ގިނަ ކޯޗުން ފުޓްބޯޅައިގައި ނޫ ކާޑު ތާރަފްކުރުމާ ދެކޮޅު

Feb 10, 2024, 4:51 AM
ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ: އޭނާ ވަނީ ނޫ ކާޑާ ދެކޮޅަށް އަޑުއުފުލައިފައި.

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ: އޭނާ ވަނީ ނޫ ކާޑާ ދެކޮޅަށް އަޑުއުފުލައިފައި.

ލަންޑަން (ފެބްރުއަރީ 10) - ގަސްދުގައި ކުރާ ފައުލާއި ރެފްރީގެ ނިންމުންތަކަށް ހިތްހަމަނުޖެހިގެން ކުރާ އެޕީލްތަކަށް ނޫ ކާޑު ދެއްކޭ ގަވާއިދަަކަށް އަމަލުކުރަން ފުޓްބޯޅައިގެ ގަވާއިދުތައް ހަދާ އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ފަށާފައިވާ މަސައްކަތާ ދެކޮޅަށް މަޝްހޫރު ކޯޗުން އަޑުއުފުލައިފި އެވެ.

އެމެރިކަން ފުޓްބޯޅަ/ރަގްބީގައި ސިން-ބިންގެ ގޮތުގައި މަޝްހޫރުވެފައިވާ، ނޫ ކާޑު، ފުޓްބޯޅައިގައި ތައާރަފްކުރާއިރު، އެ ކާޑު ދައްކައިފިނަމަ، ކުޅުންތެރިއަކު 10 މިނިޓަށް ދަނޑުން ފައިބަން ޖެހޭނެ އެވެ. ދެ ފަހަަރަށް ނޫ ކާޑު ދައްކައިފިނަމަ، ދަނޑުން މުޅިން މެޗަށް ދަނޑުން ބާލާނެ އެވެ. ރީނދޫ ކާޑަކާއި ނޫ ކާޑެއް ދައްކައިފިނަމަ ވެސް މުޅި މެޗުން ދެން އިތުރަށް ފުރުސަތު ނުލިބޭނެ އެވެ.

ސީނިއާ ފުޓްބޯޅަ އަށް ސިން-ބިން ތައާރަފްކުުުރުމުގެ މަޝްވަރާތައް ކުރިއަށްދާ ބައްދަލުވުން އޮތީ އަންނަ މަހުގަ އެވެ. އިނގިރޭސި އެފްއޭ އިން ސިން-ބިން ޓެސްޓް ކުރަން މަސައްކަތްކުރާނީ އަންނަ ސީޒަނުގެ އިނގިރޭސި އެފްއޭ ކަޕާއި ވިމެންސް އެފްއޭ ކަޕްގައި ކަމަށް ދި ޓައިމްސް އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ބުނީ، މި ވަގުތު ވެސް ފުޓްބޯޅައިގައި ކާޑު ދައްކާ އުސޫލު މި އޮތީ ވަރަށް ރަނގަޅަށް ސާފުކޮށް ފެންނަން ކަމަށެވެ. މީގެ ތެރެއަށް އިތުރު ކާޑެއް ތައާރަފްކުރުމަކީ، މި އުސޫލު އޮޅުންބޮޅުންވެ، ހަލާކުގެ ތެރެއަށް ފުޓްބޯޅަ ހިނގައިދާނެ ކަމެއްގެ ގޮތުގައި ޕޮސްޓެކޮގްލޫ ގަބޫލުކުރެ އެވެ.

"އަހަންނަށް ނުފެނޭ، އެއް ޓީމެއްގެ ކުޅުންތެރިއަކު، 10 މިނިޓަށް ދަނޑުން ފައިބަން ޖެހޭ ގޮތަކުން އޮންނާނެ ފައިދާއެއް. ޔަގީނުން ވެސް ފުޓްބޯޅަ ހަލާކުވާ މަންޒަރު އަހަންނަށް އެބަ ފެނޭ،" ޕޮސްޓެކޮގްލޫ ބުންޏެވެ.

ޕޮސްޓެކޮގްލޫގެ ވާހަކަތަކަށް ތާއީދުކޮށް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް އާއި ނިއުކާސަލް ޔުނައިޓެޑްގެ ކޯޗު އެޑީ ހޯވް ވެސް ވަނީ ނޫ ކާޑުގެ ގަވާއިދު ކަމުނުދާ ކަމަށް ބުނެފަ އެވެ.

ކްލޮޕް ބުނީ އެންމެ ފުރަތަމަ މި ހިޔާލު ޝައުގުވެރިވި ކަމަށާއި އެކަމަކު ފަހުން ވިސްނާލިއިރު، އެނގުނު ކަމަކީ، ފުޓްބޯޅަ އަށް ގެންނަ ބަދަލުތަކުގައި، އައިފެބް އިން ގެނައި އެއްވެސް އާ ކަމެއް އޭނާ އަށް ކަމުުނުދާ ކަމަށެވެ.

ހޯވް ގަބޫލުކުރާގޮތުގައި ނޫ ކާޑުގެ ބޭނުމެއް ނެތެވެ. އެ ކާޑުގެ ބޭނުން މި ވަގުތު ރީނދޫ ކާޑުން ވެސް ފުދޭ ކަމަށް ހޯވް ވަނީ ބުނެފަ އެވެ.

"ރަނގަޅަށް އޮތް ކަމެއް ބަދަލުކުރަން އުޅެގެން، އިތުރަށް ގޯހެއް ވާން އަހަރެން ނޭދެން،" ހޯވް ބުންޏެވެ.

މީގެ އިތުރުން ވެސް ގިނަ ކޯޗުން ވަނީ މި ބަދަލާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

އައިފެބްގެ އެދުމަށް އިނގިރޭސި އެފްއޭ އިން ވަނީ 2019-20 ސީޒަނުން ފެށިގެން، އިނގިރޭސި ގްރާސް ރޫޓް މުބާރާތްތަކުގައި ސިން-ބިން ޓްރަޔަލްސް ކުރިއަށްގެންދަމުންނެެވެ. އެފްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، ސިން-ބިންގެ ޓްރަޔަލްސް ފެށި ފަހުން، ފައުލުތަކުގެ ނިސްބަތް ވަނީ ދަށްވެފަ އެވެ.

ނޫ ކާޑުގެ މި ގަވާއިދާ ޔޫރަޕްގެ ގިނަ ލީގުތަކުން ދެކޮޅެވެ. ޔުއެފާގެ ރައީސް އަލެކްސަންޑަ ޗެފެރިން ވެސް ވަނީ މި ގަވާއިދާ ދެކޮޅަށް ވާހަކަ ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އޮޑި ކައިރިން ވެސް ނިއު ރޭޑިއަންޓް ސަލާމަތްވީ ފަހު ވަގުތު

ދިވެހި ޕްރިމިއާ ލީގުގައި ރޭ އޮޑި ސްޕޯޓްސް ކްލަބާ ބައްދަލުކުރި މެޗު، ފަހު ވަގުތު ޖެހި ލަނޑުން 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ ސަލާމަތްވެއްޖެ. މިއީ ޖެހިޖެހިގެން ނިއު އިން ފަހު ވަގުތު ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ބަދަލުކޮށްލި ތިންވަނަ މެޗު. ދެ މެޗުން (އޮޑި އާއި ދިއްދޫ) އެއްވަރުކުރިއިރު، އެއް މެޗުން (މާޒިޔާ މެޗުން) މޮޅުވި.

ޓީސީ އަތުން މޮޅުވެ ޗެމްޕިއަން މާޒިޔާ އަށް ހަމަޖެހުމެއް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އިން 3-0 ގެ ނަތީޖާއަކުން ޓީސީ ބަލިކޮށް، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް ސިލްސިލާއަށް ނިމުމެއް ގެނެސްފި. އެންމެ ފަހުން ފަސް ސީޒަނުގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން މި ފަހަރުގެ ސީޒަނުގެ ހަތަރު މެޗުން ވަނީ ހަތް ޕޮއިންޓް ހޯދައިފައި.

ހަނގުރާމައާ ހެދި ސައުދީގެ "ސިކްސް ކިންގްސް ސްލޭމް" ފަސްކޮށްފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން، މި މަހު ބޭއްވުމަށް ހަމަޖެހިފައި އޮތް "ސިކްސް ކިންގްސް ސްލޭމް" ޓެނިސް މުބާރާތް އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްފި. ހަނގުރާމައިގެ ސަބަބުން މި މުބާރާތުގެ އިތުރުން ސައުދީ ޕްރޯ ލީގުގެ މެޗުތަކާއި އެހެނިހެން ކުޅިވަރު ހަރަކާތްތަކުގެ ޝެޑިއުލަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައި

ސިޓީ މައްސަލައިގައި ސިޔާސީ ނުފޫޒެއް؟ އިސްތިއުފާދޭނެ!

މާލީ ގަވާއިދުތަކާ ހިލާފުވި 114 މައްސަލައެއް މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާއިރު، އެ ކްލަބާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ޕްރިމިއާ ލީގުން އަންނަނީ ތައްޔާރުވަމުން. މި މައްސަލަ ބަލާ މިނިވަން ރެގިއުލޭޓާގެ ޗެއާމަން ޑޭވިޑް ކޯގަން ވިދާޅުވީ، މި ތަހުގީގަށް ސިޔާސީ އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް.

ސައުތުގޭޓް، ފުޓްބޯޅައާ މެދު އޮތް ޝައުގުވެރިކަން ކުޑަވެއްޖެ

އިންގްލެންޑްގެ ކޯޗުކަމުން ވަކިވި ފަހުން ފުޓްބޯޅައިގެ މަސައްކަތްތަކަށް އޮތް ޝައުގުވެރިކަން ކުޑަވެފައިވާ ކަމަށް ގަރެތު ސައުތުގޭޓް ވަނީ ބުނެފައި. އޭނާ ހާމަކުރި ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން މޮޅާއި ބަލީގެ ފިއްތުންތަކުގައި އުޅުމަށްފަހު، ފުޓްބޯޅައާ ދުރުގައި ހޭދަކުރި މުއްދަތުގައި އޭނާގެ ދިރިއުޅުމަށް ވަނީ ހިތްހަމަޖެހުން ލިބިފައި

އޮސްކާގެ ކާމިޔާބީ ނިއުގައި ތަކުރާރުކުރަން އަންދްރޭ ބޭނުން

ނިއު ރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮން އެ ކްލަބުގައި ހޯދި ބޮޑު ކާމިޔާބީ ތަކުރާރުކުރުމަކީ މިހާރުގެ ކޯޗު އަންދްރޭގެ ބޮޑު އުންމީދެކެވެ. އަންދްރޭ ބުނިގޮތުގައި އޮސްކާގެ ކާމިޔާބީއާ ހަމައަށް ދިއުމަކީ ގޮންޖެހުން ބޮޑު ކަމެއް ނަމަވެސް، ޓީމުގެ ކުޅުން ރަނގަޅުކޮށް ކުރިއަށް ހުރި މެޗުތަކުން މޮޅުވުމަކީ އޭނާގެ އަމާޒެވެ.

ރެއާލަށް ރޯމާ އަތުން މޮޅެއް، ޕީއެސްޖީން ސިޓީ ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑުން ރޯމާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވިއިރު، ޕީއެސްޖީން ވަނީ 4-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފައެވެ. މީގެ އިތުރުން ލިވަޕޫލާއި އެސްޓަން ވިލާ އަދި ރެއާލް ބެޓިސް ވެސް ވަނީ ރޭ ކުޅުނު މެޗުތަކުން މޮޅުވެފައެވެ.

Newsletter

Get the latest news delivered straight to your inbox