މަސްވެރިކަން ޒަމާނީ ކުރަން ކޮލެޖެއް އުފައްދަން ނިންމަވައިފި

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ރައީސް އޮފީސް

މަސްވެރިކަން ޒަމާނީކޮށް ކުރިއެރުވުމަށްޓަކައި ކޮލެޖެއް އުފައްދަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިކަމުގެ ދުވަސް ފާހަގަކުރަން މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ގަދަރު އުފުލައި، މަސްވެރިކަން ތިޔާގި ކުރުމަކީ ބޭނުންވާ ކަމެއް ކަމަށެވެ. އަދި މަސްވެރިކަން އިލްމުވެރިކުރުން މުހިންމުކަން ފާހަގަ ކުރެއްވި އެވެ.

އެކަމަށްޓަކައި މިއަދުގެ މަސްވެރިންގެ ތަޖުރިބާ އާއި މި ދާއިރާއިން ދުނިޔޭގައި ކުރިއަރާފައިވާ ފަންނިއްޔާތު ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލުކުރުމަކީ ހުވަފެނެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލު ކުރާނެ ހަގީގަތެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަން ހާސިލުކުރުމަށްޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ފުރަތަމަ ފިޝަރީޒް ކޮލެޖެއް ގާއިމު ވެގެން ދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެ ކޮލެޖު ގާއިމުކުރުމުގެ އިދާރީ މަސައްކަތް ސަރުކާރުގެ ފުރަތަމަ 14 ހަފުތާތެރޭގައި ކުރިޔަށް ގެންދާނެ އެވެ.

ރާއްޖޭގެ އެންމެ ޒަމާންވީ ސިނާއަތުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު "ބައްޕަމެން ކަނޑުފަޅު ފީނައިގެން، މަންމަމެން މަސް ކައްކައި ރިހާކުރު ވިއްކައިގެން، ޝަކުވާއެއް ނެތި އުފުލި އެތައް ގިނަ ބުރައެއްގެ ނަތީޖާއަކީ ރާއްޖޭގައި އިލްމީ ގާބިލު ޖީލެއް އުފެދުން" ކަމަށެވެ. އެހެންވެ މަސްވެރިކަމަށް ސަރުކާރުން ތޫނު ލޮލެއް ދޭންޖެހޭކަން ފާހަގަ ކުރެއްވި އެވެ.

"މިއަދު ރާއްޖޭއާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމު ލިބިގެން އެތައް އިލްމަކާއި ހުނަރަކަށް އަހުލުވެރިވެގެން ތިބި އެތައް ދިވެހި ދަރީންނަކީ ދިވެހި މަސްވެރިކަމުގެ ސަބަބުން އުފެދުނު އިލްމުވެރީން. އެއީ ދިވެހި މަސްވެރި މައިންބަފައިންގެ މަތިވެރި ގުރުބާނީގެ ސަބަބުން އެ ބޭފުޅުންނަށް ލިބިވަޑައިގަތް ކާމިޔާބީތަކެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންކަމުން މަސްވެރިކަމަކީ ސަރުކާރުން އެ މަސައްކަތަކަށް ވަރަށް ތޫނު ލޮލެއް ދޭން ޖެހޭ މަސައްކަތެއް."

މެނިފެސްޓޯގައި ވެސް މަސްވެރިކަމަށް އިސްކަމެއް ދީފައިވަނީ އަދި ސަރުކާރުގެ މި ވޭތުވެދިޔަ ތިން ހަފުތާ ތެރޭގައި ވެސް މަސްވެރިކަމުގެ ދާއިރާއަށް ސަމާލުކަމެއް ސަރުކާރުން ދިނީ އެހެންވެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މި ދެތިން ހަފުތާގައި ވެސް މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ މަތިން ހަނދާން އެބަހުރި. ވައުދުތައް މަތިން ހަނދާން ނައްތާލާ މީހަކަށް ނުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ފުރަތަމަ ކުރެއްވި ރަސްމީ ދަތުރުގައި ވެސް ދިވެހި މަސްވެރިންނަށް ލާބަ ހޯދުމަށް މަޝްވަރާ ކުރެއްވި ކަމަށާއި ލަސްތަކެއް ނުވެ ދިވެހި އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓުން ތަނަވަސް ޖާގަ ލިބިގެންދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މަސްވެރިންނަކީ އެ މަނިކުފާނަށް ވަރަށް މުހިންމު އަދި އަގުހުރި ބައެއް ކަމަށެވެ. "އެއީ ދިވެހި ކަނޑުފަޅުގެ އިލްމުވެރިން،" ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ

މަސް ދޯންޏެއް.
މަސް ދޯންޏެއް.

މަސް ދޯންޏެއް.

"ދިވެހި މަސްވެރިން ދަންނަ ބަޔަކަށް އަޅުގަނޑުމެން ވާނެ"

މި ސަރުކާރުން ދިވެހި މަސްވެރިން ދަންނާނެ ކަމާއި މަސްވެރިންގެ ކުރިއެރުމާއި ލާބައަށް މަސައްކަތް ކުރާނެ ބައެއްކަން ފާހަގަ ކުރެއްވުމުގެ ގޮތުން ރައީސް މުއިއްޒު ވިދާޅުވި އެއް ކަމަކީ މަސްވެރިންގެ ދަފުތަރު އުފެއްދުމެވެ.

އެ ދަފުތަރުގެ ސަބަބުން މާލީ އިގުތިސޯދީ ދަތިތައް ހައްލުވުމަށް ފަހިވެގެންދާނެ ކަމަށާއި، މަސްވެރިންނަށް ބޭންކިން ނިޒާމަށް ވަދެވި ލޯނާއި އެހެން ފަސޭހަތައް ހޯދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެފަދަ ދަފުތަރެއް އޮތުމުން މަސްވެރިކަން "އަޑިއަޅާލާ ދުވަސްވަރު" ސަރުކާރުން މަސްވެރިންގެ އަތުގައި ހިފޭނެ ނިޒާމެއް ގާއިމު ކުރެވޭނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މަހަށް އެކަށޭނަ އަގު ހޯދުމަކީ ވެސް މުހިންމު ކަމެއް ކަމަށް ރައީސް މުއިއްޒު ފާހަގަ ކުރެއްވި އެވެ. ދިވެހި މަހުގެ އުފެއްދުންތައް ޕްރޮމޯޓުކުރަން ވަކި އިދާރާއެއް އުފައްދަނީ އެ މަގުސަދުގައި ކަމަށާއި އެ އިދާރާއިން ދިވެހި މަހުގެ ހާއްސަ ބްރޭންޑެއް ތައާރަފު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އޭރުން ރާއްޖެއަށާއި މަސްވެރިންނަށް ރީތި ނަން ލިބި، ނަފާ ވެސް އިތުރުވެގެން ދާނެކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ކަމަކީ ރާއްޖޭން ބޭރުކުރާ ފިނިކުރި މަހުގެ މިންވަރު ދަށްކޮށް، އެހެން އުފެއްދުންތައް އިތުރުކުރުން ކަމަށެވެ. އަދި އެކްއާކަލްޗާ ތަރައްގީކޮށް، ރާއްޖޭގައި އެން ދިރުވައި އާލާ ކުރެވޭނެ އިތުރު ގޮތްތައް ވެސް ހޯދަމުން އަންނަ ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox