މަކަރާއި ހީލަތުގެ މައްސަލައިގައި ޓްރަމްޕް 453 މިލިއަން ޑޮލަރު ދައްކަން ޖެހިއްޖެ

ޓްރަމްޕްގެ މައްޗަށް ކުރިން އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކޯޓުގައި -- ފޮޓޯ: އޭޕީ

ޓްރަމްޕްގެ މައްޗަށް ކުރިން އުފުލާފައިވާ ދައުވާއަކާ ގުޅިގެން ކޯޓުގައި -- ފޮޓޯ: އޭޕީ

ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތުގެ ދައުވާއާ ގުޅިގެން 453.5 މިލިއަން ޑޮލަރު ކޯޓަށް ދައްކަން ޖެހިއްޖެ އެވެ.

ޓްރަމްޕަށް ލިބިވަޑައިގަންނަވާ އާމްދަނީ އޮޅުވާލުމާ ގުޅޭ މި މައްސަލައާ ގުޅިގެން ނިއުޔޯކް ކޯޓުން ވަނީ އެ މަނިކުފާނުގެ މައްޗަށް 354.9 މިލިއަން ޑޮލަރު އަދި އިންޓްރެސްގެ ގޮތުގައި 98.6 މިލިއަން ޑޮލަރު ދެއްކުމަށް އަމުރު ކޮށްފަ އެވެ.

މިއާއެކު، ޖުމްލަ 453.5 މިލިއަން ޑޮލަރު ޓްރަމްޕް ކޯޓަށް ދައްކަވަން ޖެހިވަޑައިގަންނަވާނެ އެވެ.

ޓްރަމްޕްގެ މައްޗަށް ކުރި ހުކުމުގައި ވަނީ އެ މަނިކުފާނު ނިއުޔޯކްގެ ކޯޕަރޭޝަނެއްގައި އޮފިސަރެއް ނުވަތަ ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުން ތިން އަހަރަށް މަނާކޮށްފަ އެވެ.

ޓްރަމްޕްގެ މައްޗަށް ކުރި ދައުވާގައި ތުހުމަތު ކޮށްފައި ވަނީ އެ މަނިކުފާނުގެ އާއިލީ ވިޔަފާރިން ލިބޭ އާމްދަނީ އޮޅުވާލައި، ބޭންކްތަކަށް އޮޅުވާލައިގެން ލޯނު ހޯއްދަވަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ މި ދައުވާއަށް އޭނާ އިންކާރު ކުރައްވާއިރު، މި ދައުވާއަކީ ސިޔާސީ ބޭނުމަށް ކޮށްފައިވާ ދައުވާއެއް ކަމަށް ވިދާޅުވެ އެވެ.

ނޮވެމްބަރު 5, ގައި އޮންނަ އެމެރިކާގެ އިންތިހާބުގައި ވާދަކުރައްވާނެކަން ޓްރަމްޕް އިއުލާން ކުރައްވާފައިވާއިރު، އެ މަނިކުފާނުގެ މައްޗަށް ކުރި މި ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރެއްވޭނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

ޓްރަމްޕްގެ މައްޗަށް މި މައްސަލައިގެ އިތުރުން ޖިނާއީ މައްސަލަތަކެއްވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ. މިގޮތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މާލީ މުއާމަލާތަކާ ގުޅޭ މައްސަލައިގެ ޝަރީއަތް މާޗު، 25 ގައި ފެށުމަށް ވަނީ ނިންމާފަ އެވެ.

އުމުރުން 77 އަހަރުގެ ޓްރަމްޕްގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ރައީސަކަށް ވުމުގެ އިމްތިޔާޒް އެމަނިކުފާނަށް ލިބެން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ކޯޓުން ވަނީ ޓްރަމްޕަށް ރައީސަކަށް ވުމުގެ އިމްތިޔާޒް ނުދޭން ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަލާމަތީ ބާރުތަކުން ދިއްލީގރ މުޒާހަރާ ކުރާ ސަރަހައްދު ވަށާލައިފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ނިއުދިއްލީގައި ބާއްވާ ބޮޑު މުޒާހަރާއާ ގުޅިގެން، ސަލާމަތީ ބާރުތަކުން އެ ސަރަހައްދު ވަނީ ވަށާލާފައެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރާ މި މުޒާހަރާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ކުރިމަތިވާނެ ވަރުގަދަ ގޮންޖެހުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޖަރުމަނުގެ ޖެންޒީ މުޒާހަރާ ހޫނުވެ ފިހާރަތައް ލޫޓުވައިފި

ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވުމާއި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ޖަރުމަނުގެ ޒުވާނުން ފެށި މުޒާހަރާތައް ހޫނުވެ، ފްރެންކްފާޓާއި އެހެން ސިޓީތަކުގައި ފުލުހުންނާ ކުރިމަތިލައި ފިހާރަތައް ލޫޓުވައިފިއެވެ. މި ހަމަނުޖެހުންތަކުގައި މުޒާހަރާގެ ބައިވެރިން ފުލުހުންނަށް އަމާޒުކޮށް ހަމަލާދީފައިވާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރާއި ކެބިނެޓް ވަޒީރުން އަސްކަރީ ތަމްރީނުގައި

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދާއި ކެބިނެޓް ވަޒީރުން ހިމެނޭހެން ސަރުކާރުގެ އިސް އޮފިޝަލުންނަށް އަސްކަރީ ތަމްރީނުތަކެއް ދޭން ފަށައިފިއެވެ. މި ތަމްރީނުތަކުގެ ބޭނުމަކީ ސިފައިންގެ އަދަބު އަޚުލާގުގެ އެހީގައި ވަރުގަދަ ލީޑަރުން ބިނާކޮށް ގައުމުގެ ތަރައްގީއަށް މަސައްކަތްކުރުން ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މި ތަމްރީނުތައް ކުރިއަށްދަނީ އެ ގައުމުގެ ސަލާމަތީ މަޝްރަހު ގޯސްވެ، އަވަށްޓެރި އެރިތުރިއާއާ އެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮންގޯގައި އެބޯލާ ޖެހިގެން 5000 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ

ޑީއާރު ކޮންގޯގައި ފެތުރެމުންދާ އެބޯލާ ބަލީގައި 5،000 އަށް ވުރެ ގިނަ މީހުން މަރުވެ، ބަލި ޖެހުނު މީހުންގެ އަދަދު 10،300 އަށް ވުރެ މައްޗަށް ވަނީ އަރާފައެވެ. އެ ގައުމުގެ އަށް ޕްރޮވިންސަކަށް ބަލި ފެތުރިފައިވާއިރު، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ދާޚިލީ ހަމަނުޖެހުންތަކާއި އެކަށީގެންވާ ފަރުވާއެއް ނެތުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

Newsletter

Get the latest news delivered straight to your inbox