ލޯނު އެއްބަަސްވުމެއްގެ ދަށުން ޔުނައިޓެޑުން ސަންޗޯ ޑޯޓްމަންޑަށް ދޫކޮށްލަނީ

Jan 6, 2024, 2:50 PM
ލޯނު އެއްބަަސްވުމެއްގެ ދަށުން ޔުނައިޓެޑުން ސަންޗޯ ޑޯޓްމަންޑަށް ދޫކޮށްލަނީ

މެންޗެސްޓާ (ޖެނުއަރީ 6) - މެންޗެސްޓާ ޔުނައިޓެޑްގެ ވިންގް، ޖޭޑާން ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބު ކަމަށްވާ ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމަންޑަށް ދޫކޮށްލަން ޔުނައިޓެޑުން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.

ރިޕޯޓްތަކުން ބުނާގޮތުގައި މި ސީޒަންގެ ބާކީ އޮތް މުއްދަތަށް ސަންޗޯ، 23، އޭނާގެ ކުރީގެ ކްލަބު ޑޯޓްމަންޑަށް ލޯނު އެއްބަސްވުމެއްގެ ދަށުން ބަދަލުވާނީ ދެ ކްލަބުގެ މެދުގައި ހަދާ އެއްބަސްވުމުގެ ބައެއް މާއްދާތަކަށް ދެ ކްލަބުން އެއްބަސްވުމުންނެވެ.

ޑޯޓްމަންޑްގައި ހުރުމަށް ފަހު 2021 ވަނަ އަަހަރުގެ ޖުލައި މަހު ސަންޗޯ ޔުނައިޓެޑަށް ބަދަލުވީ 73 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ.

Advertisement

ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގާ ޖެހުނު މަައްސަލައަކާ ގުޅިގެން، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 26 ގެ ފަހުން ސަންޗޯ ޔުނައިޓެޑަށް މެޗެއް ނުކުޅެ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން، ސަންޗޯ، ޔުނައިޓެޑްގެ ސީނިއާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިއެއްނުވެ އެވެ.

ޔުނައިޓެޑާ ގުޅުނު ފަހުން، ސަންޗޯ އަށް އެއް ފެންވަރެއްގައި ފޯމު ހިފެހެއްޓޭ ގޮތެއްނުވެ އެވެ. މިހާތަނަށް ޔުނައިޓެޑަށް އޭނާ ކުޅުނު 58 މެޗުގައި ނުވަ ލަނޑު ޖެހިއިރު، ހަ ލަނޑު ޖަހަން ވަނީ ފުރުސަތު ތަނަވަަސްކޮށްދީފަ އެވެ.

ޑޯޓްމަންޑް އިން ބޭނުންވަނީ މިހާރު އެ ކްލަބުން މިހާރު ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕްގައި ސަންޗޯ ބައިވެރިވުމަށެވެ. ޖަރުމަން ލީގު މި މަހުގެ 13 ވަނަ ދުވަހު އަލުން ފެށުމުގެ ކުރިން ޑޯޓްމަންޑް އެކުވެރިކަމުގެ ދެ މެޗު ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox