދެއްކެވީމަ އެކަމުން ސާބިތުވަނީ މިއީ ޑރ. މުއިއްޒުގެ ވިސްނުންކަން. އަދި ރިޔާސީ ކެމްޕެއިނުގެ ތެރޭ ރައްޔިތުންނަށް އޮޅުވާލެއްވީކަން. މިހާރު މައްސަލައަށް އަތް ބާނުއްވަނީ ކޮން ބައެއްކަން ސާފު. އަނިޔާވެރިކަން ނިމެނޭނެ،" އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރިކަން ސާބިތުވެ ޔާމީން ޖަލަށްލުމަށް ހުކުމް ކުރީ ޑިސެމްބަރު 25، 2022 ގަ އެވެ. އެއިރު އިދިކޮޅު ފަރާތްތަކުން އެ ހުކުމް ސިފަ ކުރީ އެއީ "ހަރާމް ހުކުމެއް" ގެ ގޮތުގަ އެވެ.

ރައީސް ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދެވެ. ނަމަވެސް ސަރުކާރުން މިހާރު ބުނަނީ ރައީސް މުއިއްޒު ވައުދުވެވަޑައިގަތީ ޝަރީއަތަށް ސަރުކާރުން ނުފޫޒު ނުފޯރުވަން ކަމަށާއި ޔާމީން މިނިވަންކުރަން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު މިހާރު ފުދިފައިވާ ކަމަށެވެ.

"އަޅުގަނޑު، ދެ ޕާޓީގެ ހުރިހާ މެންބަރުންނަށް އަދި ހުރިހާ ރައްޔިތުންނަށް ވެސް ދޭ ޔަގީންކަމަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ކުރާ މަސައްކަތްކޮށް، އިންތިހާބު ކާމިޔާބުކޮށް، އިންޝާﷲ އެންމެ ފުރަތަމަ ވެސް އަޅުގަނޑުމެން ކުރާނެ ކަމަކީ ގާނޫނީ ހަމަތަކުގެ މަތިން އެމަނިކުފާނު މިނިވަން ކުރުން،" އޯގަސްޓް 8، 2023 ގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox