ކަނޑިތީމާއި މަތިވެރި އަދި މަހިބަދޫ އަށް އަތޮޅު ޗެމްޕިއަންކަން

Feb 5, 2024, 4:46 AM
އއ. ގެ ޗެމްޕިއަންކަން ހޯދި މަތިވެރި ޓީމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އއ. ގެ ޗެމްޕިއަންކަން ހޯދި މަތިވެރި ޓީމުން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މިހާރު ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ށ. ކަނޑިތީމު، އއ. މަތިވެރި އަދި އދ. މަހިބަދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.

ށ. އަތޮޅު ފައިނަލުގައި ކަނޑިތީމާއި ފޭދޫ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވިއިރު، ޕެނަލްޓީގައި ކަނޑިތީމު މޮޅުވީ 8-6 އިންނެވެ. މިއީ ކަނޑިތީމުން އަތޮޅު ޗެމްޕިއަންކަން ހޯދި ފަސް ވަނަ ފަހަރެވެ. މިދިޔަ އަހަރު އެ ޓީމު ވަނީ ޕެނަލްޓީ ޖަހައިގެން، ފޯކައިދޫ އަތުން ބަލިވެފަ އެވެ.

މެޗުގައި، ކަނޑިތީމުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ، އެ އަތޮޅުގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. އެ ޓީމުގެ އަނެއް ލަނޑު ޖެހީ އަހުމަދު ރިޒާން އެވެ. ފޭދޫ ޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ސިރްފާން އާއި މާޒިލް މުހައްމަދު އަދި އަހުމަދު ފާއިން މުހައްމަދު އެވެ.

ށ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ކަނޑިތީމުން ތަށްޓާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕެނަލްޓީގައި، ކަނޑިތީމުން ފަސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. ފޭދޫން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.

އދ.ގެ އެންމެ ފަހުގެ ޗެމްޕިއަން، މާމިގިލި އަތުން މަހިބަދޫ މޮޅުވީ 2-0 އިންނެވެ. މަހިބަދޫން އަތޮޅު ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ، އިބްރާހިމް އުސާމާ ހަސަން މަޖީދުގެ އިތުރުން މާމިގިލީގެ އިބްރާހިމް މައިސާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އދ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް، މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހޮވުނުއިރު، އެންމެ ގިނަ ގޯލު ޖެހީ، ދަނގެތި ޓީމުގެ އަހުމަދު ސުދައިސް އަލީ އެވެ.

އދ.ގެ ޗެމްޕިއަންކަން ފުރަތަމަ ފަަހަރަށް ހޯދި މަހިބަދޫ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

އއ.ގެ ޗެމްޕިއަންކަން މަތިވެރިން ދެ ވަނަ ފަހަރަށް ހޯދީ ފައިނަލުގައި ބޮޑުފޮޅުދޫ އަތުން 5-2 އިން މޮޅުވެގެންނެވެ. ލީގު ބުރުގައި ބޮޑުފޮޅުދޫ އަތުން ބަލިވި ނަމަވެސް ފައިނަލުގައި މަތިވެރިން މި ވަނީ ބަދަލު ހިފައިފަ އެވެ. މަތިވެރި އަށް ފައިނަލުގައި ހެޓްރިކް ހަދައިދިން އަލީ އަލްސަން އަކީ އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ އަހުމަދު ފިޒާން އެވެ.

ބޮޑުފޮޅުދޫގެ އަލީ ޝަނީޒް އެއް ލަނޑު ޖެހިއިރު، ދެން ޖެހި ގޯލު ކާމިޔާބުކުރީ އއ. އަތޮޅު މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި، މުހައްމަދު ޝިރުހާން އެވެ.

ތުޅާދޫ ބ. އަތޮޅު ފައިނަލަށް

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މި ފަަހަރު ބ އަތޮޅުން ވާދަކުރަނީ ތިން ޓީމެވެ. ފުރަތަަމަ މެޗުން އޭދަފުށިން ވަނީ ކެންދޫ ބަލިކޮށްފަ އެވެ. ކެންދޫން ކުޅުނު ދެ ވަނަ މެޗުގައި ރޭ ތޫޅާދޫ އަތުން ބަލިވީ، 6-2 އިންނެވެ.

ރޭގެ މެޗުގައި ތުޅާދޫގެ ގޯލުތައް ޖެހީ، އިބްރާހިމް ރަފާހު ހެޓްރިކެއްގެ އިތުރުން އަންސަރު އިބްރާހިމް (އަންކޮ) އާއި މުހައްމަދު ތަސްނީމް (މޯޑު) އެެވެ. ކެންދޫގެ ގޯލުތައް ޖެހީ، މުހައްމަދު އިޔާދު އާއ ޝަމަން މޫސާ އެވެ.

ޅ. އަތޮޅުގައ ކުރެންދޫ އާއި ހިންނަވަރު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޅ. އަތޮޅުގެ ފުރަތަމަ ދެ މެޗު ވެސް އެއްވަރު

ޅ. އަތޮޅުގެ ފުރަތަަމަ މެޗުތައް ރޭ ކުޅުނުއިރު، ދެ މެޗު ވެސް ވަނީ އެއްވަރުވެފަ އެެވެ. އޮޅުވެލިފުއްޓާއި ނައިފަރު 2-2 އިން އެއްވަރުވިއިރު، ހިންނަވަރާއި ކުރެންދޫ ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

އޮޅުވެލިފުށިން ރޭގެ މެޗުގައި ލަނޑުތައް ޖެހީ، އިމްރާން މުހައްމަދާއި ނައިފަރުގެ އިބްރާހިމް ޝަރީފް މުހައްމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގައި ނައިފަރުގެ ދެ ގޯލު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާ، އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

ކުރެންދޫން ރޭގެ މެޗުގައި އަލީ އިބްރާހިމް (އައްޔަ) ލަނޑު ޖެހިއިރު، ހިންނަވަރުގެ ލަނޑު ޖެހީ އަހުމަދު އަޝްރަފް އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ވަނީ ސ. އަތޮޅުގެ ދެ މެޗެއް ވެސް ކުޅެފަ އެވެ. އެ ގޮތުން، މަރަދޫފޭދޫ ވަނީ 3-2 އިން ހިތަދޫ ބަލިކޮށްފަ އެވެ. އަދި މަރަދޫ ވަނީ 2-1 އިން ފޭދޫ އަތުން މޮޅުވެފަ އެވެ.

މަރަދޫފޭދޫ ޓީމަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، ހަސަން ޒައިދާން މުހައްމަދު އަލީ، އިބްރާހިމް ސައިފް އަދި އިބްރާހިމް އާލިފް ރަާޝިދު އެވެ. ހިތަދޫގެ ލަނޑުތައް ޖެހީ މުހައްމަދު ދާނިޝް އިބްރާހިމް އާއި މުހައްމަދު ސޮބާހު މަސްރޫރް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ، މަރަދޫފޭދޫގެ ކީޕަރު، މުހައްމަދު އައިމަން އެވެ.

މަރަދޫން ވަނީ ވިޝާން ހަބީބް އާއި ހުސެއިން ވިފާގުގެ ލަނޑުން ފޭދޫ ބަލިކޮށްފަ އެވެ. ފޭދޫގެ ލަނޑު ޖެހީ ހަސަން އަޒްވާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ މަރަދޫގެ ވިޝާން އެެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިރޭ ކުޅެން ހަމަޖެހިފައިވަނީ ކ އަތޮޅުގެ ހަތަރު މެޗާއި މ. އަތޮޅުގެ ހަތަރު މެޗެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިރޭގެ މެޗުތައް:

ކ. ކާށިދޫ - ކ. ހުރާ : 20:00 (ގްރައުންޑް 1)

ކ. ގާފަރު - ކ. ހިންމަފުށި :20:00 (ގްރައުންޑް 2)

ކ. ދިއްފުށި - ކ. ގުރައިދޫ : 21:00 (ގްރައުންޑް 1)

ކ. މާފުށި - ކ. ގުޅި : 21:00 (ގްރައުންޑް 2)

މ. މަޑުއްވަރީ - މ. ރަތްމަންދޫ :22:00 (ގްރައުންޑް 1)

މ. ވޭވަށް - މ. މުލި : 22:00 (ގްރައުންޑް 2)

މ. ދިއްގަރު - މ. ކޮޅުފުށި : 23:00 (ގްރައުންޑް 1)

މ. ނާލާފުށި - މ. މުލި : 23:00 (ގްރައުންޑް 2)

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox