އުރީދޫ އަދި އަމާނާ ތަކަފުލް ގުޅިގެން ދަތުރުވެރިންނަށް ހާއްސަ އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް ތައާރަފުކޮށްފި

އުރީދޫ އަދި އަމާނާ ތަކަފުލް ގުޅިގެން ދަތުރުވެރިންނަށް ހާއްސަ އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް ތައާރަފުކުރުން -- ފޮޓޯ: އުރީދޫ

އުރީދޫ އަދި އަމާނާ ތަކަފުލް ގުޅިގެން ދަތުރުވެރިންނަށް ހާއްސަ އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް ތައާރަފުކުރުން -- ފޮޓޯ: އުރީދޫ

އުރީދޫ މޯލްޑިވްސް އިން އަމާނަ ތަކާފުލް މޯލްޑިވްސް އާއި ގުޅިގެން، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ހާއްސަ "އެމް ފައިސާ ޓްރެވަލް އިންޝުއަރެންސް" ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

މި ޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާ އެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށެވެ. އެގޮތުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުން ތަކަށް މި ޕެކޭޖުން ބަދަލު ފޯރުކޮށްދޭނެ އެވެ.

އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަން

ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެ ނަމަ 771،000ރ. އާ ހަމައަށް ބަދަލު ދިނުން ހިމެނެ އެވެ.

ކުއްލި ހާލަތްތަކުގައި ކުރަންޖެހޭ ބޭސްފަރުވާގެ ހަރަދުތަކަށް 1،542،000ރ. އާއި ހަމައަށް މި ޕެކޭޖުން ބަދަލު ފޯރުކޮށްދޭނެ އެވެ. ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ހާލަތެއްގެ ސަބަބުން ދަތުރު ކެންސަލް ކޮށްލަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ހާލަތްތަކުގެ އިތުރުން ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ނުކުރެވުން ނުވަތަ، ފްލައިޓް ފުރުން 12 ގަޑިއިރަށް ވުރެ ލަސްވެއްޖެ ނަމަވެސް މި ޓްރެވަލް ޕެކޭޖުން ބަދަލު ފޯރުކޮށްދޭނެ އެވެ.

ޕެކޭޖުގެ އަގު

މި ޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނެގޭނެ އެވެ. އަދި މި ޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ގައުމުތަކަށް ދަތުރު ކުރުމަށް ހާއްސަ އޭޝިޔާ ޕެކޭޖް، އަދި އަދި އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރާ މީހުންނަށް ވެސް ހާއްސަ ޕެކޭޖު ލިބޭނެ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.

މި ޕެކޭޖުގެ އަގު ކަނޑައެޅިގެންދަނީ ޕެކޭޖުގެ މުއްދަތާއި ދަތުރު ކުރާ ގައުމުގެ ގޮތުންނެވެ. އެގޮތުން އޭޝިއާ ބައްރުގެ ގައުމަކަށް 14 ދުވަހުގެ މުއްދަތަކަށް ދަތުރު ކުރާނަމަ ދައްކާލަން ޖެހެނީ އެންމެ 117ރ. އެވެ.

އެއްކޮށް ދަތުރު ކުރާ މީހުން ވަކި ވަކިން ޕެކޭޖު ނެގުމުގެ ބަދަލުގައި އެއްޕެކޭޖުގައި ހުރިހާ މީހުން ހިމަނާލުމުގެ ފުރުސަތު މި ޕެކޭޖުން ލިބިގިންދާއިރު، 65 އަހަރުން ދަށުގެ ކޮންމެ މީހަކަކަށް ވެސް މި ޓްރެވަލް ޕެކޭޖު ނެގޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

ގަވިންއިން ރަމަޟާން ސޭލް ފަށައިފި

ކުރިއަށް އޮތް ރަމަޟާން މަހާ ދިމާކޮށް "ގަވިން" ފިހާރައިން އޭވިން ބްރޭންޑުގެ އައިސްއަލަމާރި އާއި ދޮންނަ މެޝިނުގެ އަގުތައް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ. މި ސޭލްގެ ދަށުން ގަންނަ ތަކެތި މާލެ ސަރަހައްދަށާއި ބޯޓުފަހަރަށް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ އިތުރުން، ކޮންމެ ހަފްތާ ބަންދަކު ހުޅުމާލޭގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ.

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

Newsletter

Get the latest news delivered straight to your inbox