ބިލަކަށް ފައިސާ ނުދައްކައިގެން ގިރާވަރު ހިއްކުން އޮތީ މަޑުޖެހިފައި: މުއްތަލިބު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު: މިހާރު 50 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ -- ފޮޓޯ: އަދަދު

ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި ދުވަސްވަރު: މިހާރު 50 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ -- ފޮޓޯ: އަދަދު

ގިރާވަރު ފަޅުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށާއި އެ މަޝްރޫއު ހުއްޓިފައި ވަނީ އެ ފަޅު ހިއްކާ ކުންފުންޏަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދައުލަތުން ދޭން ޖެހޭ ފައިސާގެ ބޮޑު ޕޭމަންޓެއް ނުދައްކައި އޮތުމުން ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ރޭ ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް މިދިޔަ ސަރުކާރުން ހިއްކަން ފެށި ގިރާވަރު ފަޅުގެ މަޝްރޫއަކީ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްގެން ހިއްކާ ފަޅު ކަމަށެވެ. އަދި އެ ފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވާއިރު އެ މަޝްރޫއު ހުއްޓިފައި އޮންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު މަސައްކަތް ހުއްޓިފައި އޮތް އެންމެ ބޮޑު ސަބަބަކީ ދައުލަތުން ކޮންޓްރެކްޓާ އަށް ދައްކަންޖެހޭ ފައިސާގެ ޑިލޭއެއް، އެއީ މިދިޔަ އަހަރު ސެޕްޓެމްބަރު/އޮކްޓޯބަރު ހިސާބުގައި ލާފައި އޮތް ބިލަކަށް ޕޭމަންޓް ނުލިބިގެން ޑިލޭއެއް އައިސްފައި ވަނީ،" މުއްތަލިބް ވިދާޅުވި އެވެ.

މުއްތަލިބު ވިދާޅުވީ ދައްކަންޖެހިފައި އޮތީ ބޮޑު އަދަދެއް ކަމަށާއި އެ ފައިސާ ވީހާ ވެސް އަވަހަކަށް ހަމަޖައްސައި މަޝްރޫއު އަލުން ފަށައިގެން ކުރިއަށް ގެންދެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، އެ ބިލަށް ދައްކަންޖެހެނީ ކިހާ އަދައެއްގެ ފައިސާއެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

ގިރާވަރު ފަޅުން 50 ހެކްޓަރުގެ ބިން މިހާރު ހިއްކާ ނިމިއްޖެ އެވެ. މިނިސްޓަރު ވިދާޅުވީ ގިރާވަރުގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމައި ގުޅިފަޅާ އެއްގޮތަށް އެ ތަނަށް ބޭނުންވާ އަސާސީ ވަސީލަތްތައް ގާއިމުކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.

މުއްތޮލިބު އިތުރަށް ވިދާޅުވީ ގިރާވަރުފަޅުގެ މަގުތައް ހެދުމަށާއި އަސާސީ ހިދުމަތްތައް ގާއިމްކުރަން ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި އެބަހުރި ކަމަށާއި އެކަމުގެ އެއްބަސްވުންތައް ވެސް ވަރަށް އަވަހަށް ސޮއިކުރެވިގެންދާނެ ކަމަށެވެ.

ގުޅީފަޅު ހިއްކުމާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ ކުރީ ސަރުކާރުގަ އެވެ.

އޭރު އެ ސަރުކާރުން ފެށި މަޝްރޫއުތަކުގައި އޮތީ ގުޅީފަޅުން 150 ހެކްޓަރު އަދި ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކާށެވެ. ފަހުން މި ސަރުކާރުން ވަނީ ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އަދި ގިރާވަރުފަޅަށް 50 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެކަމަކު މި މަސައްކަތް އަދި ހަވާލުކުރި ކަން ސާފެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox