ރައީސް އޮފީހުގެ ތަރުޖަމާނަކަށް ޝަހީބު އައްޔަންކުރަނީ

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރަން ނިންމާފައިވާ ޝަހީބު - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރަން ނިންމާފައިވާ ޝަހީބު - ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ޝަހީބު އައްޔަން ކުރަން ނިންމައިފި އެވެ.

މި ކަން ޝަހީބު ވަނީ "އަދަދު" ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ. މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުން އަދި ރަސްމީ ބަހެއް އަދި ނުބުނެ އެވެ.

ޝަހީބު ވަނީ ނޫސްވެރިކަމުގެ ދާއިރާއިންނާއި ދިވެހި ބަހަށް ހިދުމަތް ދިނުމުގެ ދާއިރާއިން އެވޯޑުތަކެއް ވެސް ހާސިލުކޮށްފަ އެވެ. 2004 ވަނަ އަހަރު ހަވީރުގެ ރަން ގަލަން އެވޯޑު އަދި 2019 ވަނަ އަހަރު ނޫސްވެރިކަމުގެ އަލިމަސް ގަލަން އެވޯޑު ހާސިލްކޮށްފައިވެ އެވެ. އަދި ލިޔުންތެރިކަމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ގައުމީ އިނާމު، 2007 ވަނަ އަހަރު ލިބިވަޑައިގެންނެވި އެވެ.

Advertisement

ކުރިން "ހަވީރު" އަދި "ސަން" ގެ ސީއޯއޯގެ ފަދަ އިސް މަގާމުތައް ފުރުއްވާފައިވާ ކުރީގެ ނޫސްވެރިޔާ ޝަހީބު، ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ހުންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސްގެ މަގާމުގަ އެވެ. ވީޓީވީއާއި ދައުލަތުގެ މީޑިއާ ގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުގައި ޝަހީބު ހުންނެވި ދުވަސްވަރު، ބައެއް ޓީވީ ސްޓޭޝަންތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުން ފަދަ ނިންމުންތަކުގެ ސަބަބުން ޝަހީބަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

އޭރު ޓީވީ ސްޓޭޝަންތައް ޖޫރިމަނާ ކުރަމުން ދިޔައީ، އޭރުގެ ވެރިކަންކުރާ ޕީޕީއެމްގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އަބުރު ރައްކާތެރިކުރުމުގެ ގާނޫނެއްގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނަށް ލިބިދޭ ބާރުގެ ބޭނުން ކޮށްގެނެވެ.

ސަރުކާރު ބަދަލުވެ، އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުނު ފަހުން ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކުރި ދުވަހެއްގައި ޝަހީބު ވަނީ ވަކި ޓީވީ ސްޓޭޝަންތަކަށް އަމާޒުކޮށް ޖޫރިމަނާކުރި ކަމަށް ވެސް އެއްބަސްވެފަ އެވެ.

ނަމަވެސް އޭނާއަކީ ރިޔާސަތު ބަލަހައްޓަވާ މެންބަރު ކަމަށް ވާތީ، އޭނާއަށް އޭގައި ކުރެވޭނެ ކަމެއް ނޯންނަ ކަމަށް ވިދާޅުވެ އަމިއްލަ ނަފުސު ދިފާއު ކުރައްވާފައިވެ އެވެ.

ދެހާސްނަވާރަވަނަ އަހަރު ބްރޯޑްކޮމްގެ މެންބަރު ކަމުން އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނިކޮށް މަގާމުން އިސްތިއުފާ ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox