ވަރާން ހޯދަން ރެއާލުން މަސައްކަތް ކުރަނީ

Dec 23, 2023, 8:23 AM
ވަރާން ހޯދަން ރެއާލުން މަސައްކަތް ކުރަނީ

މެޑްރިޑް (ޑިސެމްބަރު 23) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ތަޖުރިބާކާރު ޑިފެންޑަރު ރަފެއަލް ވަރާން ހޯދަން ސްޕެއިންގެ ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ކުރިން ރެއާލަށް ކުޅުނު ވަރާން ވަނީ ރެއާލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން ރެއާލާ އެކު ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ވަރާން ކާމިޔާބުކޮށްފައިވެ އެވެ.

ޖެނުއަރާ ޓްރާންސްފާ މާކެޓުގައި ވަރާންގެ ސޮއި ހޯދަން މެޑްރިޑުން ބޭނުންވަނީ އެ ޓީމުގެ ފަހަތަށް ކުޅެމުން އަންނަ ޑިފެންޑަރު ޑޭވިޑް އަލަބާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން މި ސީޒަނުގައި އޭނާއަށް އިތުރަށް ނުކުޅެވޭނެކަން ހާމަވުމުންނެވެ. މީގެ އިތުރުންވެސް ރެއާލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އަށް ވެސް އަނިޔާވެ މި ސީޒަނުގައި އިތުރަށް ނުކުޅެވޭނެ އެވެ.

އެހެންވެ، ރެއާލުން ބޭނުންވަނީ ވަރާން ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގެ ބާކީބައިގައި އެ ޓީމަށް ގެންދާށެވެ.

ވަރާންގެ ސޮއި ހޯދުމަށް ރެއާލުން މަސައްކަތް ކުރަމުން އަންނައިރު، ވަރާން އާއި ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގްއާ މައްސަލަ ޖެހުނު ކަމަށް ވެސް މީގެ ކުރިން މީޑިއާ ރިޕޯޓްތައް ބުންޏެވެ. އެކަމަކު ޓެން ހާގް ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ.

ވަރާން ހޯދުމަށް މީގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް މަސައްކަތް ކުރިއެވެ.

ސްޕެއިންގެ ގަދަ ބާރު ރެއާލްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު 2021 ވަނަ އަހަރު ވަރާން ޔުނައިޓެޑަށް ގެނައީ އޭރު އެ ޓީމްގައި ހުރި އޮލެ ގުނަ ޝޮލްޝެއާ އެވެ. އޭގެ ފަހުން ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ވަރާން ފެނުނަސް އަނިޔާގެ ސަބަބުން ރެއާލްގައި ދެއްކި ފޯމެއް އޭނާ އަށް ނުދެއްކެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox