އިންޑިއާ ސިފައިން ފޮނުވާލުމުގެ މަޝްވަރާގެ ތަފުސީލު ދޭން ސަރުކާރުން ދެކޮޅު ހަދައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު : އިންޑިއާ ސިފައިން ފޮނުވާލުމުގެ މަޝްވަރާގެ ތަފުސީލު ދޭން ސަރުކާރުން ދެކޮޅު ހަދައިފި - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު : އިންޑިއާ ސިފައިން ފޮނުވާލުމުގެ މަޝްވަރާގެ ތަފުސީލު ދޭން ސަރުކާރުން ދެކޮޅު ހަދައިފި - ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަށް އެ ގައުމާއެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ތަފުސީލު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "އަދަދު" އިން ހުށަހެޅި ހުށަހެޅުމުގެ ޖަވާބުގައި ފޮރިން މިނިސްޓްރީން ބުނެފައިވަނީ މި މައްސަލާގައި އިންޑިއާ އާއެކު 13 ބައްދަލުވުމެއް ބާއްވާ ފަސް ލިޔުމެއް އެ ގައުމަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް, އެ މަޝްވަރާތަކުގެ ތަފުސީލު ހާމަކުރަން ފޮރިން މިނިސްޓްރީން ވަނީ ދެކޮޅު ހަދާފަ އެވެ.

"އެ ބައްދަލުވުންތަކުގެ ތަފުސީލު ގާނޫނު ނަމްބަރު 1/2014 (މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 22 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ތިޔަ ފަރާތާއި ހިއްސާކުރެވެން ނެތް ވާހަކަ ދަންނަވަން," ހާރިޖީ ވުޒާރާގެ ޖަވާބުގައި ބުނެފައިވެ އެވެ.

Advertisement

titledesc

ގާނޫނުގެ އެ މާއްދާގައި މައުލޫމާތު ސިއްރުކުރެވޭ އެތައް ސަބަބުތަކެއް ބަޔާންކޮށްފީ ނަމަވެސް ފޮރިން މިނިސްޓްރީގެ ޖަވާބުގައި، އެ މައުލޫމާތު ސިއްރުކުރަން ނިންމީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފުކޮށްދީފައެއް ނުވެ އެވެ.

ސަރުކާރުން އިންޑިއާ ސިފައިން ބޭލުމުގެ މަޝްވަރާތަކުގެ ތަފުސީލުތައް ސިއްރުކޮށްފައިވާއިރު، ރާއްޖޭގައި ތިބި ކަމަށް މި ސަރުކާރުން ބުނާ 88 ސިފައިން އަންނަ މާޗު މަހުގެ 15 ގެ ކުރިން އަނބުރާ ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މި މަޝްވަރާތަކުގެ އެންމެ ފަހުގެ ބައްދަލުވުމެއް ބާއްވާފައިވަނީ މި މަހުގެ 14 ގައި ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ.

އެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި އެމްބެސަޑާ އެޓް ލާޖް އަލީ ނަސީރާއި އިންޑިއާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު އިބްރާހިމް ޝަހީބާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގަންނަވާ ކަމަށް މި ނޫހަށް އެނގިފައިވެ އެވެ. އިންޑިއާގެ ފަރާތުން ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު މުނޫ މަހާވަރުގެ އިތުރުން އެ ގައުމުގެ ހާރިޖީ އިސް އޮފިޝަލުންވެސް މި ބައްދަލުވުމުގައި ބައިވެރިވި އެވެ.

އޭގެ ހަތަރު ދުވަސް ފަހުން އިންޑިއާގެ ހާރިޖިއްޔާގެ ތަރުޖަމާނު ވަނީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމުތަކުން ރާއްޖޭގައި ދެމުންދާ އިންސާނީ އެހީގެ ހިދުމަތް ދެ ގައުމުން އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރިއަށް ގެންދަން ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީއަކީ އިންޑިއާއަށް ރާއްޖެއިން ބަރޯސާވެފައި އޮތް އޮތުން ނައްތާލުން ކަމަށް ސަރުކާރުން ބުނެ އެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ވެސް އެމަނިކުފާނުގެ ވައުދެކެވެ. މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާނެ ކަމަށް ވިދާޅުވެފަ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު ރައީސް މުއިއްޒު އެމަނިކުފާނުގެ އެންމެ ފުރަތަމަ ސްޓޭޓް ވިޒިޓް މިދިޔަ ހަފުތާގައި ކުރެއްވީ އިންޑިއާއާ ވާދަވެރި ޗައިނާއަށެވެ.

ޖެނުއަރީ 7، ގައި ފެށި އެ ދަތުރު ނިންމާލެއްވީ އޭގެ ހަ ދުވަސް ފަހުންނެވެ. އެނބުރި ރާއްޖެ ވަޑައިގެންވެސް ރައީސް ވަނީ އިންޑިއާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox