ދައުރު އިތުރު ކުރުމުން ވެސް މަޖިލީހުގެ މަސައްކަތްތައް މަޑުޖެހިފައި

މަޖިލީސް މެމްބަރުން، މި ދައުރުގެ މުއްދަތު ދެ ފަހަރަށް ދިގު ކޮށްފައިވޭ. ދެވަނަ ބުރަށް ދައުރުގެ މުއްދަތު ދިގު ކުރުމަށް ފަހު މަޖިލީހުން ނިންމަން ޖެހޭ ބޮޑެތި މަސައްކަތްތަކެއް ހުރި ނަމަވެސް، އެކަންކަން ކޮށްފައެއް ނުވޭ - ފޮޓޯ: މަޖިލިސް

މަޖިލީސް މެމްބަރުން، މި ދައުރުގެ މުއްދަތު ދެ ފަހަރަށް ދިގު ކޮށްފައިވޭ. ދެވަނަ ބުރަށް ދައުރުގެ މުއްދަތު ދިގު ކުރުމަށް ފަހު މަޖިލީހުން ނިންމަން ޖެހޭ ބޮޑެތި މަސައްކަތްތަކެއް ހުރި ނަމަވެސް، އެކަންކަން ކޮށްފައެއް ނުވޭ - ފޮޓޯ: މަޖިލިސް

މި އަހަރުގެ ތިން ވަނަ ދައުރު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ފާސްކުރުމަށް ފަހު ކޮމިޓީ ބައްދަލުވުންތަކެއް ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް ނުކޮށް ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ދާން ރައްޔިތުންގެ މަޖިލިސް ތައްޔާރުވެއްޖެ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު ނިމޭ ތާރީހަކީ ނޮވެމްބަރު 27 އެވެ. ނަމަވެސް، އޭރު ވެސް މަސައްކަތްތައް ހުރުމުން، ޑިސެމްބަރު ހަތަކަށް އަދި އެއަށްފަހު ޑިސެމްބަރު 18 އަށް މުއްދަތު އިތުރުކުރި އެވެ. އެއަށްފަހު ޑިސެމްބަރުގައި 18 ގައި އަނެއްކާ ވެސް 10 ދުވަސް ދައުރަށް އިތުރުކުރި އެވެ.

މި މުއްދަތުގެ ތެރޭގައި މަޖިލީހުގެ ތަޅުމުންނާއި ކޮމިޓީތަކުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިއިރު އެ މަސައްކަތްތައް މަޖިލީހުގައި ހިނގާފައި ނުވެ އެވެ.

އެކަމާ ގުޅޭގޮތުން "އަދަދު"އިން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމްއާ ސުވާލު ކުރުމުން ވިދާޅުވީ، މަޖިލީހުގެ ތަޅުމަށް ކަމެއް އެޖެންޑާކޮށްފައި ވާނަމަ ޖަލްސާތައް ބާއްވާނެ ކަމަށެވެ. މަޖިލީހުގެ ތަޅުމަށް ކަމެއް އެޖެންޑާ ކޮށްފައި ނުވަނީ، ކޮމިޓީ މަސައްކަތްތައް ކުރިއަށް ނުދާތީތޯ ސުވާލު ކުރުމުން އަސްލަމް އެ ކަމަށް އިންކާރު ކުރެއްވި އެވެ.

ތިންވަނަ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ފަހު ޖަލްސާތައް ކުރިއަށް ނުދާތީ، އެކަމާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް އަސްލަމް ސާފު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

މި މުއްދަތުގެ ތެރޭގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީ ބައްދަލުވުމެއް ބާއްވަން ތާވަލު ކުރި އެވެ. އެހެންނަމަވެސް، އެ ދުވަހު ވެސް ކޮމިޓީގެ ކޯރަމް ހަމަ ނުވެގެން ބައްދަލުވުން ބާއްވާފައި ނުވެ އެވެ.

އޭގެ ފަހުން މިއަދު، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއިން ބައްދަލުވުމެއް ބޭއްވި އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ދިޔައީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ އެވެ. އެ ކޮމިޓީ ސިއްރު ކުރީ އެވެ.

މި ވަގުތު މަޖިލީހުން ކުރަން އޮތް އެންމެ މުހިންމު މަސައްކަތަކީ ވަޒީރުންނަށް ރުހުން ދިނުމެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީއިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ތަޅުމަށް ފޮނުވުމުން، އެ ރިޕޯޓު އަނބުރާ ކޮމިޓީ މަރުހަލާއަށް ފޮނުވާލީ ވުޒާރާތަކުގެ މެންޑޭޓް މަޖިލީހުން ފާސް ނުކޮށް، ވަޒީރުންނަށް ރުހުން ނުދެވޭނެ ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި މައްސަލައަށް ރިސާޔަތުން ރިއާޔަތް ކުރުމަށް ފަހު އެވެ. ރިޔާސަތުން އެގޮތަށް ނިންމީ މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ޕާޓީ ކަމަށްވާ، އެމްޑީޕީ އަދި ޑިމޮކްރެޓްސް އާ މަޝްވަރާ ކުރުމަށް ފަހު އެވެ.

މި މަހުގެ 18 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ނުދިނުމުން، ވުޒާރާތަކުގެ މެންޑޭޓް ފާސް ކުރުމަށް ސަރުކާރުން މަޖިލީހަށް އެ ދުވަހު ފޮނުވި އެވެ. އެހެންނަމަވެސް، އެކަމާ ގުޅޭ އެއްވެސް މަސައްކަތެއް މަޖިލީހުގައި ކޮށްފައެއް ނުވެ އެވެ.

މާދަމާ އަކީ މި ދައުރުގެ ފަހު ދުވަސް ކަމަށް ވާއިރު، މިހާރު މިއޮތް ހާލަތުގައި މަޖިލީސް މެމްބަރުން މިއަހަރުގެ ޖަލްސާތައް ނިންމައި، ދެ މަސް ދުވަހުގެ ޗުއްޓީއަށް ދާނީ ވަޒީރުންނަށް ރުހުން ނުދީ އެވެ. އަންނަ އަހަރުގެ މަޖިލީހުގެ ޖަލްސާތައް ފަށާނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox