ހުލާސާކޮށް އިއްޔެ: ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކުރުން

Dec 14, 2023, 2:14 AM
ހުލާސާކޮށް އިއްޔެ: ކެންޑިޑޭޓުންގެ މާލީ ބަޔާން އާންމުކުރުން

ނިމިދިޔަ ރިޔާސީ އިންތިހާބަކީ ދިވެހިރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވި އިންތިހާބެވެ. ސެޕްޓެމްބަރު މަހު ބޭއްވި އެ އިންތިހާބުގެ ދެ ބުރުން ފެނުނީ ފޯރިގަދަ، ހަރަދު ބޮޑު ކެމްޕެއިނެއް ކުރި މަންޒަރެވެ.

ބައެއް ކެންޑިޑޭޓުން ގިނަ ރަށްރަށަށް ވަޑައިގަތީ އިންތިހާ ބޮޑު ވަފުދުތަކާއެކު ޗާޓަރު ފްލައިޓުތަކާއި ކުއްޔަށް ހިފާފައިވާ ސްޕީޑް ލޯންޗުތަކުގަ އެވެ. އަތޮޅު ތެރޭ ދަތުރު ކުރި ކެމްޕެއިން ޔޮޓެއް ވެސް އިންތިހާބުގައި ފެނުނެވެ.

ކެމްޕެއިން ނިމެންދެން ވެރި ރަށް މާލެ އާއި އަތޮޅުތެރެ ފުރާލާފައި އޮތީ ބެނާތަކާއި ޕޯސްޓަރުތަކުންނެވެ. ކޮންމެ ރެއަކު ދެތިން ބޮޑު، ބިޔަ ޖަލްސާ ބޭއްވި އެވެ. އޭގެ އިތުރުން، އެކަކު އަތުން އަނެކާއަށް ރައްދުވި ނުދައްކާ އަދި "ސިއްރު" ފައިސާގެ އަދަދު މަދުނުވާނެކަން ޔަގީނެވެ.

Advertisement

އިންތިހާބުގެ ދެ ބުރުން އާންމުންނަށް ފެނުނީ ކެންޑިޑޭޓުން އަގުބޮޑު، ހަރަދު ބޮޑު ކެމްޕެއިނެއް ކުރި ތަނެވެ.

އެކަމަކު، ރިޔާސީ އިންތިހާބުގައި ބައިވެރިވި އަށް ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިލެކްޝަންސް ކޮމިޝަނުން އިއްޔެ އާންމުކުރިއިރު ލިޔެކިޔުމުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. މާ ބޮޑު ހަރަދުތަކެއް ކުރިކަން ބަޔާންތަކުން ފެންނާކަށް ނެތެވެ.

ކެންޑިޑޭޓުންގެ މާލީ ބަޔާނުން ފެންނަން ހުރި ހަރަދުތައް

  • އަހުމަދު ފާރިސް މައުމޫން - 1،166،064ރ.
  • އިބްރާހިމް މުހައްމަދު ސޯލިހު - 10,476,127ރ.
  • އިލްޔާސް ލަބީބު - 2،518،508ރ.
  • މުހައްމަދު ނާޒިމް - 13،075،900ރ.
  • ޑރ. މުހައްމަދު މުއިއްޒު - 21،228،817ރ.
  • ހަސަން ޒަމީލު - 16،259ރ.
  • އުމަރު ނަސީރު - 285،950ރ.
  • ގާސިމް އިބްރާހިމް - 20،421،050ރ.

މާލީ ބަޔާންތަކުން ފެންނަ ގޮތުގައި ދެ ބުރުގެ ކެމްޕެއިނަށް އަށް ކެންޑިޑޭޓުންގެ އަތުން ހަރަދުވިކަމަށް ބުނާ ޖުމުލަ އަދަދަކީ އެންމެ 69،188،675ރ. އެވެ. އެންމެ ބޮޑު ހަރަދެއް ކުރެއްވި ކަމަށް ބަޔާންތަކުން ފެންނަނީ އިންތިހާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ މާލީ ބަޔާނުން ފެންނަ ގޮތުގައި ތަކެއްޗާއި ފައިސާގެ ގޮތުގައި މުޅި އިންތިހާބުގެ ދެ ބުރަށް ހަރަދުކުރެއްވީ އެންމެ 21،228،817ރ. އެވެ.

ރިޔާސީ އިންތިހާބުގައި އެންމެ މަދުން ހަރަދު ކުރި ކަމަށް ލިޔެކިޔުމުން ފެންނަނީ އަމިއްލަ ހައިސިއްޔަތުން ވާދަ ކުރެއްވި ހަސަން ޒަމީލެވެ. ބަޔާންތަކުން ފެންނަ ގޮތުގައި އޭނާ ޖުމުލަ ހަރަދު ކުރެއްވީ އެންމެ 16،259ރ. އެވެ.

އިންތިހާބުގައި ދެ ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރެއްވި ކަމަށް ފެންނަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމެވެ. އޭނާގެ ބަޔާނުން ފެންނަ ގޮތުގައި ޖުމުލަ 20،421،050ރ. ކެމްޕެއިނަށް ހަރަދު ކުރެއްވި އެވެ. ލިޔެކިޔުމުން ފެންނަ ގޮތުގައި ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރެއްވީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމެވެ. އޭނާ ދެ ބުރުގެ ކެމްޕެއިނަށް 13،075،900ރ. ހަރަދު ކުރެއްވި ކަމަށް ބަޔާނުން ފެނެ އެވެ.

ރިޔާސީ އިންތިހާބުގައި އެއިރުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ހަރަދުގެ ގޮތުގައި ޖައްސަވާފައި ވަނީ 10,476,127ރ. އެވެ. އަދި ދަ ޑިމޮކްރެޓްސް ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ހަރަދުގެ ގޮތުގައި ހިމަނާފައި އޮތީ 2،518،508ރ. އެވެ.

އެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވި އަހުމަދު ފާރިސް މައުމޫން 1،166،064ރ. ހަރަދު ކުރެއްވި ކަމަށް މާލީ ބަޔާނުގައި އޮތްއިރު، އުމަރު ނަސީރުގެ ބަޔާނުގައި އޮތް ގޮތުން އޭނާ ހަރަދުކުރެއްވީ އެންމެ 285،950ރ. އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox