ހިތުގެ މައްސަލަ ޖެހުނު ލޫޓަންގެ ކެޕްޓަންގެ ހާލު ރަނގަޅު

Dec 17, 2023, 5:20 AM
ހިތުގެ މައްސަލަ ޖެހުނު ލޫޓަންގެ ކެޕްޓަންގެ ހާލު ރަނގަޅު

ލަންޑަން (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބޯންމަތާ ދެކޮޅަށް ކުޅެނިކޮށް، ކާޑިއަކް އެރެސްޓެއް (ހިތުގެ މައްސަލައެއް) ކުރިމަތިިވި ލޫޓަން ޓައުންގެ ކެޕްޓަން ޓޮމް ލޮކްޔާގެ ހާލު ރަނގަޅު ކަމަށް އެ ކްލަބުން ބުނެފި އެވެ.

ބޯންމަތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ދެ ވަނަ ހާފުގައި ލޮކްޔާ ދަނޑު މައްޗަށް ވެއްޓުނުއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ލޮކްޔާ އަށް ދަނޑުމަތީގައި އަވަސް ފަރުވާ ދީ، އެނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، މި ހާދިސާއާ ގުޅިގެން މެޗުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ.

ލޫޓަން އިން ނެރުނު ބަޔާނެއްގައި ބުނީ ލޮކްޔާ އަށް ކާޑިއަކް އެރެސްޓެއް ކުރިމަތިވިކަން އެ ކްލަބުގެ މެޑިކަލް ޓީމުން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި ދަނޑުމަތީގައި އަވަސް ފަރުވާ ދިނުމަށް ފަހު، އަށިގަނޑުގެ އެމްބިއުލަންސަށް ގެންދިއުމގޔެ ކުރިން ލޮކްޔާ ހޭ އަރާފައިވާ ކަމަށެވެ.

Advertisement

މެޗެއްގެ ތެރެއިން މީގެ ކުރިންވެސް ލޮކްޔާ އަށް ވަނީ ހިތުގެ މްއްސަލައެއް ކުރިމަތިވެފަ އެވެ. މި އަހަރުގެ މެއި މަހު ކުޅުނު ޗެމްޕިއަންޝިޕްގެ ޕްލޭއޮފްގައި ކޮވެންޓްރީއާ ދެކޮޅަށް ލޫޓަން ކުޅުނު މެޗުގައި ވެސް ލޮކްޔާ ދަނޑު މައްޗަށް ވެއްޓުނެވެ.

އެ ހާދިސާ އަށް ފަހު އޭނާ އަލުން ކުޅެން ނުކުތީ ހިތުގެ މައްސަލަ ރަނގަޅުކުރުމަށް ސާޖަރީއެއް ހެދުމަށް ފަހު އެވެ.

އެކަމަކު މި ފަހަރު ދިމާވި މައްސަލައާ ގުޅިގެން، އޭނާ އަށް އަލުން ކެރިއަރު ކުރިއަށް ގެންދެވިދާނެކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ލޮކްޔާގެ އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox