ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް: ކުޑަހުވަދޫ އާއި ބިލެއްދޫ އަށް އަތޮޅު ޗެމްޕިއަންކަން

Feb 8, 2024, 4:40 AM
ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ ޓީމުގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.---- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެެލެންޖް 2024 ގައި ދ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާ ވެސް ކުޑަހުވަދޫ އިން ހޯދިއިރު، ފ. އަތޮޅުގެ ޗެމްޕިއަންކަން ބިލެއްދޫން ހޯދައިފި އެވެ.

މި ފަހަރު ވެސް، ދ އަތޮޅު ފައިނަލުގައި ފެނުނީ މާއެނބޫދޫ އާއި ކުޑަހުވަދޫގެ ކުރިމަތިލުމެކެވެ. ކުޑަހުވަދޫ މޮޅުވީ، 6-2 އިންނެެވެ. ފ. އަތޮޅުގެ ފައިނަލުގައި ބިލެއްދޫ މޮޅުވީ، ދަރަނބޫދޫއާ ވާދަކޮށް ފޯރިގަދަ މެޗަކަށް ފަހު، 5-4 އިންނެވެ.

ދ. އަތޮޅު ފައިނަލަށް ކުޑަހުވަދޫ އާއި މާއެނބޫދޫ ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރޭ ކުޅުނު ދ. އަތޮޅު ފައިނަލުގައި ކުޑަހުވަދޫން ލަނޑުތައް ޖެހީ، ހުސެއިން އިފްހާމް އާއި ޖުމައިލް ޖަމީލް (ޖުމްބެ)ގެ އިތުރުން، ހާރޫން އިބްރާހިމް (ހާންޑޯ) އާއި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އަރީޝް، ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ. މީގެ ތެރެއިން، އަރީޝް ޖެހި ދެ ގޯލަކީ ވެސް އިންޑިވިޖުއަލީ މޮޅު ދެ ގޯލެވެ.

މާއެނބޫދޫ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިިދިނީ، އަހުމަދު ޝައިހާން އާއި އަބްދުﷲ ޒާން ޒަހީން އެވެ.

ބިލެއްދޫ ކުޅުންތެރިންނާއި އޮފިޝަލުން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫ ޓީމުގެ އަރީޝް އެވެ.

ރޭ ކުޅުނު ބިލެއްދޫ އާއި ދަރަނބޫދޫ މެޗުގައި، ބިލެއްދޫގެ ގޯލުތައް ޖެހީ، ރިމާން އަލީ އާއި މުހައްމަދު ޒީދާން ޒުހުރީ، ކޮންމެ ކުޅުންތެރިއަކު ދެ ގޯލާއި ނަދީފް އިބްރާހިމް ގޯލެކެވެ. ދަރަނބޫދޫގެ ގޯލުތަކަށް ބަލާއިރު، އެއް ލަނޑަކީ، ބިލެއްދޫގެ ކީޕަރު ޝިރުހާން އަބްދުލް ލަތީފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ލަނޑުތައް ޖެހީ، ސާޖިދު އަހުމަދު އިބްރާހިމް، މުއައްލިމް އުމަރު އަދި މުޒްދާން ހަސަން އެވެ.

ފ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދީ، ބިލެއްދޫގެ ޒީދާން އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅޭނީ ކ. އަތޮޅުގެ ހަތަރު މެޗާއި މ. އަތޮޅުގެ ހަތަރު މެޗެވެ. މިއީ ގްރޫޕްގެ ފަހު މެޗުތަކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިރޭ ކުޅޭ މެޗުތައް:

ކ. ގާފަރު - ކ. ހުރާ : 20:00 (ގްރައުންޑް 1)

ކ. ކާށިދޫ - ކ. ހިންމަފުށި : 20:00 (ގްރައުންޑް 2)

ކ. ގުޅި - ކ. ގުރައިދޫ : 21:00 (ގްރައުންޑް 1)

ކ. ދިއްފުށި - ކ. މާފުށި : 21:00 (ގްރައުންޑް 2)

މ. މުލައް - މ. ރަތްމަންދޫ : 22:00 (ގްރައުންޑް 1)

މ. މަޑުއްވަރީ - މ. ވޭވަށް : 22:00 (ގްރައުންޑް 2)

މ. ނާލާފުށި - މ. ކޮޅުފުށި : 23:00 (ގްރައުންޑް 1)

މ. ދިއްގަރު - މ. މުލި : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox