އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް މާލޭގައި އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި އެވެ.
ރޭ ބޭއްވި ރަސްމިއްޔާތުގައި އުރީދޫ އެކްސްޕީރިއަސް ސެންޓަރު ހުޅުވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފެވެ.
ސިސިލް ގާޑަން, ދަނބު ގޯޅީގައި ހުޅުވާފައިވާ މި އެކްސްޕީރިއަންސް ސެންޓަރަކީ މާލޭގައި އުރީދޫގެ ރަސްމީ އެކްސްޕީރިއަންސް ސެންޓަރުކަމަށް އެކުންފުިން ބުނެ އެވެ.
މި ސެންޓަރުގެ މަގުސަދަކީ އުރީދޫއިން ފޯރުކޮށްދޭ ހިދުމަތްތައް ކަސްޓަމަރުން އެންމެ ހިތްހަމަޖެހޭ އަދި ރަނގަޅު ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިކޮށްދިނުން ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 16:30 އަށް އަދި ރޭގަނޑު 20:00 އިން 22:00 އަށް މި އެކްސްޕީރިއަންސް ސެންޓަރު ހުޅުވިފައި ހުންނާނެ އެވެ.











