ނައިފަރަށް މިވަގުތަށް ފެން ލިބިއްޖެ، އެކަމަކު ފެން ޕްލާންޓް ހުރީ ވީރާނާވެފައި!

ނައިފަރަށް މިވަގުތަށް ފެން ލިބިއްޖެ، އެކަމަކު ފެން ޕްލާންޓް ހުރީ ވީރާނާވެފައި!

ޅ. ނައިފަރު ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ގާއިމުކުރި ފެން ޕްލާންޓް ވީރާނާވެ ދޭތެރެ ދޭތެރެއިން ފެން ކެނޑޭތީ އެރަށުގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމަކަށް އެކަން ވެއްޖެ އެވެ.

ނައިފަރު ފެން ޕްލާންޓް ހިންގާ ފެނަކަ ކޯޕަރޭޝަނުން ރޭ ބުނީ ފެނުގެ ހިދުމަތް މެދުކެނޑިފައި ވާތީ "ނިހާޔަތަށް މާފަށް އެދޭ" ކަމަށެވެ. ފަތިހު 4:00 ގައި ފެން ލިބޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ފެނަކައިން ބުނި ގޮތަށް ރޭ ފަތިހު ވަނީ ނައިފަށް ފެން ދޫކޮށްފަ އެވެ.

ނައިފަރުގެ ފެނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާ ބެހޭ ގޮތުން ފެނަކައިގެ ބަހެއް އަދި ނުލިބެ އެވެ.

ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ސަރުކާރުން ނައިފައިރުގައި ބެހެއްޓީ 24 ގަޑިއިރުތެރޭ 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ ޕްލާންޓު ތަކެވެ. އެ ޕްލާންޓުތަކުން ރަށަށް ފެން ފޯރުކޮށްދޭން ފެށިތާ ހައެއްކަ މަހަށްވުރެ ދުވަސްވެގެން އައި އިރުވެސް ނައިފަރުގެ ޒަމާންވީ ފެނުގަ މައްސަލަ ހައްލެއް ނުވެ އެވެ. އެރަށު ރައްޔިތުންނަށް މިއަދުވެސް އެތިބީ ސާފު ފެނުން މަހުރޫމްވެފަ އެވެ.

އެރަށުން "އަދަދު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ފާއިތުވި މަހެއްހާ ދުވަސް ދިޔައީ އާއްމުކޮށް ކޮންމެ ރެއަކުވެސް އެއްގަޑިއަކަށް ފެންކެނޑެމުންނެވެ. އެގޮތުން ދަންވަރު ފެން ކަނޑައިލާ ގޮތަށް ދެން ފެން ލިބެނީ ފަތިހު ކަމަށާއި ނަމަވެސް ބައެއް ދުވަސް ދުވަހު ސްކޫލަށް ކުދިން ދާން ގަޑި ޖެހޭ އިރުވެސް ފެން ނުލިބޭ ކަމަށް އޭނާ ބުންޏެވެ. އަދި މިދިޔަ ދެ ހަފްތާ ތެރޭގައި ފެން ކެނޑޭ މިންވަރު އިތުރުވެ ރައްޔިތުންނަށް އެކަމުން އެތައް އުނދަގޫތަަކާ ކުރިމަތިވާ ކަމަށް ބުންޏެވެ.

ނައިފަރުން "އަދަދު"އާ ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި ފެން ކެނޑޭ ވަގުތުތަކުގައި ވަޅުފެން ބޭނުންކުރަން ޖެހޭ އިރު އެރަށުގައި އަލަށް ހިއްކި ސަރަހައްދުތަކުގެ ފެން، ބޭނުންކުރެވޭ ވަރަށް ވުރެ ލޮނެވެ. ރޯހައުސްތަކާއި ފްލެޓްތަކުގައި ވަޅުފެން ވަގުތުން ބޭނުންކުރެވޭނެ އިންތިޒާމެއް ނެތް ކަމަށް ވެސް އޭނާ ބުންޏެވެ.

" ފްލެޓްތަކާ ރޯހައުސްތައް މި ހުންނަނީ 100 ޕަސެންޓް ޕްލާންޓް ފެން ބޭނުންކުރާ ގޮތަށް. ފެން ކެނޑުނީމާ ރަށު ކައުންސިލުން މީހަކު އައިސް ބޭރުގަައި ހުންނަ ތަނަކުން [މެނުއަލްކޮށް] ލޮނުފެން ގުޅަން ޖެހެނީ. އެގޮތަށް ގުޅާ އިރު އެ ފެން އަނެއްކާ އެހާ ލޮނު،" އޭނާ ބުންޏެވެ.

ނައިފަރު ކައުންސިލް މެމްބަރު، އަބްދުﷲ ހަސަން ވިދާޅުވި ގޮތުގައި މި ވަގުތައް ރަށަށް ފެން އެބަ ލިބެ އެވެ. އެހެން ނަމަވެސް މިހާރު ރައްޔިތުން ތިބެންޖެހެނީ ފެން ކެނޑޭނެ ވަގުތެއް ނޭނގިފައި ކަމަށާއި ކަމާއި ބެހޭ ފަރާތްތަކުން މިހާރުން މިހާރަށް މި ކަމަށް ދާއިމީ ހައްލެއް ހޯދައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.

"ފެން އުފެއްދޭވަރަށްވުރެ ބޭނުންކުރާ މިންވަރު އިތުރުވަނީ. ހައުސިން ޔުނިޓުތަކުގައިވެސް އެބައުޅޭ 100 އެއްހާ އާއިލާ. ރަށުގެ އެހެން ރައްޔިތުންނަށްވުރެ ބޮޑަށް އެމީހުންނަށް ފެން ނުލިބުމުން ދަތިވަނީ. އެއީ އެތަނަކީ ހިއްކައިގެން ހަދާފައިވާ ތަނަކަށްވާތީ ލިބެނީ ލޮނުފެން. އެހެންވީމަ އެމީހުން ބޭނުންކުރަންޖެހޭނީ މުޅިންވެސް ސަޕްލައި ފެން. މިއީ އަސާސީ ހައްގެއް. އަބަދަކު މިހެނެއް ނޫޅެވޭނެ ނޫންތޯ،" އޭނާ ވިދާޅުވި އެވެ.

ނައިފަރު ފެންޕްލާންޓު: ޕްލާންޓު ދަނީ ވީރާނާވަމުން، ގިނަ ތަންތާގައި ހުރީ ދަބަރުވެސް ޖަހާފައި
ނައިފަރު ފެންޕްލާންޓު: ޕްލާންޓު ދަނީ ވީރާނާވަމުން، ގިނަ ތަންތާގައި ހުރީ ދަބަރުވެސް ޖަހާފައި

ނައިފަރު ފެންޕްލާންޓު: ޕްލާންޓު ދަނީ ވީރާނާވަމުން، ގިނަ ތަންތާގައި ހުރީ ދަބަރުވެސް ޖަހާފައި

އަބްދުﷲ ވިދާޅުވި ގޮތުގައި އެރަށުގައި ގާއިމުކޮށްފައިވާ ފެން ޕްލާންޓަކީ އެރަށުގެ ބޮޑު އާބާދީއާ އެކަށީގެންވާ މިންވަރަށްވުރެ ކެޕޭސިޓީ ދަށް ޕްލާންޓެކެވެ. އެކަމުގެ ޝަކުވާ މިދިޔަ ސަރުކާރާ ހިއްސާކުރި ނަމަވެސް އެ މައްސަލަތަކަށް ހައްލެއް ނުލިބޭ ކަމަށް ވިދާޅުވި އެވެ.

ނައިފަރު ފެންޕްލާންޓުގައި މަސައްކަތްކުރާ މުވައްޒަފަކު ކިޔައިދިން ގޮތުގައި އެ ޕްލާންޓަކީ އާއްމުކޮށް ރަށްރަށުގައި ގާއިމުކުރާ ޕްލާންޓް ތަކާއި އަޅާބަލާއިރު މާ ކުރީގެ މޮޑެލްއެއްގެ ޕްލާންޓެކެވެ. އަދި ޕްލާންޓުގެ ގިނަ މަސައްކަތް ކުރަންޖެހެނީ މެނުއަލްކޮށް ކަމަށާއި، ފެނަކައިން ޕްލާންޓާ ހަވާލުވި އިރުވެސް ގިނަ މައްސަލަތަކެއް ހުރިކަމަށް އޭނާ ބުންޏެވެ.

"ޕްލާންޓް ސްޓާޓް ކުރަންވެސް ދެ މީހުން ބޭނުންވޭ. ފެން ހުންނަ ލެވެލް ބަލަންޖެހެނީ މެނުއަލްކޮށް، ކޮންމެ ފަހަރަކު ޓޭންކް މައްޗަށް އަރަންޖެހެނީ. މިތަން ހަދަން އައިސްތިބި އިންޑިއާ މީހުންވެސް އޭރު ބުނަމުން އައި މިއީ މިރަށުގެ އާބާދީއާ އެކަށޭ ވަރުގެ ޕްލާންޓެއް ނޫންކަމަށް،" އޭނާ ބުންޏެވެ.

މުވައްޒަފު ބުނިގޮތުގައި އެ ފެންޕްލާންޓަށް އެކި މައްސަލަތަށް ދިމާވެ މިހާރު ފުލް ކެޕޭސިޓީއަށް ފެން އުފައްދައި ނުދެ އެވެ. އަދި މެއިންޓަނަންސް އަށްވެސް ދޭތެރެ ދޭތެރެއިން ޕްލާންޓް ބަންދުކުރަންޖެހޭ ކަމަށާއި ވޭލްތަކުން ފެން ލީކުވާތީ ބޭނުންކުރަންޖެހެނީ ފޮތި އޮޅައިގެން ކަމަށް އޭނާ ބުންޏެވެ.

ނައިފަރު ފެންޕްލާންޓުން ފެންލީކުވާތީ، ފޮތި އޮޅާފައި ---
ނައިފަރު ފެންޕްލާންޓުން ފެންލީކުވާތީ، ފޮތި އޮޅާފައި ---

ނައިފަރު ފެންޕްލާންޓުން ފެންލީކުވާތީ، ފޮތި އޮޅާފައި ---

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ޕީޕީއެމް ކުރީ ސަރުކާރުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން 2017ވަނަ އަހަރު ފެށި ޕްރޮޖެކްޓެކެވެ. އިންޑިއާ ކުންފުނީގެ މަސައްކަތް ލަސްވެ، އެއްބަސްވި މުއްދަތައް މަޝްރޫއު ނުނިންމުމުން މިދިޔަ ސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލައި އެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެން 2022 ވަނަ އަހަރު ނިންމައިލައިފަ އެވެ. އެކުންފުނިން މަޝްރޫއާ ހަވާލުވިއިރުވެސް ފެން ޕްލާންޓް އިންސްޓޯލް ކުރުން ފަދަ ބޮޑެތި މަސައްކަތްތައް ހުރީ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox