ސެމީ ފައިނަލަށް އަރަބި ރެފްރީއެއް ހަމަޖެއްސުމުން އީރާނަށް "ހައިރާންކަމެއް"

Feb 7, 2024, 5:59 AM
ސެމީ ފައިނަލަށް އަރަބި ރެފްރީއެއް ހަމަޖެއްސުމުން އީރާނަށް "ހައިރާންކަމެއް"

ދޯހާ، ގަތަރު (ފެބްރުއަރީ 7) - އޭޝިއަން ކަޕްގެ ސެމީ ފައިނަލްގައި މިރޭ ގަތަރާއި އީރާން ބައްދަލުކުރާ މެޗަށް އަރަބި ރެފްރީއެއް ހަމަޖެއްސުމަކީ ލިބުނު ހައިރާންކަމެއް ކަމަށް އެ ޓީމުގެ ޑިފެންޑަރު ސައެދް އެޒަޓޮލާހީ ބުނެފިއެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި އަހަރުގެ މުބާރާތުގެ ހޯސްޓް ކަމަށްވާ ގަތަރާ ދެކޮޅަށް މިރޭ އީރާން ކުޅޭ މެޗަށް އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ހަމަޖައްސާފައިވަނީ ކުވޭތުގެ ރެފްރީއެއް ކަމަށްވާ އަހްމަދު އަލް އަލީއެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން އެޒަޓޮލާހީ ބުނީ މިރޭގެ މެޗަށް އަރަބި ރެފްރީއެއް ހަމަޖެއްސުމަކީ "އަޖައިބެއް" ކަމަށެވެ.

"އަހަރަމެން މި ހިތަށް އަރަނީ ކޮން ގޮތަކުން ބަލާފަބާއޭ އަރަބި ރެފްރީއެއް ސެމީ ފައިނަލް މެޗަށް މި ހަމަޖެއްސީ،" އެޒަޓޮލާހީ ބުންޏެވެ. "އެކަމަކު އަހަރަމެންނަކީ އީރާން. އަހަރަމެންނަކީ ބޮޑު ޓީމެއް. މޮޅެތި ކުޅުންތެރިން އެބަތިބި."

ސެމީގެ ރެފްރީއާއާ ގުޅޭގޮތުން އޭއެފްސީން ވަކި ޖަވާބެއްނުދެއެވެ.

އީރާން ސެމީ އަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި ވަރުގަދަ ޖަޕާން އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެގެންނެވެ. އީރާންގެ އަމަޒކީ 1976 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ކާމިޔާބުކުރުމެވެ.

މެޗުގެ ރެފްރީއާ ގުޅޭގޮތުން ގަތަރުގެ ކޯޗު ޓިންޓިން މާޓިނޭޒްއާ ސުވާލުކުރުމުން އޭނާ ބުނީ މެޗުގެ ރެފްރީއަކީ އޭނާ ވިސްނަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

"އަހަރެންގެ ހުރިހާ ސަމާލުކަމެއް ހުުރީ އަހަރެންގެ ޓީމަށް،" މާޓިނޭޒް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox