ފަލަސްތީން ފުރަތަމަ ފަހަރަށް އޭޝިއަން ކަޕް ދެ ވަނަ ބުރަށް، އިންޑިއާ އާއި ޗައިނާ ކަޓައިފި

Jan 24, 2024, 3:59 AM
ފަލަސްތީން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ފަލަސްތީން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު (ޖެނުއަރީ 24) - ގަތަރުގައި މިހާރު ކުރިއަށްދާ އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން ފަލަސްތީނުން ފުރަތަމަ ފަހަރަށް ޖާގަ ހޯދިއިރު، އިންޑިއާ އާއި ޗައިނާ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފި އެވެ.

މިއީ ފަލަސްތީނުން އޭޝިއަން ކަޕްގައި ކުޅޭ ތިން ވަަަނަ ފަހަރެވެ. މީގެ ކުރިން، 2015 އާއި 2019 ގައި ކުޅެގެން ގްރޫޕް ސްޓޭޖުން ކެޓީ އެވެ.

ގްރޫޕް ސީގައި މި ފަަހަރު ވާދަކުރާ ފަލަސްތީނުން ވަނީ ހޮން ކޮންގް އަތުން 3-0 އިން މޮޅުވެ، މުބާރާތުގެ ތާރީހުގައި އެ ޓީމުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ. ފަލަސްތީނުން ގްރޫޕްގެ ތިން ވަނައިގައި ނިންމާލިއިރު، ޔޫއޭއީއާ ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ބަލިވީ ގްރޫޕްގެ އެއް ވަނަ ހޯދި އިރާން އަތުން 4-1 އިން އެކަންޏެވެ.

އިރާން ނުވަ ޕޮއިންޓާ އެކު، އެއް ވަނައިގައި އޮވެ ނިންމާލިއިރު، ދެ ވަނަ އަށް ދިޔަ ޔޫއޭއީ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެެވެ. ފަލަސްތީނު ތިން ވަނަ އަށް ދިޔައީ ވެސް ހަތަރު ޕޮއިންޓާ އެކު އެވެ. ފުލުގައި ނިންމާލި ހޮން ކޮންގަށް ޕޮއިންޓެއް ނުލިބެ އެވެ.

ފަލަސްތިނުން ދެ ވަނަ ބުރު (ގަދަ 16 ބުރު)ގެ ޖާގަ ހޯދީ އެންމެ ރަނގަޅު ނަތީޖާ ހޯދި ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ގަދަ ހަތަރެއްގައި ހިމެނިގެންނެވެ.

ހޮން ކޮންގް ކޮޅަށް ފަލަސްތީނުގެ ގޯލުތައް ޖެހީ އިބްރާހިމް މުހައްމަދު ދަބާ ދެ ގޯލުގެ އިތުރުން ޒައިދު ގުންބަރު އެވެ.

ގްރޫޕް ބީގައި ވާދަކުރާ އިންޑިއާ ވަނީ ގްރޫޕް ފަހު މެޗުން 1-0 އިން ސީރިއާ އަތުން ބަލިވެފަ އެވެ. އިންޑިއާ އެ ގްރޫޕްގެ ފުލަށް ދިޔައިރު، އެ ޓީމަށް ގޯލެއް ވެސް ނުޖެހެ އެވެ. އެ ގްރޫޕްގެ އެއް ވަނަ އަށް ދިޔައީ، އުޒްބެކިސްތާނާ 1-1 އިން އެއްވަރުވި އޮސްޓްރޭލިއާ އެވެ. އޮސްޓްރޭލިއާ އަށް ހަތް ޕޮއިންޓް ލިބުނުއިރު، އުޒްބެކިސްތާން އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ.

ސީރިއާ އިން ހަތަރު ޕޮއިންޓް ހޯދިއިރު، އެ ޓީމަށް ވެސް ވަނީ ގަދަ 16 އިން ފުރުސަތު ލިބިފަ އެވެ. އެހެންކަމުން، މި ގްރޫޕްގައި އިންޑިއާ ފިޔަވައި އޮތް ތިން ޓީމު ވެސް ނޮކައުޓް ބުރުން ފެންނާނެ އެވެ.

ގްރޫޕް އޭގައި ވާދަކުރި ޗައިނާ ވަނީ ފުރަތަމަ ދެ މެޗުން ތަޖިކިސްތާން އާއި ލެބަނަންއާ އެއްވަރުވެފަ އެވެ. ފަހު މެޗުން ގަތަރު އަތުން ބަލިވީ 1-0 އިންނެވެ.

މި ގްރޫޕްގެ އެއް ވަނަ ދިޔައީ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓް ހޯދި ގަތަރެވެ. ދެ ވަނަ އަށް ދިޔައީ، ރާއްޖެ އާއި އަފްގާނިސްތާނަށް ކުރިން ކޯޗުކޮށްދިން ޕީޓަ ސެގާޓް އިރުޝާދުދޭ ތަޖިކިސްތާން އެވެ. ތަޖިކިސްތާނަަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ޗައިނާ ތިން ވަނަ ހޯދީ ދެ ޕޮއިންޓާ އެކު ކަމަށްވާއިރު، އެ ޓީމަށް އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން ވެސް ފުރުސަތެއް ނުލިބުނެވެ. އެހެންވެ މުބާރާތުން ކެޓީ އެވެ.

ލެބަނަން މި ގްރޫޕްގެ ފުލަށް ދިޔައިރު، އެ ޓީމަށް ލިބުނީ އެއް ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox