ބޯންމައުތު ބަލިކޮށް ލިވަޕޫލުން އެއް ވަނައިގައި ލީޑު ދަމަހައްޓައިފި

Jan 22, 2024, 2:03 AM
ލިވަޕޫލުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލިވަޕޫލުން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖެނުއަރީ 13) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމައުތު އަތުން 4-0 އިން މޮޅުވެ، ލިވަޕޫލުން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓުގެ ލީޑު ދަމަހައްޓަައިފި އެވެ.

ލިވަޕޫލް އެއް ވަނައިގައި އޮތީ، 21 މެޗުން 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެންމެ ފަހުގެ މެންޗެސްޓާ ސިޓީ އަަށް 20 މެޗުން ވަނީ 43 ޕޮއިންޓް ލިބިފަ އެވެ.

މިއީ، މި ސީޒަނުގައި ލިވަޕޫލުން އެ ޓީމުގެ މިސްރު ތަރި މުހައްމަދު ސަލާހު ނުލައި ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މި ވަގުތު މިސްރު ޓީމާ އެކު، އެފްރިކަން ކަޕް ކުޅެން ގޮސް ހުރި ސަލާހުގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ހެދި އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ.

ބޯންމައުތު ކޮޅަށް ލިވަޕޫލުން ހުރިހާ ގޯލެއް ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. މުހިންމު ގިނަ ކުޅުންތެރިންތަކެއް ނުލައި ކުޅުނު ލިވަޕޫލް ޓީމަށް ރޭގެ މެޗުގައި ޑިއޯގޯ ޖޮޓާ ދިން ބޯޅައަކުން ލީޑުނަގައިިދިނީ، 49 ވަނަ މިނިޓްގައި ޑާވިން ނޫނޭޒް އެވެ. އޭގެ ފަހުން، މެޗުގެ 70 އާއި 79 ވަނަ މިނިޓްގައި ޖޮޓާ ވަނީ ދެ ގޯލު ޖަހައި، ލިވަޕޫލަށް ހަމަޖެހުމެއް ހޯދައިދީފަ އެވެ.

އިތުރު ވަގުތުގައި ލިވަޕޫލްގެ ފަހު ގޯލު ޖެހީ ނޫނޭޒް އެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު، ނޫނޭޒް ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި 10 ގޯލު ޖަހައި، 10 ގޯލު ޖަހަން ފުރުސަތު ހޯދައިދީފަ އެވެ. އޭނާ އަކީ އެ އަދަދު ހަމަކުރި ލީގުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ޝެފީލްޑް ޔުނައިޓެޑުން ވަނީ އިތުރު ވަގުތުގައި ގޯލު ޖަހައި، 2-2 އިން ވެސްޓް ހޭމް ޔުނައިޓެޑާ އެއްވަރުކޮށްފަ އެވެ. މެޗުގެ 28 ވަނަ މިނިޓްގައި މެކްސްވެލް ކޯނޭ ވަނީ ވެސްޓް ހޭމް އަށް ލީޑުނަގައިދީފަ އެވެ. ޝެފީލްޑަށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްދިނީ ބެން ބެރެޓަން ޑިއާޒް އެވެ.

ވެސްޓް ހޭމް އިން ދެ ވަނަ ފަހަރަށް ލީޑުނެގީ 79 ވަނަ މިނިޓްގައި ޖޭމްސް ވޯޑް ޕްރައުސް ޖެހި ޕެނަލްޓީންނެވެ. އިތުރު ވަގުތުގެ 13 ވަނަ މިިނިޓްގައި ޝެފީލްޑް ޔުނައިޓެޑްގެ ރިއާން ބްރޫސްޓާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމި ނިންމުމެކެވެ. އެއީ، ވެސްޓް ހޭމްގެ އެމަސަން އަށް ބްރޫސްޓާ ކުރި ޓެކަލް އެއް ބެލުމަށް ފަހު އެވެ. އޭގެ ތިން މިނިޓް ފަހުން، ދެ ވަނަ ރީނދޫ ކާޑާ އެކު ވެސްޓް ހޭމްގެ ވްލަޑިމީރް ސޯފާލް އަށް ރަތް ކާޑެއް ދެއްކި އެވެ.

ވެސްޓް ހޭމް ކޮޅަށް ޝެފީލްޑުން ގޯލު ޖެހި ފަހު ވަގުތު އެވެ. މިއީ، 113 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން އޮލީ މެކްބާނީ ޖެހި ގޯލެކެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް މެޗެއްގައި ފެނުނު އެންމެ ލަސް ގޯލެވެ.

ވެސްޓް ހޭމް ހަ ވަނައިގައި އޮތީ 21 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox