ކޯރަމް ހަމަނުވެގެން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ތާވަލު ކުރި ކޮމިޓީ ކެންސަލް

ް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރުން، ކޮމިޓީ ފެށުމަށް ހާޒިރުވީ އެންމެ ތިން މެމްބަރުން - ފޮޓޯ: މަޖިލިސް

ް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރުން، ކޮމިޓީ ފެށުމަށް ހާޒިރުވީ އެންމެ ތިން މެމްބަރުން - ފޮޓޯ: މަޖިލިސް

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން މިއަދު ބާއްވަން ތާވަލު ކުރި ކޮމިޓީ ބައްދަލުވުން ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު 09:00 ގައި ކޮމިޓީ ބައްދަލުވުމެއް ބޭއްވުމަށް ނިންމި އެވެ. އެހެން ނަމަވެސް، އެ ބައްދަލުވުން ކެންސަލް ވެފައިވާކަން، މަޖިލީހުގެ އިދާރާއިން މީޑިއާތަކަށް އެންގި އެވެ.

ކޮމެޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު، މުހައްމަދު ފަހާލު ވިދާޅުވީ ކޮމެޓީގެ ބައްދަލުވުން ކެންސަލްކުރީ ކޯރަމް ހަމަ ނުވެގެން ކަމަށެވެ.

"ތިން މެމްބަރަކު ސޮއިކޮށްފައި ހުށަހެޅީމަ، މިއަދު ޖަލްސާ ބާއްވަން ނިންމީ. ސޮއި ކޮށްފައި ހުށަހެޅީ ޕީއެންސީގެ އިބްރާހިމް ނަސީމް، ޕީޕީއެމްގެ ތޯރިގް އަދި މިހާރު އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި، އަބްދުﷲ ރިޔާޒް، އޭގެ ތެރެއިން ވެސް، އެއް މެމްބަރަކު ކޮމެޓީއަށް ވަޑައިނުގަންނަވާ،" ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވި ގޮތުގައި ކޮމެޓީ ބައްދަލުވުން ފެށުމަށް ހަތަރު މެމްބަރުން ތިއްބަވަން ޖެހެ އެވެ. އަދި ކޮމެޓީ ވޯޓެއް ނެގުމަށް ހަ މެމްބަރުންގެ ކޯރަމްއެއް ބޭނުންވެ އެވެ.

އެހެންނަމަވެސް، މިއަދު ކޮމެޓީ ބައްދަލުވުން ފެށުމަށް ހާޒިރުވެ ތިއްބެވީ އެންމެ ތިން މެމްބަރުން ކަމަށް ފަލާހު ވިދާޅުވި އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ކޮމިޓީން ރިޕޯޓު ފާސްކޮށްފައި އޮތީ ގަވައިދާ އެއްގޮތަށް ނޫން ކަމަށް ނިންމައި އެ ރިޕޯޓު އަނބުރާ ކޮމެޓީއަށް ފޮނުވާލީ މި މަހުގެ 18 ވަނަ ދުވަހު އެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދެވެން ނެތީ އަދި ކޮމެޓީ ރިޕޯޓު ގަވާއިދާ ހިލާފު ކަމަށް ނިންމީ، ވަޒީރުންނަށް ރުހުން ދިނުމުގެ ކުރިން ވުޒާރާތަކުގެ މެންޑޭޓް ފާސް ކުރުމަށް ސަރުކާރުން ހުށަހަޅާފައި ނުވާތީ ކަމަށް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ނިޒާމީ ނުކުތާއަށް ރިއާޔަތްކޮށް މަޖިލީހުގެ ރިޔާސަތުން ނިންމި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox