ސެމްސަންގްއިން ދުނިޔޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާ އާ އުފެއްދުންތައް ދައްކައިލަން ކޮންމެ އަހަރަކު ބާއްވާ "ގެލެކްސީ އަންޕެކްޑް" ލައިވްސްޓްރީމް މާދަމާ އުރީދޫއާއިއެކު ބަލާލެވޭނެ އެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ މި ލައިވްސްޓްރީމް ބެލުމަށްޓަކައި، މާލޭގައި ސީ ހައުސް ކެފޭގައި "ވޮޗް ޕާޓީ" އެއް ބޭއްވުމަށް ނިންމާފަ އެވެ.
މި އިވެންޓް ފަށާނީ މާދަމާ ރޭ 21:30 ގައި "ފުލް ސާކަލް" ބޭންޑުގެ ލައިވް މިއުޒިކާ އެކުގައެވެ. އަދި 23:00 ގައި ގެލެކްސީ އަންޕެކްޑް އިވެންޓް ލައިވްސްޓްރީމް ކުރާނެ ކަމަށް އުރީދޫން މައުލޫމާތުދެ އެވެ.
މިއީ އާއްމުކޮށް ހުޅުވާލައިގެން އެންމެނަށް ބައިވެރިވެވޭ ގޮތަށް ބާއްވާ އިވެންޓެކެވެ.
މި އިވެންޓުގައި ބައިވެރިވާ ބެލުންތެރިންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަކަށް ގެލެކްސީ ބަޑްސްއެއް ހަދިޔާކުރަން ވެސް އުރީދޫން ވަނީ ނިންމާފަ އެވެ.











