މިއަހަރުގެ އުރީދޫ "ދޯހާ މެރެތަން"ގައި ބައިވެރިވުމުގެ ފުރުސަތާއެކު ހިލޭ ގަތަރު ޓްރިޕް ލިބޭ ލަކީ ޑްރޯގެ ނަސީބުވެރިން އިއުލާނުކޮށްފި އެވެ.
އުރީދޫ މޯލްޑިވްސްއިން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ނަސީބުވެރިންގެ ގޮތުގައި ހޮވުނު ދެ ކަސްޓަމަރުން ކަމުގައިވާ ސަމަދު އަފީފް އަބްދުﷲ އަދި މުހައްމަދު އަހްމަދަށް މަރުހަބާ ކިޔާފަ އެވެ.
މި ލަކީޑްރޯއަކީ ސިއްހަތާއި ފިޓްނަސް ކުރިއަރުވުމަށާއި މުޖުތަމައުއާއި އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އުރީދޫ ކަސްޓަމަރުންނަށް ތަފާތު އެކި ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ.
ނަސީބުވެރިންގެ ގޮތުގައި ސަމަދު އަފީފް އަބްދުލާ އަދި މުހައްމަދު އަހްމަދު ހޮވާފައިވަނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ޕޫލްގެ ތެރެއިންނެވެ.
އެގޮތުން ވޭތުވެދިޔަ އަހަރެއްހާ ދުވަހު އުރީދޫގެ އެކްޓިވް ކަސްޓަމަރެއްގެ ގޮތުގައި ހުރުމާއި، ހާފް މެރެތަން ނުވަތަ ފުލް މެރެތަން ފުރިހަމަކޮށްފައި ވުމާއި، ދަތުރުކުރުމަށް ސައްހަ ދިވެހި ޕާސްޕޯޓެއް އޮތުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
ޑޯހާ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ގަތަރުގެ ދޯހާގަ އެވެ.










