އެމްޓީޑީސީން 22 މިލިއަނަށް ހުޅުމާލޭން 6،100 އަކަފޫޓުގެ ބިމެއް ގަނެފި

ހުޅުމާލޭ މަގުމަތި : އެމްޓީޑީސީއިން 22 މިލިއަނަށް ހުޅުމާލޭން 6،100 އަކަފޫޓުގެ ބިމެއް ގަނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހުޅުމާލޭ މަގުމަތި : އެމްޓީޑީސީއިން 22 މިލިއަނަށް ހުޅުމާލޭން 6،100 އަކަފޫޓުގެ ބިމެއް ގަނެފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްޓީޑީސީ) 22.4 މިލިއަން ރުފިޔާއަށް ހުޅުމާލެއިން 6،100 އަކަފޫޓަށްވުރެ ބޮޑު ބިމެއް ގަނެފި އެވެ.

ބިން ވިއްކުމުގެ މުއާމަލާތާ ގުޅިގެން ސިވިލް ކޯޓުން ކުރި ހުކުމުން އެނގޭ ގޮތުގައި އާބަންކޯއިން އެމްޓީޑީސީއަށް އެ ބިން ވިއްކީ އަކަފޫޓަކަށް 3،629 ރުފިޔާގެ ރޭޓުންނެވެ.

އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު "އަދަދު" އަށް ވިދާޅުވީ ހުޅުމާލޭން ގަތް ބިމަކީ އެ ކުންފުނީގެ އޮފީސް އިމާރާތް ކުރުމަށް ގަނެފައިވާ ބިމެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތުގައި ކޮމާޝަލް ބޭނުމަށް ކުއްޔަށް ދޭނެ ވަސީލަތްތައްވެސް ގާއިމުކުރާނެ އެވެ.

އެމްޓީޑީސީގެ އޮފީސް އެޅުމަށް އެ ކުންފުނިން ގަނެފައިވާ ބިން - ފޮޓޯ: ގޫގުލް އާތު
އެމްޓީޑީސީގެ އޮފީސް އެޅުމަށް އެ ކުންފުނިން ގަނެފައިވާ ބިން - ފޮޓޯ: ގޫގުލް އާތު

އެމްޓީޑީސީގެ އޮފީސް އެޅުމަށް އެ ކުންފުނިން ގަނެފައިވާ ބިން - ފޮޓޯ: ގޫގުލް އާތު

ނިޔާޒު ވިދާޅުވި ގޮތުން އެމްޓީޑީސީން ގަތީ ހުޅުމާލެ ސެންޓްރަލް ޕާކުގެ ދެކުނުން އޫރިދޫގެ އޮފީސް އިމާރާތާ ޖެހިގެން އިރަށް އޮންނަ ބިމެވެ.

އެ ކުންފުނީގެ އޮފީސް މިހާރު ހުންނަނީ ޕީއެސްއެމް ކައިރި ހުންނަ މަޓީ ބިލްޑިން އިމާރާތުގަ އެވެ. އެމްޓީޑީސީއަކީ މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކޮށްގެން ލިބޭ ފައިދާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ މަގު ފަހި ކޮށްދިނުމުގެ މަގުސަދުގައި 2006 ވަނަ އަހަރު ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދި ކުންފުންޏެކެވެ.

އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 7.3 މިލިއަން ޑޮލަރު (113 މިލިއަން ރުފިޔާ) ލިބިފައިވާއިރު، ފައިދާ 2.5 މިލިއަން ޑޮލަރު (38.5 މިލިއަން ރުފިޔާ) އަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox