ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އިތުރު ދެ އެފްއެންބީ އައުޓުލެޓު ހުޅުވައިފި އެވެ.
މިއަދު ހުޅުވި ދެ އައުޓްލެޓް އަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި ކޭއެފްސީ، ކޮސްޓާ ކޮފީ އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓުލެޓެކެވެ.
ޑިޕާޗާ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދާއި ގްރޭޕް އެކްސްޕެކްޓޭޝަންސްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު އަދި އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖާ ސްރަވަން ޕަޓްނައިކެވެ.
އެމްއޭސީއެލްއިން ބުނީ އެ ދެ އައުޓުލެޓު ވީއައިއޭ ޓާމިނަލަށް އިތުރުކުރީ މި ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން، ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކަަމަށެވެ.
ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭންޑެއްކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓް އެވެ.
މިއަދު އައުޓުލެޓު ހުޅުވި ދެ ކުންފުންޏަކީ ވެސް 2018 އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެކުންފުންޏެވެ.











