ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯ އެނބުރި ޑޯޓްމަންޑަށް

Jan 12, 2024, 5:38 AM
ލޯނު އެއްބަސްވުމެއްގެ ދަށުން ސަންޗޯ އެނބުރި ޑޯޓްމަންޑަށް

ބާލިން (ޖެނުއަރީ 12) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގްއާ މައްސަލަ ޖެހި އެ ޓީމުގެ ސްކޮޑުން ބާކީ ކުރި ޖޭޑަން ސަންޗޯ އޭނާގެ ކުރީގެ ކުލަބް ބްރޫޝިއާ ޑޯޓްމަންޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލު ވެއްޖެ އެވެ.

ޑޯޓްމަންޑްގައި ހުރުމަށް ފަހު 2021 ވަނަ އަަހަރުގެ ޖުލައި މަހު ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ 73 މިލިއަން ޕައުންޑް (93 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގައި މިދިޔަ ދެ ސީޒަނުގައި ސަންޗޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވީ ނަމަވެސް މި ސީޒަން ފަށައިގެން އޭނާއަށް ޔުނައިޓެޑުގެ ފުރަތަމަ 11 އިން ޖާގަ ހޯދަން ވަނީ އުނދަގޫ ވެފަ އެވެ. އަދި ޓެން ހާގް މީޑިއާގައި ސަންޗޯ, ފަރިތަކުރުންތަކުގައި އެންމެ އެދެވޭ ގޮތައް މަސައްކަތް ނުކުރާ ކަމަށް ބުނުމުން ސަންޗޯ ވަނީ އެކަން ސޯޝަލް މީޑިއާގައި ދޮގު ކޮށްފަ އެވެ. އެއާ އެކު ޓެން ހާގް އާއި ސަންޗޯއާ ދެމެދު މައްސަލަ ޖެހި, ޔުނައިޓެޑުން ވަނީ ސަންޗޯ މާފަށް އެދެން އަންގައިފަ އެވެ. އެކަމަކު ސަންޗޯ ވަނީ މާފަށް އެދެން ދެކޮޅު ހަދައިފަ އެވެ.

Advertisement

މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހުގެ ފަހުން ސަންޗޯ މެޗެއް ކުޅެފައި ނުވާއިރު, ޑޯޓްމަންޑަށް ބަދަލުވުމަށްފަހު ސަންޗޯ ބުނީ އަލުން އެނބުރި ގެއަށް އާދެވުމުގެ އިހުސާސް ކުރެވުނު ކަމަށެވެ.

"މި ކުލަބްގެ އެތެރޭގައި ކަންހިނގާ ގޮތާއި ބޭރުގައި ކަން ހިނގާ ގޮތް އަހަރެންނަށް އެނގޭ. ސަޕޯޓަރުންގެ ޑިމާންޑްތަކާ ކަންކަން ވެސް އަހަރެންއަށް އިނގޭ. މިދިޔަ ދެ އަހަރު އެހެން ކުލަބެއްގައި ހުރި ނަމަވެސް ޑޯޓުމަންޑްގެ މެނޭޖުމަންޓާ އަހަރެންއާ ވަރަށް ގާތް" ސަންޗޯ ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން ޑޯޓުމަންޑުން މެންޗެސްޓާ ޔުނައިޓެޑަށް 3.4 މިލިއަން ޑޮޮލަރު ދައްކާނެ އެވެ. އަދި އޭގެ އިތުރުން ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ސަންޗޯ ހިމެނުމަށް ހަތަރު މިލިއަން ޑޮލަރު ދައްކާނެ އެވެ.

ޔުނައިޓެޑަށް ކުޅެދިން 58 މެޗުގައި ސަންޗޯ ވަނީ އެ ޓީމަށް ނުވަ ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox