ފުށިދިއްގަރު ފަޅު ހިއްކަން ވެލި ނަގަނީ މާލެއަތޮޅު ދެކުނުބުރިން: މިނިސްޓަރު މުއްތަލިބު

އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު -- ފޮޓޯ: ރައީސް އޮފީސް

ފުށިދިއްގަރުފަޅު ހިއްކަން ވެލި ނަގަނީ މާލެއަތޮޅު އުތުރުބުރިން ނޫން ކަމަށާއި އީއައިއޭ ރިޕޯޓާ އެއްގޮތަށް ވެލި ނަގަމުންދަނީ މާލެއަތޮޅު ދެކުނުބުރިން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މުއްތަލިބު އެހެން ވިދާޅުވީ ޕީޕީއެމުން ވަކިވެވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އަލަށް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ އައު ސިޔާސީ ޕާޓީ، ޕީއެންއެފުން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި އެ މަސައްކަތުގައި އިސްކޮށް އުޅުއްވާ އައްބާސް އާދިލް ރިޒާ ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި މުއްތަލިބު ވިދާޅުވީ ރަސްމާލެ ޕްރޮޖެކްޓުގެ ސަބަބުން މިހާރު ކުރިއަށްދާ އެހެން އެއްވެސް މަޝްރޫއަކަށް ބުރުލެއް ނާރާނެ ކަމަށެވެ.

"ރަސްމާލެ ޕްރޮޖެކްޓުގެ ބޮރޯ އޭރިއާ [ވެލި ނަގާ ސަރަހައްދަކީ] އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ފަދައިން މާލެއަތޮޅު ދެކުނުބުރި،" މުއްތަލިބުގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

ޕީއެންއެފްގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ތުހުމަތު ކުރެއްވީ ފުށިދިއްގަރުފަޅު ހިއްކުމަށް ބޭނުން ކުރަމުން ދަނީ ގުޅީފަޅު ހިއްކުމަށް ނަގާފައިވާ ވެލި ކަމަށެވެ. އެވާހަކަތަކަށް ރައްދުދެއްވައި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ބެލެނިވެރި ފަރާތް، އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވެސް ވަނީ އެކްސްގައި ޕޯސްޓު ކުރައްވައިފަ އެވެ.

ފަޒުލްގެ ޕޯސްޓުގައި ވަނީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފެއްދުމަށް ބައެއް ބޭފުޅުން ކުރާ މަސައްކަތް ކުށްވެރި ކުރައްވާ ކަމަށެވެ.

"ރަސްމާލެ ރިކްލެމޭޝަން ކުރިއަށް ދަނީ ގުޅީފަޅުން، ފިރާވަރުފަޅުން، ތިލަފުށިން، ހުޅުމާލެ ހިއްކާ ސަރަހައްދުން ވެލި ނަގައިގެންނެއް ނޫން،" ފަޒުލްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

ގާތްގަނޑަކަށް 1،280 ހެކްޓަރުގެ ބޮޑު ފުށިދިއްގަރުފަޅުން 1153 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ސްރީލަންކާގެ ސީއެމްސީސީންނެވެ. އެ މަޝްރޫއު ހިންގުމަށް ހޭދަވާނެ އަސްލު އަގު ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އެ މަސައްކަތް ކުރާ ކުންފުންޏަށް އެ މަޝްރޫއުގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ހުޅުމާލެއިން 10 ހެކްޓަރު އަދި ފުށިދިއްގަރު ފަޅުން ހިއްކާ ސަރަހައްދުން 60 ހެކްޓަރުގެ ބިން 99 ދިނުމަށް ނިންމައިފަ އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ސަރުކާރުން ކުރިއަށްގެންދާ ގޮތުގައި ހާމަކަމެއް ނެތުމުން ކަންބޮޑުވުން ފާޅުކޮށް އެ މަޝްރޫއުގެ ތަފުސީލު ހާމަކުރުމަށް ގޮވާލާ ކުއްލި މައްސަލައެއް ވަނީ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox