ތިމަރަފުށީ ޕީއެންސީ ކެންޑިޑޭޓު ބާކީކޮށް ރައީސްގެ ތާއިދު ރިޔާޒަށް

ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ސަނާހު އަދި ސަރުކާރުން ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓު އަހުމަދު ރިޔާޒު

ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ސަނާހު އަދި ސަރުކާރުން ތާއީދުކުރާ އަމިއްލަ ކެންޑިޑޭޓު އަހުމަދު ރިޔާޒު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތިމަރަފުށީ ދާއިރާއަށް ޕްރޮގްރެސިވް ކޯލިޝަނުގެ ކެންޑިޑޭޓަކު ހުއްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު ކުރައްވަނީ މިހާރު އެ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒަށް ކަމަށް ރައީސް އޮފީހުގެ ދެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

އަންނަ މަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް އަހުމަދު ރިޔާޒު ވާދަ ކުރައްވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ދީފައިވަނީ ރައީސް މުއިއްޒުގެ ކުރީގެ ޕާސަނަލް އެސިސްޓަންޓު އިބްރާހިމް ސަނާހު (ސަންޓޯ) އަށެވެ. ސަނާހު އަށް ވަނި ޓިކެޓުގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ.

ނަމަވެސް، މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ކަމަށްވާ އާދަމް ރަމީޒު އަދި އަބްދުﷲ ނާސިރު ވަނީ ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށާއި ރައީސް މުއިއްޒު ވަނީ އެ ޔަގީންކަން ދެއްވާފައި ކަމަށް ވިދާޅުވެފަ އެވެ. އެ ދެ މިނިސްޓަރުންނަކީ ސިޓީ ކައުންސިލްގައި ތިއްބެވި އިރުވެސް މުއިއްޒުގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ.

"ދެން އަދި ތިމަރަފުށީ ކައުންސިލް މީޓިންގަވެސް ރައީސް ދަންނަވާނެ ރައީސް ތާއީދު ކުރައްވަނީ ރިޔާޒަށް ކަމަށް، ދެން އޭގެ އިތުރުން އަދި ދަންނަވާފަ އޮތީ އަޅުގަނޑަށް ދެން ހުރި ކެންޑިޑޭޓަށް [ސަނާހު] ގުޅާފަ ހުރިހާ ކަމެއް ހުއްޓާލަން ވެސް ނަންގަންނާށޭ،" ރަމީޒު ވިދާޅުވެފައިވެ އެވެ.

ވީޑިއޯގައި ރަމީޒު އަދި ނާސިރުގެ އިތުރުން ދެން ފެންނަނީ އެމްއެންޕީއަށް ނިސަބަތްވާ މެމްބަރު ރިޔާޒު އަދި އަމިއްލަ ގޮތުން މި ފަހަރު މަޖިލީހަށް ވާދަ ކުރައްވާ އަހުމަދު ރިޔާޒެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިހާރު ރައީސް މުއިއްޒު ތ. އަތޮޅަށް ކުރައްވާ ދަތުރުގެ ތެރޭގައި ބާއްވާފައިވާ ބައްދަލުވުމެވެ. ތ. އަތޮޅު ދަތުރުގައި ރައީސް މުއިއްޒު އަރިހުގައި ރަމީޒާއި ނާސިރު، އަދި އަބްދުﷲ ރިޔާޒު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

"ވަރަށް ސާފުކޮށް މިހާރު ރައީސްގެ ކެންޑިޑޭޓަކީ މިއީކަން [އަހުމަދު ރިޔާޒު]. އަޅުގަނޑުމެން ދެބޭފުޅުންގެ ފަރާތުންވެސް ތިބޭފުޅުންނަށް ޔަގީން މީގެ ފަހުން މީ ތިމަރަފުށީ ދާއިރާ، މި ދާއިރާގެ ހުރިހާ ކަންތައްތައް ދާނީ މިބޭފުޅާގެ ބެލުމުގެ ދަށުން އަޅުގަނޑުމެންނާ ކޯޑިނޭޓު ކުރެވިގެން ރައީސް އޮފީހުން،" އަހުމަދު ރިޔާޒަށް އިޝާރާތް ކުރައްވާ ރަމީޒު އިތުރަށް ވިދާޅުވެ އެވެ.

އޭނާގެ ވާހަކަ ނިންމާލުމުން ނާސިރުވެސް ވަނީ "ކުރަންޖެހޭ ހުރިހާ ކަމެއް" ކުރަން ރައީސް އަންގަވާފައިވާ ކަމަށާއި އެކަން އެގޮތަށް ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި ހޮވާ 93 ދާއިރާއަށް ވެސް ޕީއެންސީއިން ކެންޑިޑޭޓުން ނެރޭއިރު، ބައެއް ދާއިރާތަކަށް ޕީއެންސީގެ ޓިކެޓު ހޯދި ފަރާތްތަކުގެ ބަދަލުގައި ރައީސް މުއިއްޒު ވަކި ކެންޑިޑޭޓުންތަކެއް ނެރެމުންދާ ކަމުގެ އަޑުތައް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox