ރައީސްގެ ވައުދާ ހިލާފަށް، ފްލެޓު ހަވާލުކުރުން ލަސްކުރުން އެމްޑީޕީއިން ކުށްވެރިކޮށްފި

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު :  ރައީސްގެ ވައުދާ ހިލާފަށް ފްލެޓު ހަވާލުކުރުން ލަސްކުރުން އެމްޑީޕީއިން ކުށްވެރިކޮށްފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު : ރައީސްގެ ވައުދާ ހިލާފަށް ފްލެޓު ހަވާލުކުރުން ލަސްކުރުން އެމްޑީޕީއިން ކުށްވެރިކޮށްފި - ފޮޓޯ: މިރާން ނާޝިމް / އަދަދު

މިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ދޫކުރި 4000 ފުލެޓު ލިބުނު ފަރާތްތަކާ ހަވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މުހުލަތު މިއަދަށް ހަމަވެ، އެކަން ލަސްވުން އިދިކޮޅު އެމްޑީޕީއިން ކުށްވެރިކޮށްފި އެވެ.

މިއަދުގެ ނިޔަލަށް ހައުސިން މިނިސްޓްރީން ފުލެޓުތައް ދީ ނިންމާނެ ކަމަށް ރައީސް ވިދާޅުވީ، ލިބުނު ބަޔަކު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ އޮފީހަށް ގޮސް މުޒާހަރާ ކުރަން ފެށުމުންނެވެ.

"ގޯތި އަދި ފްލެޓު ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ހަދައިދީ ގޯތި/ފްލެޓު ހަވާލު ކުރުމަކީ އަޅުގަޑު ވައުދުވީ ގޮތަށް ކުރިއަށް ދާނެ ކަމެއް. މި ހަފުތާ އާއި މި އަންނަ ހަފުތާ ތެރޭ ރަޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިން މިނިސްޓްރީ އިން ކުރިއަށް ގެންދާނެ،" ޖެނުއަރީ 2، ގެ މެންދުރު 2:29 ގައި ރައީސް މުއިއްޒު އެކްސްގައި ލިޔުއްވާފައިވެ އެވެ.

މި މައްސަލާގައި އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިދިޔަ ސަރުކާރުން މި ފުލެޓުތައް ލިބޭ ފަރާތްތަކުގެ ލިސްޓު ގެޒެޓުކޮށް، ގުރުއަތު ނަގައި އެއްބަސްވުންތައް ހަދާފައިވީ ނަމަވެސް މިއަދާ ހަމައަށްވެސް ސަރުކާރުން އެ ފުލެޓުތައް ދިނުމަށް އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

އަދި، ސަރުކާރުގެ އެ އަމަލުތަކުގެ ޝަކުވާ ފުލެޓު ލިބުނު ފަރާތްތަކުން އެ ޕާޓީއާ ހަމައަށް ގެނެސްފައިވާ ކަމަށްވެސް، ގެދޮރުވެރިޔާ ސްކީމު ތައާރަފު ކުރި އެމްޑީޕީން ބުންޏެވެ.

"ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައިވެސް އަދި ވެރިކަމާ ހަވާލުވެވަޑައިގެން ފަހުންވެސް ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވަމުންދާ ގޮތާ ހިލާފަށް އަދި ރައްޔިތުންނަށް އޮޅޭ ގޮތަށް އެކިފަހަރު އެކި ގޮތް ގޮތަށް ފްލެޓްތަކުގެ ވާހަކަ ރައީސް ޑރ މުއިއްޒު ދައްކަވަމުންދިއުމަކީވެސް ރައްޔިތުން ކަންބޮޑުވާ ކަމެއް" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.

އެމްޑިޕީއިގެ ބަޔާން ނިންމައިލަމުން ސަރުކާރަށް ގޮވައިލީ، އެ ޕާޓީގެ ސަރުކާރުން ފެށި މި މަޝްރޫއުގެ ދަށުން ފްލެޓު ދީފައިވާ ފަރާތްތަކަށް އެ ފްލެޓުތައް ދިނުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށެވެ.

ރައީސް އެކްސްގައި އެ ފަދައިން ޕޯސްޓު ކުރެއްވި ނަމަވެސް، ސަރުކާރުން މިހާރު ބުނަނީ މިއަދުގެ ނިޔަލަށް ރަޖިސްޓްރީތައް ހަވާލު ނުކުރެވޭނެ ކަމަށެވެ. އަދި މިހަފުތާގެ ނިޔަލަށް ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް ކުރިން ބުނެފައިނުވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

ރައީސް އަދި މިނިސްޓްރީގެ ވާހަކަތަކަށްފަހު ފްލެޓު ލިބުނު 4000 މީހުންގެ ތެރެއިން ބައެއް މީހުން ވަނީ މިއަދު އަނެއްކާ ވެސް އޭސީސީގެ އޮފީހަށް ގޮސް މުޒާހަރައެއްކޮށްފަ އެވެ. ބައެއް މީހުން އެތަނަށް ގޮސް ތިބީ ރައީސް މުއިއްޒުގެ ޓުވީޓުގެ ފޮޓޯއެއް ހިފައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox