މެކްޓޮމިނޭގެ ލަނޑާ އެކު ޔުނައިޓަޑަށް މުހިންމު މޮޅެއް

Feb 12, 2024, 5:55 AM
މެކްޓޮމިނޭގެ ލަނޑާ އެކު ޔުނައިޓަޑަށް މުހިންމު މޮޅެއް

ލަންޑަން (ފެބްރުއަރީ 12) - މެޗުގެ ފަހުކޮޅު ސްކޮޓް މެކްޓޮމިނޭ ޖެހި ލަނޑާ އެކު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި އެސްޓަން ވިލާ އަތުން 2-1 އިން މެންޗެސްޓާ ޔުނައިޓަޑް މޮޅުވެއްޖެ އެވެ.

ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޔުނައިޓަޑަށް ރޭ ލިބުނީ މުހިންމު މޮޅެކެވެ. ޔުނައިޓަޑް މި ވަގުތު އޮތި 41 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައިގައެވެ. ފަސް ވަނައިގައި 46 ޕޮއިންޓާއެކު އޮތީ ވިލާއެވެ. ހަތަރު ވަނައިގައި 47 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމް ހޮޓްސްޕާސް އެވެ.

ވިލާގެ ދަނޑުގައި ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އެ ޓީމަށް ލީޑު ހޯދައިދިނީ ފޯވަޑް ރަސްމުސް ހޮއިލުންޑެވެ. މިއީ އެންމެ ފަހުން ކުޅުނު ހަތް މެޗުން ހޮއިލުންޑް ޖެހި ހަ ވަނަ ގޯލެވެ.

އެކަމަކު، މެޗުގެ 67 ވަނަ މިނިޓުގައި ވިލާގެ ޑަގްލަސް ލުއިޒް ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ހަމަހަމަވިއެވެ.

އެކަމަކު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޔުނައިޓަޑްގެ މިޑްފީލްޑަރު މެކްޓޮމިނޭ މެޗުގެ 86 ވަނަ މިނިޓުގައި ޖެހި ލަނޑާއެކު ޔުނައިޓަޑުން އަލުން ލީޑު ނެގިއެވެ.

މެޗަށް ފަހު ޔުނައިޓަޑްގެ ކޯޗު ޓެން ހާގް ބުނީ މި މެޗުން މޮޅުވުމުން ޔުނައިޓަޑަށް ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށާއި ގަދަ ހަތަރަކަށް އެރުމަށް ކުރާ މަސައްކަތުގައި ލިބުނު ކުރިއެރުމެއް ކަމަށެވެ.

"މިއީ ވަރަށް މުހިންމު މޮޅެއް. ގަދަ ހަތަރެއްގެ ޓީމުތަކާ ކައިރިއަށް މި ޖެހިލީ. އެއީ މި މެޗުގެ އަމާޒަކީ،" ޓެން ހާގް ބުންޏެވެ. "މެޗު އެއްވަރުވުމުންވެސް އަހަރަމެން ހިތްވަރުކުރި. އަދި މެޗުގެ ނަތީޖާ އަހަރަމެން ކޮޅަށް އަނބުރާލި."

ވިލާގެ ކޯޗު އުނާއީ އެމެރީ ބުނީ މެޗުން ބަލިވީ މެޗުގައި އެ ޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.

"މުޅި މެޗަށް ބަލާއިރު އެންމެ ކުޑަމިނުން ޕޮއިންޓެއްވެސް ވިލާ އަށް ހައްގު،" އެމެރީ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން ޕޮޗެޓީނޯއާ އެކު ނުކުތް ޔުނައިޓެޑް ބަލިކޮށްފި

މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި މެންޗެސްޓާ ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން 4-0 ގެ ބޮޑު ތަފާތަކުން ލިވަޕޫލް އަތުން ބަލިވެއްޖެއެވެ. މެޗުގެ ކުރީކޮޅު ޔުނައިޓެޑްގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު މި މެޗުގައި ލިވަޕޫލްގެ ލަނޑުތައް ޖަހައިދިނީ ސޮބޯސްލާއި، ވާޓްޒް، އެންގުމޯހާ އަދި މުނޯޒްއެވެ.

ނިއު ބަލިކޮށް ވިކްޓަރީން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް 2-1 އިން ބަލިކޮށް، ވިކްޓަރީން ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި. މި މެޗުން ބަލިވުމާއެކު ލީގުގައި ނިއުގެ ބަލިނުވުމުގެ ސިލްސިލާ ނިމުމަކަށް އައިއިރު، ވިކްޓަރީ އަކީ މިވަގުތު ލީގުގައި ބަލިނުވެ އޮތް ހަމައެކަނި ޓީމު

މާޒިޔާ އަތުން ނިއު އަށް ފަސް ގޯލުގެ މޮޅެއް

އެފްއޭއެމް ވިމެންސް ލީގުގައި މިއަދު ކުޅުނު މެޗުން ނިއު ރޭޑިއަންޓުން 5-0 ގެ ބޮޑު ތަފާތަކުން މާޒިޔާ ބަލިކޮށް، ތިން މެޗުން މޮޅުވެ ތާވަލުގެ އެއްވަނަ ކަށަވަރުކޮށްފި. މި މެޗުގައި ނިއުގެ ސަބީނާ ކަތުން އާއި މަރިޔަމް ނޫރާ ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހިއިރު، މިއީ މިދިޔަ އަހަރުގެ ޗެމްޕިއަން މާޒިޔާ މި މުބާރާތުގައި ބަލިވި ފުރަތަމަ މެޗު

ފަހަތުން އަރައި މޮޅުވެ ބާސެލޯނާ އިން އެއް ވަނަ ދިފާއުކޮށްފި

ސްޕެނިޝް ލީގުގައި ވިޔަރެއާލް އަތުން 3-2 އިން މޮޅުވެ، ބާސެލޯނާ އިން ތާވަލުގެ އެއްވަނަ މަގާމު ދިފާއުކޮށްފިއެވެ. މެޗުގެ ކުރީކޮޅު ވިޔަރެއާލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ބާސެލޯނާ އިން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގެ 10 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިގެންނެވެ.

ޓީސީ ބަލިކޮށް އޮޑި ހަތަރު ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފި ޓީސީން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އޮޑިން މެޗު ކާމިޔާބުކުރީ ހަޑްސަން ޑިއާޒް ޖެހި ދެ ގޯލާއި ކެޕްޓަން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ޖެހި ލަނޑުން

އިންޑިއާ ފުޓްބޯޅަ ރައީސް ޗޯބޭގެ ނުސީދާ ރައްދެއް ބުޓިއާ އަށް

އިންޑިއާ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަލްޔާން ޗޯބޭގެ އިސްތިއުފާ އަށް އެދި ބައިޗުން ބުޓިއާ އިސްވެ ހުރެ ޝަކުވާ ހުށަހެޅުމުން، ޗޯބޭ ވަނީ އެކަމަށް ނުސީދާ ރައްދެއް ދެއްވާފައި . ޗޯބޭ ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން މަސައްކަތް ކުރާއިރު ޒިންމާދާރު ގޮތެއްގައި ފާޑުކިޔަންޖެހޭނެ ކަމަށާއި، ފެޑެރޭޝަނުގެ ލީޑަޝިޕްގައި ތިބި އެންމެން ވެސް ޖަވާބުދާރީވާން ޖެހޭނެ ކަމަށް

މުސިއާލާގެ ވާހަަކަ ބަޔާންގެ ވެރިން ދެއްކި ގޮތް ކަމަކުނުދިޔަ

ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާއަށް ނާރުގެ ބައްޔެއް ޖެހިފައިވަނިކޮށް، އޭނާގެ ކޮންޓްރެކްޓާ މެދު އެ ކްލަބުގެ އިސްވެރިން ދެއްކެވި ޒިންމާދާރުކަން ކުޑަ ވާހަކަތަކަށް ފިފްޕްރޯ އިން ފާޑުކިޔައިފިއެވެ. އެ ޖަމިއްޔާއިން ބުނީ ބަލި ހާލަތެއްގައި ހުރި ކުޅުންތެރިއެއްގެ މުސްތަގުބަލާ މެދު ވާހަކަދެއްކުމުގައި ބަޔާނުން މިއަށްވުރެ ބޮޑަށް ސިއްހީ ހާލަތަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox