އާސެނަލް ބަލިވުމުން ލިވަޕޫލް އެއް ވަނައިގައި

Dec 10, 2023, 5:06 AM
އާސެނަލް ބަލިވުމުން ލިވަޕޫލް އެއް ވަނައިގައި

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން އެސްޓަން ވިލާ އަތުން 1-0 އިން އާސެނަލް ބަލިވުމުން، ކްރިސްޓަލް ޕެލަސްގެ މައްޗަށް 2-1 އިން ކުރިހޯދި ލިވަޕޫލަށް ލީގުގެ އެއް ވަނަ މަގާމުގައި އެއް ޕޮއިންޓުގެ ލީޑެއް ލިބިއްޖެ އެވެ.

ލިވަޕޫލް އެއް ވަނަ އަށް އެރީ އިއްޔެ ފުރަތަމަ ކުޅުނު މެޗުން ޕެލަސް ބަލިކޮށް، 16 މެޗުން 37 ޕޮއިންޓް ހޯދައިގެންނެވެ. އާސެނަލް ކުޅުނު މެޗުން މޮޅުވެގެން، އަލުން އެއް ވަނަ އަށް އެރެން އޮތް ނަމަވެސް ބަލިވުމުން އެ ޓީމު އޮތީ 16 މެޗުން 36 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. ތިން ވަނައިގައި އޮތީ އާސެނަލް ބަލިކުރި ވިލާ އެވެ. އެ ޓީމަށް 16 މެޗުން ވަނީ 35 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަށް ވަނީ 15 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ.

ޕެލަސް އިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ލީޑުނެގީ 57 ވަނަ މިނިޓްގައި ޖިއާން ފިލިޕޭ މަޓޭޓާ ވައްދާލި ޕެނަލްޓީންނެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. ފުރަތަމަ ހާފުގައި ޕެލަސް އަށް ދިން ޕެނަލްޓީ އެއް ވަނީ ވީއޭއާރް އިން ބަލާފައި ނިންމުން ބަދަލުކޮށްފަ އެވެ.

ލިވަޕޫލް މޮޅުވީ ޕެލަސްގެ ކުޅުންތެރިއަކު މަދުވި ފަހުން ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، ޕެލަސްގެ ޖޯޑަން އަޔޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކިތާ ދޮޅު މިނިޓް ތެރޭ މުހައްމަދު ސަލާހު ވަނީ ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. މިއީ ލިވަޕޫލަށް ސަލާހު ޖަަހައިދިން 200 ވަނަ ގޯލެވެ. އަދި ޕްރިމިއާ ލީގުގައި ޖެހި 150 ވަނަ ގޯލެވެ. ސަލާހަކީ ލިވަޕޫލަށް 200 ގޯލު ހަމަކުރި ފަސް ވަނަ ކުޅުންތެރިޔާ އެވެ. ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ހާވީ އެލިއަޓް އެވެ.

ވިލާ އިން އާސެނަލް ބަލިކުރީ ފުރަތަމަ ހާފުގައި ޖޯން މެކްގިން ޖެހި ގޯލުންނެވެ. އާސެނަލުން ލަނޑެއް ޖެހޭތޯ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ވިލާ އިން ވަނީ ލީޑުގައި އޮވެ މެޗު ނިންމާލައިފަ އެވެ. މި ނަތީޖާއާ އެކު ވިލާ އިން ވަނީ ލީގުގައި އަމިއަލަ ދަނޑުގައި ޖެހިޖެހިގެން 15 މޮޅު ހަަމަކޮށްފަ އެވެ.

ބޯންމައުތުން ވަނީ ރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި 3-0 އިން މޮޅުވެފަ އެވެ. މިއީ ބޯންމައުތުގެ ތާރީހުގައި ވެސް ޔުނައިޓެޑް ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. ބޯންމައުތަށް މި މެޗުގައި ގޯލު ޖަހައިދިނީ ޑޮމިނިކް ސޮލާންކޭ އާއި ފިލް ބިލިން އަދި މާކޯސް ސެނޭސީ އެވެ.

ޔުނައިޓެޑް ލީގުގެ ހަ ވަނައިގައި އޮތީ 16 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ބްރައިޓަން އާއި ބާންލީ 1-1 އިން އެއްވަރުވިއިރު، ވުލްވްސް އާއި ނޮޓިންހަމް ފޮރެސްޓް ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ޝެފީލްޑް ޔުނައިޓެޑްގެ ކޯޗުކަމާ އަލުން ހަވާލުވެ ކްރިސް ވައިލްޑާ ވަނީ ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެއީ 1-0 އިން ބްރެންޓްފޯޑް ބަލިކޮށްގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox