ރިޕޯޓުއެނގުން މުހިންމު: މޭޔަރުގެ މަގާމު އަދި ކެންޑިޑޭޓުން

އެނގުން މުހިންމު: މޭޔަރުގެ މަގާމު އަދި ކެންޑިޑޭޓުން

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކު އިންތިހާބު ކުރުމުގެ ވޯޓުލުން މިއަދު އޮންނަ އިރު، މޭޔަރުކަމަށް ވާދަކުރަނީ ޖުމުލަ ފަސް ކެންޑިޑޭޓުންނެވެ.

އެނގުން މުހިންމު: މޭޔަރުގެ މަގާމު އަދި ކެންޑިޑޭޓުން

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެ ސިޓީގެ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވީ ފެބްރުއަރީ 5، 2011 ގަ އެވެ. ފުރަތަމަ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވައި ގޮނޑި ކާމިޔާބު ކުރައްވާ، އަދި އެ ކައުންސިލުން މާލޭ ސިޓީގެ މޭޔަރު ކަމަށް ކަނޑައެޅީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އާދަމް މަނިކު (ސަރަނގު) އެވެ.

ނަމަވެސް މޭޔަރުކަމާއި ހަވާލުވިތާ ގާތްގަނޑަކަށް ފަސް މަސް ދުވަސް ފަހުން އާދަމް މަނިކު އެ މަގާމުން އިސްތިއުފާދެއްވި އެވެ. އާދަމް މަނިކަށް ފަހު މާލެ ސިޓީގެ މޭޔަރުކަން ކުރެއްވީ ހަމަ އެމްޑީޕީގެ އަލީ މަނިކު (މައިޒާން) އެވެ. އަދި އެއަށްފަހު 2017 ވަނަ އަހަރު މާލޭގެ މޭޔަރުގެ ގޮތުގައި އެމްޑީޕީގެ ޝިފާ މުހައްމަދު އިންތިހާބުވި އެވެ.

ކޮންމެ ސިޓީއެއްގެ މޭޔަރުކަމާއި، އަތޮޅު ކައުންސިލްގެ ރައީސް ކަމާއި، ރަށު ކައުންސިލްގެ ރައީސްކަން ކަނޑައަޅާނީ، ސީދާ ރައްޔިތުންގެ ވޯޓުންކަން ކަނޑައަޅައި، ލާމަރުކަޒީ ގާނޫނަށް ޑިސެމްބަރު ފަހެއް، 2019 ގައި އިސްލާހު ގެނައި ފަހުން ސީދާ ރައްޔިތުންގެ ވޯޓުން އޭޕްރީލް 11، 2021 ގައި މާލެ ސިޓީގެ މޭޔަރުގެ ގޮނޑި ހޯއްދެވީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ޕްރޮގްރެސިވް ޕާޓީ އޮފް ދަ މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ރައީސް މުއިއްޒު މާލެ މޭޔަރުކަމުގެ މަގާމު ކާމިޔާބުކުރެއްވީ 12،470 ވޯޓާއެކީގަ އެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާދެއްވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމާއި ހަވާލުވެވަޑައިގަތުމަށެވެ. ރައީސްގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ ތިން މެންބަރުން ވެސް އިސްތިއުފާ ދެއްވީ އަލަށް އެކުލަވާލާފައިވާ ސަރުކާރުގައި ބައިވެރިވެވަޑައިގަތުމަށެވެ. އޭގެ ތެރޭގައި އަބްދުﷲ ނަސީރާއި އާދަމް ރަމީޒު ހިމެނެ އެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އިތުރުން މާފަންނު ދެކުނު ދާއިރާ އާއި މެދުހެންވޭރު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކު އިންތިހާބު ކުރުމުގެ ވޯޓުލުން މިއަދު އޮންނަ އިރު، މޭޔަރުކަމަށް ވާދަކުރަނީ ޖުމުލަ ފަސް ކެންޑިޑޭޓުންނެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓެއްގެ އިތުރުން، ސިޔާސީ ޕާޓީތަކުން ތިން ކެންޑިޑޭޓުންނެވެ.

މޭޔަރު އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން

  1. އަމިއްލަ ގޮތުން ޝުއެއިބް އަލީ
  2. އަމިއްލަ ގޮތުން ހުސެއިން ވަހީދު
  3. ޕީޕަލްސް ނޭޝަނަލް ކޮންގްރެސް(ޕީއެންސީ) އިން އާއިޝަތު އާޒިމާ ޝަކޫރު
  4. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އާދަމް އާޒިމް
  5. ދަ ޑިމޮކްރެޓްސް އިން މުހައްމަދު ސައިފް ފާތިހު
އާދަމް އާޒިމް -- ފޮޓޯ؛ ރައީސް އޮފީސް
އާދަމް އާޒިމް -- ފޮޓޯ؛ ރައީސް އޮފީސް

އާދަމް އާޒިމް -- ފޮޓޯ؛ ރައީސް އޮފީސް

އާދަމް އާޒިމް

މޭޔަރު އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ޓިކެޓިގައި ހުންނެވި އާދަމް އާޒިމަކީ މިދިޔަ ސަރުކާރުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯގެ މަގާމު އަދާކުރެއްވި ކުޅަދާނަ ހިންގުންތެރި އެކެވެ.

އާޒިމް ކެރިއަރު ފެށީ ކޫޕާސް އެންޑް ލައިބްރޭންޑުން އިންޓާނަލް އޮޑިޓަރެއްގެ ގޮތުގައެވެ. އަމިއްލަ ވިޔަފާރީގެ އިތުރުން ސަރުކާރުގެ އެކި މަގާމުތަށް އާޒިމް އަދާކުރެއްވި އެވެ. އެގޮތުން މެނޭޖަރ-އެކައުންޓްސް، ޑެޕިއުޓީ ފައިނޭންސް މެނޭޖާ (ހެޑް އޮފް ފައިނޭންސް) އަދި އައިލެންޑް ބެވަރޭޖްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު އަދާކުރެއްވި އެވެ.

އެމްޓީސީސީގެ ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އާޒިމް ވަނީ ޑިސެމްބަރު، 2018 އިން ޖެނުއަރީ، 2020 އަށް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ނޮވެމްބަރު، 2013 އިން ފެބްރުއަރީ، 2015 އަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ.

އާޒިމް ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން ފައިނޭންޝަލް ސްޓަޑީޒްގެ ދާއިރާއިން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަން އިން އެކައުންޓިން އެންޑް ފައިނޭންސް އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސް ހާސިލްކުރައްވާފަ އެވެ. މީގެ އިތުރުން ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓުން އެޑްވާންސްޑް ޑިޕްލޮމާ އިން މެނޭޖްމެންޓް އެކައުންޓިން ވެސް އާޒިމް ވަނީ ހާސިލްކުރައްވާފަ އެވެ.

އާޒިމާ ޝުކޫރު -- ފޮޓޯ: އިޔާން/އަދަދު
އާޒިމާ ޝުކޫރު -- ފޮޓޯ: އިޔާން/އަދަދު

އާޒިމާ ޝުކޫރު -- ފޮޓޯ: އިޔާން/އަދަދު

އާއިޝަތު އާޒިމާ ޝަކޫރު

ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރަކީ ރާއްޖޭގެ ފުރަތަމަ އަންހެން އެޓާނީ ޖެނެރަލް އެވެ.

އާޒިމާ އެޓާނީ ޖެނެރަލްގެ މަގާމު އަދާކުރެއްވީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އަދި ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާޒިމާ ވަނީ ރައީސް އޮފީހުގެ ލީގަލް އެޑްވައިޒަރު އަދި ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމު އަދާކުރައްވާފަ އެވެ. އާޒިމާ ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑެޕިއުޓީއެއްގެ މަގާމު އަދި ޖެންޑާ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

މުހައްމަދު ސައިފް ފާތިހު --
މުހައްމަދު ސައިފް ފާތިހު --

މުހައްމަދު ސައިފް ފާތިހު --

މުހައްމަދު ސައިފް ފާތިހު

ސާއިފް، އާންމު ނަމުން ނަމަ އައެކޮއަކީ މޭޔަރު އިންތިހާބުގެ އެންމެ ޒުވާން ކެންޑިޑޭޓެވެ. އަދި އޭނާ އަންނަނީ މިހާރު ވެސް މާލެ ސިޓީ ކައުންސިލުގެ ކައުންސިލަރެއްގެ މަގާމު އަދާކުރައްވަމުންނެވެ. ޕަބްލިކް ޕޮލިސީ އިން ކޮމިއުނިކޭޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި ސާއިފް ވަނީ ނޫސްވެރިކަމުގެ ދާއިރާގައި މޯލްޑިވްސް އިންޑިޕެންޑެންޓް ނޫހުގައި މަސައްކަތްކުރައްވާފަ އެވެ.

ސާއިފް ސިޔާސީ ދާއިރާއަށް ނުކުތީ އެމްޑީޕީއިންނެވެ. ސާއިފް ވަނީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުކަމާއި، ފޮރިން މިނިސްޓްރީ އަދި ހައުސިން މިނިސްޓްރީގެ އިސް މަގާމުތައް އަދާކުރައްވާފަ އެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމާއެކު އެ ޕާޓީ އާއި ގުޅުނު ސާއިފަކީ މިހާރު ޑިމޮކްރެޓުންގެ ގައުމީ މަޖިލީހުގެ މެމްބަރެއްވެސްމެ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހދު -- ފޮޓޯ: ސަން
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހދު -- ފޮޓޯ: ސަން

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހދު -- ފޮޓޯ: ސަން

ހުސެއިން ވަހީދު

އަމިއްލަ ގޮތުން މޭޔަރުކަމަށް ވާދަކުރައްވާ ހުސެއިން ވަހީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފޮލިސް ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފަ އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުން ހުސެއިން ވަހީދު ވަކިވެވަޑައިގަތީ 2015 ވަނަ ރައީސް ޔާމީންގެ ލޯންޗަށް ދިން ހަމަލާއާއި ގުޅިގެންނެވެ. އަދި އެއަށްފަހު ހުސެން ވަނީ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިމެންދެން ޔޫތު މިނިސްޓްރީގައި ހުސެއިން މަސައްކަތް ކުރެއްވިއެވެ.

މޭޔަރުކަމަށް ކުރިމަތިލާކަން އިއުލާނުކުރުމުގެ ކުރިން ހުސެއިން ހުންނެވީ ޗެނަލް 13 ގެ ސީއީއޯގެ މަގާމުގަ އެވެ.

އަމިއްލަ ގޮތުން މޭޔަރު އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް، ތަމްސީލުކުރައްވަނީ ކުރީގެ ރައީސް ޔާމީނުކަމަށް ސަންގުޓީވީ މޭޔަރު ބަހުސްގައި ހުސެއިން ވަނީ ވިދާޅުވެފަ އެވެ.

ޝުއެއިބް އަލީ --
ޝުއެއިބް އަލީ --

ޝުއެއިބް އަލީ --

ޝުއެއިބް އަލީ

މާލެ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ ދެވަނަ މިނިވަން ކެންޑިޑޭޓް، ޝުއެއިބް އަލީ މަޝްހޫރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އެމްޑީޕީގައި ހުންނެވި، އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައެވެ. އެމްޑީޕީ އުފެއްދުމުގައި ޝުއެއިބް ބޮޑު ދައުރެއް އަދާކުރި އެވެ.

ޕާޓީ އުފެދުނު ފަހުން ހަރަކާތްތެރިވެވަޑައިގެން، އެމްޑީޕީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި އެ ޕާޓީން ވަކިވެވަޑައިގަތެވެ. އަދި 2022 ވަނަ އަހަރު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާއި ވެސް ގުޅިވަޑައިގަތެވެ.

ޝުއެއިބް ވަނީ 2009 އިން 2012 އަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކްރެޓެރީގެ މަގާމު އަދާކޮށްފަ އެވެ.

މާލޭގެ މޭޔަރަކު ހޮވުމަށް މިއަދު ބާއްވާ އިންތިހާބުގައި ގާތްގަނޑަކަށް 55،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. ވޯޓުލުން ފެށޭނީ ހެނދުނު 8:00 ޖަހާއިރެވެ. މިހާރު ހަމަޖެއްސި ގޮތުން ވޯޓުލުން ނިމޭނީ ހަވީރު 5:00 ޖަހާއިރެވެ.

މަރިޔަމް އަފާ ނިޒާމް

ޖާނަލިސްޓު

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox