ތަޖިކިސްތާނާ އެކު ސެގާޓް ހުރީ އަަވަހަށް ގެއަށް ދާ ގޮތަަށް ވިސްނައިގެނެއް ނޫން

Jan 28, 2024, 5:20 AM
ތަޖިކިސްތާންގެ ކޯޗު ސެގާޓް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ތަޖިކިސްތާންގެ ކޯޗު ސެގާޓް މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ޖެނުއަރީ 28) - އޭޝިއަން ކަޕްގެ ގަދަ 16 ބުރުގައި މިރޭ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގައި މިހާތަނަށް ވެސް ލިބުނީ ކާމިޔާބު ކަމަށް ނިންމައި، އަވަހަށް ގެއަށް ދިއުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ތަޖިކިސްތާންގެ ކޯޗު ޕީޓަ ސެގާޓް ބުނެފި އެވެ.

ކްރޮއޭޝިއާ އަށް ނިސްބަތްވާ ސެގާޓް ވަނީ މީގެ ކުރިން ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި އަފްގާނިސްތާން ޓީމަށް ކޯޗުކޮށްދީފަ އެވެ. އެ ގޮތުން، އަފްގާނިސްތާނާ އެކު، 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ރަނަރަޕަށް ދިޔަ، ސެގާޓް ވަނީ، 2018 ވަނަ އަހަރު ރާއްޖެ އަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީފަ އެވެ.

ރާއްޖޭގެ ކޯޗުކަމުން، 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އަށް ފަހު ވަކިކުރި ސެގާޓް، ތަޖިކިސްތާނާ ހަވާލުވީ، 2022 ވަނަ އަހަރު ޖެނުއަރީ މަހު އެވެ.

މި ފަހަރުގެ އޭޝިއަން ކަޕުން ތަޖިކިސްތާން ފުރުސަތު ހޯދިއިރު، މިއީ މިހާތަނަށް ތަޖިސްތާނުން މި ލެވަލްގެ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ފުރަތަމަ ފަހަރު ވެސް ސެގާޓް މި ވަނީ، ތަޖިކިސްތާން ނޮކައުޓް ބުރަށް ގެންގޮސްދީފަ އެވެ.

ތައިލެންޑްގައި 2022 އަހަރު ބޭއްވި ކިންގްސް ކަޕާއި މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި މަރެޑެކޭ މުބާރާތުގެ ޗެމްޕިއަންކަން ތަޖިކިސްތާނަށް ހޯދައިދިން ސެގާޓް ބުނީ، އޭނާ ދެކޭ ގޮތުގައި މި ފަހަރުގެ އޭޝިއަން ކަޕްގައި އަދިވެސް އެ ޓީމަށް ކުރިއަށްދެވިދާނެ ކަމަށެވެ.

"ގްރޫޕް ސްޓޭޖް ވަރަށް ފުރިހަަމަ ކޮށްދިޔައީ، އެކަމަކު އަދިވެސް ކުރިއަށްދާން ބޭނުންވަނީ. އަހަންނަށް ގޮސް ކުޅުންތެރިން ކައިރިއަކު ނުބުނެވޭނެ. އަހަރެމެން މި އޮތީ މި ހިސާބަށް ވެސް އާދެވިފައޭ. އެހެންވީމަ ދެން ގެއަށް ދިއުން ވެސް ރަނގަޅުވާނެއޭ. އަހަރެން މި ހުރީ އަދި ވެސް އަޒުމުތަކެއް އޮވެގެން،" މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި، ޗައިނާއާ އެއްވަރުކޮށް، ލެބަނަން އަތުން ތަޖިކިސްތާން މޮޅުކޮށްދިން ސެގާޓް ބުންޏެވެ.

ސެގާޓް ބުނީ ގައިގައި ހުރި ހުރިހާ ހަކަތައެއް ބޭނުންކޮށްގެން ވިޔަސް، ޔުއޭއީ އަތުން މޮޅުވާން މަސައްކަތް ކުރާނެ ކަމަށެވެ.

އޭޝިއަން ކަޕްގެ ގަދަ 16 ބުރުގައި ތަޖިކިސްތާނާއި ޔޫއޭއީ ކުޅޭ މެޗު ފަށާނީ މިރޭ 21:00 ގަ އެވެ. އޭގެ ކުރިން، ނޮކައުޓް ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އާއި އިންޑޮނޭސިއާ ކުޅޭ މެޗު 16:30 ގައި ފަށާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox