މިނިވަންކަން އަމިއްލައަށް ދެމެހެއްޓޭނެކަން ރައީސް ސާބިތުކޮށްދެއްވައިފި: ޒަމީރު

ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޖިނޭރަކުން ޑިޕްލޮމެޓަކަށް ރައީސް މުއިއްޒު ބަދަލުވެވަޑައިގެންފައިވާ ކަމަށް ޒަމީރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޖިނޭރަކުން ޑިޕްލޮމެޓަކަށް ރައީސް މުއިއްޒު ބަދަލުވެވަޑައިގެންފައިވާ ކަމަށް ޒަމީރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން މިވީ ދެ މަހެއްހައި ދުވަސް ތެރޭގައި، ރާއްޖޭގެ މިނިވަންކަން ދިވެހީންނަށް އަމިއްލައަށް ދެމެހެއްޓޭނެކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދެއްވާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުއާ އެކު ސަރުކާރުގެ އިސްވެރިން ތ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ އަތޮޅު މަޑިފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މީގެ ކުރީގެ ހުރިހާ ވެރިކަމެއްގައި ވެސް ދިވެހީންނަށް ވިސްނަައިދީފައި އޮންނަނީ ރާއްޖެއަކީ އަބަދުވެސް އެހެން ގައުމުތަކަށް ބަރޯސާވެގެން އުޅެންޖެހޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ އަޅުގަނޑުމެންނަށް، ރާއްޖޭގެ މިނިވަންކަމަކީ އަޅުގަނޑުމެން އަމިއްލައަށް އަޅުގަނޑުމެން އެ މިނިވަންކަން ދެމެހެއްޓޭނެ ގައުމެއްގެ ގޮތުގައި ރައްޔިތުންނާއި އަދި މުޅި ދުނިޔެއަށް ދައްކަވައިފިޔޭ، މިސާލަކަށް ރައީސް ވިދާޅުވީ 24 ގަޑިއިރު، މުޅި ދުވާލެއްގެ 24 ގަޑިއިރު، އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލަހައްޓަވާނަމޭ، މިއީ ރާއްޖޭގެ ކުރީގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅެއްގެ ވިސްނުންފުޅުގައި ވެސް ހުރި ކަމެއް ނޫން،" ރައީސް މުއިއްޒުގެ އެ ނިންމެވުމަށް ތައުރީފު ކުރައްވަމުން ޒަމީރު ވިދާޅުވި އެވެ.

މީގެ ކުރިން ރައީސް ރައީސް ޔާމީނުގެ ވެރިކަމުގެ ކެބިނެޓުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވިއިރު ވެސް އެކުގައި މަސައްކަތް ކުރެއްވި ޒަމީރު ވިދާޅުވީ މި ސަރުކާރު ގެނައުމަށް ކެމްޕޭނު ކުރަމުންދިޔައިރު، ރާއްޖޭގެ މިނިވަންކަން އޮތީ އުނދަގޫ ހިސާބެއްގައި ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަނބުރާ ހޯދަންޖެހޭ ކަމަށް އޭރު ވެސް ރައީސް މުއިއްޒު ވަކާލާތު ކުރެއްވި ހަނދާން އައު ކޮށްދެއްވަމުން ޒަމީރު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ރައީސް ކުރެއްވި މަސައްކަތްތަކަކީ އެކަން ހާސިލު ކުރުމަށް ކުރެއްވި މަސައްކަތްޕުޅުތަކެއް ކަމަށެވެ.

ވެރިކަމަށް ރައީސް މުއިއްޒު ވަޑައިގެންނެވިއިރު، ރައީސް މުއިއްޒު ފާހަގަވެފައި ވަނީ ކުޅަދާނަ އިންޖިނޭރެއްގެ ގޮތުގައި ކަމަށާއި ވެރިކަމަށް ވަޑައިގެން އަމަލު ކުރައްވާނެ ގޮތަކާމެދު އޭރު ސުވާލު އުފެދުނު ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

ނަމަވެސް ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޖިނޭރަކުން ޑިޕްލޮމެޓަކަށް ރައީސް މުއިއްޒު ބަދަލުވެވަޑައިގެންފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ދުރު ވިސްނުންފުޅާއި އިރުޝާދުގެ ދަށުން ފާއިތުވި ދެ މަހެއްހައި ދުވަސް ތެރޭގައި ރާއްޖޭގެ ހާރިޖީ ގުޅުންތައް ކުރިއަށް ވުރެ ރަނގަޅު ކުރެވިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.

އެގޮތުން 2016 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ރާއްޖޭގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ވުރެ ރައީސް މުއިއްޒު އެކަމަށް ކުޅަދާނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނުތަކުގައި މިއޮންނަނީ ރާއްޖޭގެ އެންމެ އިސް ޑިޕްލޮމެޓަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް، އެގޮތަށް އޮތް އިރުގައި އަޅުގަނޑުމެން އަބަދުވެސް ލަފަޔަށް މި އަހަންޖެހެނީ ރައީސް އަރިހުގައި، އަޅުގަނޑަށް ފާހަގަ ކުރެވުނީ ޑިޕްލޮމެޓިކް ދާއިރާގައި ރާއްޖެއަށް ދޭދޭ ގައުމުތަކުން މިލިބޭ ކުރިއެރުމުގައި، މިކަންކަމުގައި ރައީސްގެ ޓެލެންޓު އަސްލު އިންޖިނޭރަކަށް ވުރެ މާމޮޅޭ، އަޅުގަނޑުމެންނަށް މިފެނުނު ޑިޕްލޮމެޓުންނަށް ވުރެ މާމޮޅޭ އިނގޭތޯ،" ޒަމީރު ވިދާޅުވި އެވެ.

މައިގަނޑު ގޮތެއްގައި އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވެވަޑައިގެންނެވި، ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓޭނެ ގޮތް ދާދި އަވަހަށް ވެގެންދާނެ ކަމަށް ވެރިކަމުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން އިއްޔެ ވިދާޅުވެފަ އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އެއްގަމާ، ކަނޑާ، ވައިގެ މަގުން ވެސް ގައުމު ދިފާއު ކުރެވޭނެ ޒަމާނީ ޢަސްކަރީ ގާބިލުކަން ރާއްޖޭގައި ވަރުގަދަ ކުރަން ޖެހޭ،" އެއްގަމާއި ކަނޑާއި ވައިގެ މަގުން ވެސް ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރު ކުރަން ޖެހޭކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ބިމާއި ކަނޑު ހިމެނޭހެން، ރާއްޖޭގެ 900،000 އަކަ ކިލޯމީޓަރުގެ ބޮޑު އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ހޯދުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"....އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެން ދާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު މި ކަމުގެ ޔަގީން ކަން މި ދެއްވީ، މިދިޔަ ހަފުތާގައި ދެ ދުވަހަކު މަތިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިއާ އަސްކަރިއްޔާގެ މަނަރުވަތަކުން ވަނީ ދިވެހި މަސްވެރި ދޯނިތަކެއް ހިފަހައްޓައި، އެ ދޯނިތަކަށް ސިފައިން އަރައި ދިވެހި މަސްވެރިންނަށް އިންޒާރު ދީފައި ވަނިކޮށެވެ.

އިންޑިއާ ކޯސްޓުގާޑުގެ ދެ މަނަވަރަކުން އައިސް ދިވެހި ތިން ދޯންޏަކަށް އަރައި އިންޒާރު ދިން މައްސަލަ ފެންމަތިވީ، މިދިޔަ ބުދަ ދުވަހުން ފެށިގެން ބޮޑު ކަންނެލި މަސްވެރިންގެ ޔުނިއަނުން އެކްސްގައި އޭގެ ފޮޓޯ އާއި ވީޑިއޯ އާއި މައުލޫމާތުތައް ހާމަކުރަމުން ދިޔުމުންނެވެ. ބުރާސްފަތި ދުވަހު ވެސް ދޯންޏަކަށް އަރާފައިވެ އެވެ.

ވީޑިއޯތަކުން ފެންނަނީ އިންޑިއާގެ ކޯސްޓް ގާޑުގެ ސިފައިން ބަޑިއާއެކު ހަރަކާތްތެރިވާ މަންޒަރެވެ. އިންޑިއާ ކޯސްޓް ގާޑުގެ އުޅަނދެއް ވެސް ސާފުކޮށް ފެނެ އެވެ.

ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ އިންޑިއާގެ ކޯސްޓް ގާޑް ޝިޕް 246 އާއި ކޯސްޓް ގާޑް ޝިޕް 253 އަށް ނިސްބަތްވާ ބޯޑިން ޓީމުތަކުން ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އިންޑިއާގެ ސިފައިން އެރީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތު ނިމުމަކަށް ގެނައުމުގެ މަސައްކަތުގެ ތެރެއިން، އެމްއެންޑީއެފްއަށް އަސްކަރީ ޑްރޯންތަކެއް ހޯދަން ތުރުކީގެ ކުންފުންޏަކާއެކު 560 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ވެސް ގާއިމުކޮށްފައިވެ އެވެ.

ތުރުކީ އަސްކަރިއްޔާއަށް ވެސް ޑްރޯން ސަޕްލައިކޮށްދޭ ކުންފުންޏަކާ އެކީ ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ފައިސާ ދައްކަން ހަމަޖެހިފައި ވަނީ ބައިބަޔަށް ބަހާލައިގެންނެވެ. އަދި މި މުއާމަލާތުގެ ހުރިހާ ފައިސާއެއް މި އަހަރު ތެރޭގައި ހަލާސް ކުރަން ޖެހެ އެެވެ.

ދިވެހި އަސްކަރިއްޔާއަށް އިންޑިއާއިން ހަދިޔާކޮށްދިން ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓުކުރަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސްގެ ވައުދުފުޅެކެވެ. އޭގެ ބަދަލުގައި މަދަނީ މީހުން ތިބޭ ގޮތަށް އެއްބަސްވެ ސިފައިން ފޮނުވައިލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox