ހަޅުތާލު ނިންމާލައި އިރާން އަންހެން ޓީމުން ގައުމީ ސަލާމް ކިޔައިފި

Mar 6, 2026, 6:17 AM
ހަޅުތާލު ނިންމާލައި އިރާން އަންހެން ޓީމުން ގައުމީ ސަލާމް ކިޔައިފި

ގޯލްޑް ކޯސްޓް، އޮސްޓްރޭލިއާ (މާޗް 6) - އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ވިމެންސް އޭޝިއަން ކަޕްގައި، އިރާނުން ކުޅުނު ދެ ވަނަ މެޗުގައި ގައުމީ ސަލާމް ކިޔައި، އެ ޓީމުން ފުރަތަމަ މެޗުގައި ކުރިއަށްގެންދިޔަ ހަޅުތާލު ނިމުމަކަށް ގެނެސްފި އެވެ.

އިޒްރޭލާއި އެމެރިކާ އިން އިސްވެ، އިރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަމަލާބަދަލުކުރުންތަކުގެ ތެރެއިން، އިރާން އަންހެން ޓީމުން އާއިލާ ދޫކޮށް އޮސްޓްރޭލިއާގައި ކުރިއަށްދާ ވިމެންސް އޭޝިއަން ކަޕްގައި ކުޅެން އަންނަން ޖެހުނެވެ. މި ހުރިހާ ކަމަކާ ހުރެ، ޝުއޫރެއް ފާޅުކުރުމުގެ ހަޅުތާލެއްގެ ވިސްނުމުގައި، ވިމެންސް އޭޝިއަން ކަޕްގައި އިރާނުން ދެކުނު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި ގައުމީ ސަލާމް ނުކިޔަން ނިންމި އެވެ.

އެކަމަކު، ރޭ އޮސްޓްރޭލިއާ އަތުން 4-0 އިން އިރާން ބަލިވި މެޗުގެ ކުރިން، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ގައުމީ ސަލާމްކިޔައިފަ އެވެ. އަދި، ގައުމީ ސަލާމް ކީއިރު، ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތިބީ ސެލިއުޓަށް އަތްނަގައިގެންނެވެ.

އިރާނުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ހަވާލާދީ އޮސްޓްރޭލިއާ މީޑިއާގައި ރިޕޯޓްކޮށްފައިވާގޮތުގައި، ގައުމީ ސަލާމް ކިޔަން ނިންމީ، ކުޅިވަރުގެ ރޫހާއެއް ގޮތަށް ކަންކަންކުރުމަށް ކަމަށެވެ.

އިޒްރޭލާއި އެމެެރިކާ އިން ދެމުން އަންނަ ހަމަލާތަކުގައި އިރާނުން 1000 އަށް ވުރެން ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި، އިރާނުގެ ރޫހާނީ ލީޑަރު، އާޔަތުﷲ ހާމަނާއީ ހިމެނިވަޑައިގެންނަވަ އެވެ.

އިރާނުން ފުރަތަމަ މެޗުގައި 3-0 އިން ދެކުނު ކޮރެއާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުން އޮސްޓްރޭލިއާ އަތުން ވެސް ވީ ނާކާމިޔާބެވެ. މުބާރާތުން ކެޓުމުގެ ފުރުސަތު ބޮޑުވެފައި އޮތް އިރާނަށް އަނެއްބުރަށް ދިއުމުގެ ކުޑަވެސް އުންމީދެއް އޮތީ އާދިއްތަ ދުވަހު، ފިލިޕީންސް އަތުން މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox