ފެނަކައިން ގދ. ވާދޫއަށް ގެންދިޔަ 5000 ބަސްތާ ސިމެންތި ބަނދަރުމަތީގައި ހުންނަތާ ދޮޅު އަހަރު!

ގދ. ވާދޫ ބަނދަރު މަތީގައި ސިމެންތި ބަސްތާތައް ބަހައްޓާފައި: ކައުންސިލުން ބުނީ އެތަނުން ސިމެންތި ބަސްތާތައް ހުސްކުރުމަށް އެތައް ފަހަރަކު ލިއުމުން އަންގާފައި ވާނެކަމަށް -- ފޮޓޯ: އަދަދު

ގދ. ވާދޫ ބަނދަރު މަތީގައި ސިމެންތި ބަސްތާތައް ބަހައްޓާފައި: ކައުންސިލުން ބުނީ އެތަނުން ސިމެންތި ބަސްތާތައް ހުސްކުރުމަށް އެތައް ފަހަރަކު ލިއުމުން އަންގާފައި ވާނެކަމަށް -- ފޮޓޯ: އަދަދު

ފެނަކަ ކޯޕަރޭޝަނުން ގދ. ވާދޫ ގެންދިޔަ 5،000 ބަސްތާ ސިމެންތި ބަނދަރުމަތީގައި ހުންނަތާ ދޮޅު އަހަރުވެއްޖެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ކައުންސިލް ރައީސް ހަސަން އަބްދުﷲ މިއަދު "އަދަދު" ނޫހަށް ވިދާޅުވީ ރަށު ބަނދަރުމަތީގައި ގިނަ އަދަދަކަށް ސިމެންތި އަދި ހިލަވެލި ބަސްތާތައް ބަހައްޓާފައި ހުރީ ސަތަރި އަޅައި ބަންދުކޮށްފައި ކަމަށެވެ. އެ ތަކެއްޗަކީ ފެނަކައިގެ އާ އިންޖީނުގެ އާއި ޓްރާންސްޕޯމަރު ބެހެއްޓުމުގެ މަސައްކަތަށް ގެންގޮސްފައި ހުރި ސިމެންތި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިރަށު ބަނދަރުމަތީގައި އެބަހުރި ފެނަކަ މަޝްރޫއަކަށް ބޭނުންކުރުމަށް ގެނެސްފައި ހުރި ސިމެންތިއާ ހިލަވެލި. އެތަނުގަ އެ ހުންނަތާ މިހާރު ދޮޅު އަހަރަށްވުރެ ގިނަވެއްޖެ. އެތަކެތި ބޭނުންކުރަން އޮތް މަޝްރޫއު މިހާރު އޮތީ ހުއްޓިފައި" ހަސަން ވިދާޅުވި އެވެ.

ސިމެންތިތައް ބޭނުން ނުކޮށް ހުރިއިރު އިންޖީނުގެ ހެދުމުގެ މަސައްކަތް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި އެ މަސައްކަތް ކުރަން ނެގި ވަގުތީ މުވައްޒަފުން ވަނީ ވަކިކޮށްފަ އެވެ.

ފެނަކައިގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެހާ ގިނަ އަދަދެއްގެ ސިމެންތި ގެންދިޔައީ ކީއްކުރަންކަން ނޭނގޭ ކަމަށާއި، އެކަން ބަލަމުންދާ ކަމަށެވެ. އިމާރާތް ކުރުމުގެ އެއްބައި ނިމިފައި ހުރި ވާދޫ އާ އިންޖީނުގޭގެ އިމާރާތަށް އެހާ ގިނަ އަދަދެއްގެ ސިމެންތި ބޭނުން ނުވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

މާލޭ ބާޒާރުގައި ސިމެންތި ވިއްކާ އެވްރެޖު އަގަށް ބެލިޔަސް، އެއީ 500،000 އަށް ވުރެ ގިނަ ރުފިޔާގެ ސިމެންތި އެވެ. ނަމަވެސް، ވާދޫ އަށް ތަކެތި ގެންގޮސްފައި ވަނީ ކޮން އަގެއްގައި ކަމެއް އަދި ނޭނގެ އެވެ.

ވާދޫ ބަނދަރުމަތީގެ ބޮޑު ސަރަހައްދެއްގައި ސިމެންތި އާއި ހިލަވެލި ބަސްތާ ޖަހާފައި ހުރުމުން، ބަނދަރު ބޭނުންކުރާ ފަރާތްތަކާއި، ފުރަންދާ މީހުންނާއި އަންނަ މީހުންނަށް ދަތިވާ ކަމަށް ކައުންސިލުގެ ރައީސް ހަސަން ވިދާޅުވި އެވެ. އަދި އެ ބަސްތާތައް އެތަނުން ނެގުމަށް ވެސް ފެނަކަ އަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ވާދޫގައި ފެނަކައިގެ އޮފީސް އިމާރާތެއް ވެސް ހުޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox