ވެސްޓް ހޭމް އަތުން ބަލިވެ އާސެނަަލަށް ފުރުސަތު ގެއްލިއްޖެ

Dec 29, 2023, 6:02 AM
ވެސްޓް ހޭމް އަތުން ބަލިވެ އާސެނަަލަށް ފުރުސަތު ގެއްލިއްޖެ

ލަންޑަން (ޑިސެމްބަރު 29) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ، އާސެނަލަށް ލީގުގެ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.

ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން 42 ޕޮއިންޓާ އެކު އެވެ. ރޭ މޮޅުވެގެން އެއް ވަނަ އަށް އެރެން އޮތް އާސެނަލް، ދެ ވަނައިގައި އޮތީ 19 މެޗުން 40 ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނައިގައި އޮތީ 19 މެޗުން 39 ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުުޅުނު މެޗުގައި ވެސްޓް ހޭމް އިން ލީޑުނެގީ 13 ވަނަ މިނިޓްގައި ތޯމަސް ސޫޝެކް ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ޖެރޮޑް ބޮވެން ދިން ބޯޅައަކުންނެވެ. ބޮވެން އެ ބޯޅަ ދިންއިރު ބޯޅަ ވަނީ ބޭރުވެފައި ކަމަށް އާސެނަލުން އެޕީލްކުރި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު، ނިންމީ ގޯލު ބަލައިގަންނާށެވެ.

ފުރަތަމަ ހާފުގައި އާސެނަލަށް ލަނޑު ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބުނީ ބުކާޔޯ ސަކާ އަށެވެ. އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުން ސަކާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ވެސްޓް ހޭމް އިން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 10 ވަނަ މިނިޓްގައި ދެ ވަނަ ގޯލު ޖަަހައިފަ އެވެ. މި ލަނޑު ޖެހީ މެޗުގެ 55 ވަަނަ މިނިޓްގައި ކޮންސްޓަންޓީނޯސް މަވްރަޕޯނަސް އެވެ. މިއީ ޖޭމްސް ވޯޑް-ޕްރައުސް ނެގި ކޯނަރަކުން މަވްރަޕޯނަސް ބޮލުން ޖެހި ގޯލެކެވެ. އާސެނަލަށް ކުރިން ކުޅެފައިވާތީ، އިހުތިރާމް އަދާކުރުމުގެ ގޮތުން މަވްރަޕޯނަސް މި ލަނޑު ޖަހާފައި އުފާފާޅެއް ނުކުރެ އެެވެ.

އާސެނަލަށް ގޯލެއް ޖަހައިދޭން އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް އާއި ލެއަންޑްރޯ ޓްރޮސާޑް ޖެހި ޝޮޓްތައް ވެސްޓް ހޭމް ކީޕަރު އަރެއޯލާ މަތަކުރި އެވެ. ގޯލު ކުރިމަތިން ހުސްކޮށް އާސެނަލްގެ ގަބްރިއެލް ޖީސޫސް އަށް ލިބުނު ފުރުސަތުން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ވެސްޓް ހޭމް އަށް މި މެޗުގައި ތިން ވަނަ ގޯލެއް ޖަހަން ވެސް ފުރުސަތު ލިބުނެވެ. އެ ގޮތުން ވެސްޓްގެ ސައީދު ބެންރަހްމާ އިތުރު ވަގުތުގައި ފޮނުވާލި ޕެނަލްޓީ އާސެނަލް ކީޕަރު ޑޭވިޑް ރާޔާ ވަނީ މަތަކޮށްފަ އެވެ. މިއީ، ކުރިން ވެސްޓް ހޭމް އަށް ކުޅުމަށް ފަހު އާސެނަލަށް ބޮޑު އަގުގައި މި ފަހަރު ބަދަލުވި ޑެކްލަން ރައިސް އޭރިއާތެރެއިން ވެސްޓް ހޭމްގެ އެމަސަން އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

މިއީ މި ސީޒަނުގައި އަމިއްލަ ދަނޑުގައި އާސެނަލް ބަލިވި ފުރަތަމަ މެޗެވެ. އަނެއްކޮޅުން، ވެސްޓް ހޭމްގެ ކޯޗު ޑޭވިޑް މޮއިސް އާސެނަލް ދަނޑުގައި ހޯދި ފުރަަތަމަ މޮޅެވެ. މި ނަތީޖާއާ އެކު ވެސްޓް ހޭމް އޮތީ 19 މެޗުން 33 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox