އިންޑިއާ ނޫން ގައުމުތަކުން ވެސް އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަދާނަން: ރައީސް

ރައީސް ޗައިނާއިން ވަޑައިގެން އެއާޕޯޓުގައި: ވިދާޅުވީ ތައިލެންޑާއި ޔޫއޭއީއަށް ބޭހަށް ދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޗައިނާއިން ވަޑައިގެން އެއާޕޯޓުގައި: ވިދާޅުވީ ތައިލެންޑާއި ޔޫއޭއީއަށް ބޭހަށް ދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ ނޫން އެހެން ބައެއް ގައުމުތަކުން ވެސް އާސަންދަ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ރައްޔިތުންގެ ސިއްހީ ފަރުވާގެ ހަރަދުތައް ކަވަރުކޮށްދޭ ސަރުކާރުގެ ހެލްތު ސްކީމް، އާސަންދަގެ ހިދުމަތް ރާއްޖޭން ބޭރު ގައުމުތަކުގެ ތެރެއިން، މިހާރު ލިބެނީ އަވައްޓެރި އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލުތަކަކުންނެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ދަތުރުގެ މައުލޫމާތު ދެއްވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި ޕްރެސް ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވަނީ ތައިލެންޑާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދަ ހިދުމަތް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ.

"އާސަންދައަކީ ވަކި ގައުމަކުން ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ލިބޭ ގޮތަށް ނަހަދައި އެއަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކަށް، ޔޫއޭއީއާއި ތައިލެންޑްއަށް އިރާދަކުރެއްވިއްޔާ އާސަންދަ ފުޅާކުރާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކޮމޮޑޭޝަން ހަރަދުތައް ކަވަރު ކުރެވޭ ގޮތަށް އެ ގައުމުތަކުން އާސަންދަ ހިދުމަތް ދިނުމަށް ކަމަށެވެ.

ރައީސް މުއިއްޒު މި ކަން އިއުލާން ކުރެއްވުމަށް ފަހު ވިދާޅުވީ މިދިޔަ ސަރުކާރުގައި ފެނިގެން ދިޔައީ ކޮންމެ ކަމެއް ނިންމުމުގައި ވަކި ގައުމަކަށް ބަރޯސާވެގެން ތިބި މަންޒަރު ކަމަށެވެ. ވަކި ގައުމެއްގެ ނަން ވިދާޅު ނުވި ނަމަވެސް އެމަނިކުފާނު އިޝާރާތް ކުރެއްވީ އިންޑިއާއަށެވެ. މިދިޔަ ސަރުކާރުގައި އިންޑިއާގެ ނުފޫޒު ގަދަ ކަމަށް، އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ޖެނުއަރީ 7، ފެށިގެން ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރު ނިންމާލެއްވީ ހުކުރު ދުވަހެވެ. އެ ދަތުރުގައި ޗައިނާ އާއި ރާއްޖެއާ ދެމެދު 20 އެއްބަސްވުމެއްގައި ސޮއި ކުރި އެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ވެސް ހިމެނެ އެވެ. އަދި ގުޅިފަޅާއި ގިރާވަރުފަޅާއި ފުށިދިއްގަރުފަޅުގެ މަގު ހެދުމާއި ޔުޓިލިޓީސް ބިނާކުރުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox