ސަރުކާރުން ހަދަނީ ދޮގު، ފުރަތަމަ ނޫސް ބްލޮކް ކުރީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑަރު: ނޫސްވެރިންގެ ޖަމިއްޔާ

ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް އަލީ ރިފްޝާން: ޖަމިއްޔާއިން ބުނީ ފުރަތަމަ ނޫސް ބްލޮކް ކުރީ ސީދާ ރާއްޖެއިން ސާވިސް ޕްރޮވައިޑަރު ކަމަށް -- ފޮޓޯ: އަދަދު ފައިލް

ނޫސްވެރިންގެ ޖަމިއްޔާގެ ރައީސް އަލީ ރިފްޝާން: ޖަމިއްޔާއިން ބުނީ ފުރަތަމަ ނޫސް ބްލޮކް ކުރީ ސީދާ ރާއްޖެއިން ސާވިސް ޕްރޮވައިޑަރު ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރަޖިސްޓްރީކޮށްގެން ހިންގަމުން އައި ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރީ ރާއްޖެއިން ސީދާ އިންޓަނެޓް ސާވިސް ޕްރޮވައިޑަރު ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ބުނެފި އެވެ.

ސަރުކާރަށް ފާޑުކިޔާ ކުރުސީ، ދިޔަވަރު އަދި ފުރަތަމަ ޑޮޓް ކޮމް ސަރުކާރުން ވަނީ ބްލޮކްކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރީ ސަރުކާރުން ނޫން ކަމަށް ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވެ އެވެ. ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރި ކަމަށް ބުނުމުން ޝަހީބު ވަނީ ނޫސްވެރިންގެ ޖަމިއްޔާއަށް ފާޑު ވެސް ވިދާޅުވެފަ އެވެ.

"ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކުރި ކަމަށް ބުނާ ވާހަކަ ސަރުކާރުން ދޮގު ކުރި ނަމަވެސް މި ޖަމްއިއްޔާއިން ބަޔާން ނެރުމުގެ ކުރިން ވާނީ މި ޖަމްއިއްޔާ އެފްލިއޭޓްވެފައިވާ ބޭރުގެ ސައިބާ ސެކިއުރިޓީ އެކްސްޕާޓުންގެ އެހީތެރިކަމާ އެކު ލިބެން ހުރި ހެކިތަކުގެ މައްޗަށް ލަފާ ހޯދާފައި. އެ ބޭފުޅުން މި ޖަމްއިއްޔާއަށް މައުލޫމާތު ދެއްވީ ފުރަތަމަ ޑޮޓް ކޮމް ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް،" އެމްޖޭއޭއިން ބުންޏެވެ.

ތިން ނޫހެއް ބްލޮކްކޮށްގެން އުޅޭ މައްސަލައިގައި އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލް ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. ކައުންސިލުން ބުނީ ރަޖިސްޓްރީ ނުކުރާ ނޫސްތަކަކީ ވެސް މީޑިއާ ކަމަށާއި އެ މީޑިއާތަކާ ދެކޮޅަށް އެއްވެސް ޝަކުވާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.

"ބްލޮކު ކޮށްފައިވާ ދެ ވެބްސައިޓުގެ ކޮންޓެންޓާ ގުޅޭ އެއްވެސް މައްސަލައެއް މި ކައުންސިލަށް ހުށަހަޅާފައިނުވާއިރު އުސޫލެއް ނެތި ބްލޮކު ކުރުމަކީ ކަންބޮޑުވާ ކަމެއް. މިއީ ނޫސްވެރިކަމުގެ މިނިވަންކަމަށް އެޅުނު ހުރަހެއް އަދި ނުރައްކަލެއް،" އެ ކައުންސިލުން ބުނެފައިވެ އެވެ.

ބައެއް މީޑިއާތައް ބްލޮކް ކުރުމާ ދެކޮޅަށް އެމްޖޭއޭއިން ބަޔާން ނެރުމުން ޝަހީބުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވެސް ވަނީ ޖަމިއްޔާއަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ "ކޮންމެ ކަމެއްގައި ވެސް އިސް ވާނީ ގައުމު" ކަމަށެވެ.

"ކޮންމެ ކަމެއްގައި ވެސް އިސް ވާނީ ގައުމު، މުހިންމު ވާނީ ގައުމު. ފޭކް ނިއުސް މައްސަލަ ހައްލު ކުރަން މުޅި ދުނިޔެ ދަނީ ބަހުސް ކުރަމުން. ފޭކް ނިއުސް ބްލޮކް ކުރުމަކީ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވުން ކަމަށް ގަބޫލު ކުރާނެ އެއްވެސް ހަމައެއް ނޯންނާނެ،" ހަލީލު ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނެފައި އޮންނަނީ "މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެމަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ.

އެއާއެކު އެ އަސާސީގެ 28 ވަނަ މާއްދާގައި ބުނެފައި ވަނީ "ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ. އަދި "މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭ" ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމާ ބެހޭ ގަވާއިދުގައި ބުނާ ގޮތުން "ނޫސް މަޖައްލާ އާއި މިނޫން ވެސް މިފަދަ ތަކެތި" ހިންގަންވާނީ ރަޖިސްޓްރީކޮށްގެނެވެ. އެހެން ކަމަށްވާ ނަމަ ހުރިހާ ބްލޮގެއް، ސައިޓެއް ވެސް ހިންގޭނީ ރަޖިސްޓްރީކޮށްގެނެވެ.

ނަމަވެސް މީޑިއާ ކައުންސިލުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބުނެފައި ވަނީ "މީޑިއާ ކަމަށް ބުނެފައި އެ ވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހުނޫސްތަކަށާއި، ހަފްތާނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭށަންތަކަށާއި، މިނޫންވެސް ނަންނަމުގައި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެންނާއި، ރަޖިސްޓަރީ ނުކޮށް މަހުލޫމާތާއި، ހަބަރާއި، ހިޔާލާއި، އިށްތިހާރު، ހާމަކޮށް ފެތުރުމަށްޓަކައި ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއު ކުރެވޭ ޝާއިއު ކުރުންތަކަށް" ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox