ރައީސް އަޒުލުކުރަން ޖެހޭނީ އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފަ: ސަލީމް

މަޖިލީހުގައި ތިއްބަވާ ސަރުކާރު މެމްބަރުން، ރައީސް އަޒުލުކުރުން ހުއްޓުވާނެކަމަށް މެމްބަރުން ވިދާޅުވި -- ފޮޓޯ: މަޖިލިސް

މަޖިލީހުގައި ތިއްބަވާ ސަރުކާރު މެމްބަރުން، ރައީސް އަޒުލުކުރުން ހުއްޓުވާނެކަމަށް މެމްބަރުން ވިދާޅުވި -- ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަޒުލުކުރަން ޖެހޭނީ ސަރުކާރު ތަމްސީލު ކުރައްވާ މަޖިލިސް މެންބަރުންގެ ފުރާނަ ދުއްވާލުމަށްފަހު ކަމަށް ވެރިކަން ހިންގާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އަޒުލު ކުރުމުގެ މަސައްކަތް އިދިކޮޅު ޕާޓީތަކުން ފަށާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ، މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަލީމް ވިދާޅުވީ ރައީސް އަޒުލު ކުރުމަށް ސޮއި ހަމަކުރި ނަމަވެސް އެ ފުރުސަތު ސަރުކާރު މެންބަރުން ނުދޭނެ ކަމަށެވެ.

"އަޒުލު ކުރުމުގެ މަސައްކަތަކީ އެބޭފުޅުން ކުރާ މަސައްކަތެއް، އަޅުގަނޑުމެންގެ މަސައްކަތެއް ނޫން. އަޅުގަނޑުމެން މިއުޅެނީ ރައީސް އަޒުލު ކުރާކަށް ނޫން، އެކަމަށް ފުރުސަތެއް ވެސް ނުދޭނަން، އަޅުގަނޑުމެން އެކަން ހުއްޓުވާނަން. އަޅުގަނޑުމެންގެ ފުރާނަ ދުއްވާލާފަ ރައީސް އަޒުލު ކުރަން ޖެހޭނީ،" ސަލީމް ވިދާޅުވި އެވެ.

Advertisement

ރައީސް އަޒުލުކުރުމަށް އެމްޑީޕީ މެމްބަރުން ސޮއި ހަމަ ކުރީ ބައެއް ވަޒީރުންނަށް ރުހުން ނުދޭނެ ކަމަށް އެމްޑީޕީ މެމްބަރުން ހާމަކުރުމުން ވަޒީރުންނަށް ރުހުން ދިނުމަށް ނަގާ ވޯޓު ނެގިޔަ ނުދިނުމަށް ސަރުކާރު މެމްބަރުން މަޖިލީހަށް ހުރަސް އަޅަމުން ދިޔަ ވަގުތުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަޅަން 34 މެމްބަރަކު ސޮއި ކޮށްފައިވާ ކަމަށް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ. ގަރާރު ހުށަހަޅަން ބޭނުން ވަނީ 26 ސޮޔެވެ.

އެހެންނަމަވެސް، އޭގެ ފަހުން މިހާރު ތިން ވަޒީރުން ފިޔަވައި އެހެން ހުރިހާ ވަޒީރުންނަށް ރުހުން ދީފައިވާއިރު، ރައީސް އަޒުލުކުރުމާ ގުޅޭ ގޮތުން ރަސްމީކޮށް އިދިކޮޅު ޕާޓީން އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.

މަޖިލީހުން މިއަދު ނިންމީ ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނެތް ކަމަށެވެ. ނަމަވެސް އޭގެ ފަހުން އެ ތިން ބޭފުޅުން ވަނީ އަނެއްކާ ވެސް ކެބިނެޓަށް އައްޔަނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox