ރައީސްއާ ޗެލެންޖު ކުރުމުގެ ވިސްނުމެއް ނެތް، ބަލާނީ ޒިންމާދާރު ކުރެވޭތޯ: މަލީހު

ޔާމީންގެ އަރިހުގައި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޖަމީލް އާއި މަލީހް؛ މަލީހް ވިދާޅުވީ ޗެލެންޖުކުރުމުގެ ވިސްނުން ޕީއެންއެފްއިން ނުގެންގުޅުއްވާކަމަށް -- ފޮޓޯ: އިޔާން/އަދަދު

ޔާމީންގެ އަރިހުގައި ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ޖަމީލް އާއި މަލީހް؛ މަލީހް ވިދާޅުވީ ޗެލެންޖުކުރުމުގެ ވިސްނުން ޕީއެންއެފްއިން ނުގެންގުޅުއްވާކަމަށް -- ފޮޓޯ: އިޔާން/އަދަދު

ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓަކީ ގޮންޖެހުމެއް ނޫން ކަމަށް އިއްޔެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، ޗެލެންޖުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވެއްޖެ އެވެ.

މަލީހު މިއަދު "އަދަދު" އަށް ވިދާޅުވީ، މިހާރު ވެެރިކަމުގައި އޮތް ޕީއެންސީއަކީ ރައީސް ޔާމީން އިސްވެ އުފެއްދެވި ޕާޓީ އެއް ކަމަށެވެ. އަދި މި ވެރިކަމަކީ ވެސް އެމަނިކުފާނަށް ބަޔަކު ވޯޓު ދެއްވައިގެން އައި ވެރިކަމެއް ކަމަށާއި، އެހެންކަމުން ރައީސްއާ ޗެލެންޖުކުރުމުގެ ވިސްނުން އެ ޕާޓީން ނުގެންގުޅޭނެ ކަމަށެވެ.

"[ޕީއެންއެފްއިން މި] ސަރުކާރު ދިފާއު ކުރާނީ، އެ ސަރުކާރު ނުދެއްކޭ ވާހަކަތައް ދައްކަން ޒިންމާދާރު ޕާޓީއެއް މިއީ. މި ޕާޓީގައި ތިއްބަވާނީ ޕީޕީއެމް/ޕީއެންސީގެ އެމަނިކުފާނަށް [ޔާމީނަށް] ތާއީދު ކުރާ މީހުން،" މަލީހު ވިދާޅުވި އެވެ.

Advertisement

މަލީހު ވިދާޅުވީ ޔާމީނުގެ ޕީއެންއެފަކީ ޕީޕީއެމް/ޕީއެންސީއާ ޗެލެންޖު ކުރުމަށް އުފައްދާ ޕާޓީއެއް ނޫން ކަމަށާއި އަބަދުވެސް މަސައްކަތް ކުރާނީ ސަރުކާރު ޒިންމާދާރުކުރުމަށް ކަމަށެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދުމުން މިދިޔަ ނޮވެމްބަރު 29، ގައި އިލެކްޝަން ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ. މިހާރު ކުރިއަށް ދަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ އަދަދަށް މެންބަރުން ހަމަކުރުމުގެ މަސައްކަތެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަން ކުރާ ކޯލިޝަންއާ ޔާމީނު ދުރަށް ޖެހިވަޑައިގަތް ނަމަވެސް ދެ ޕާޓީގެ ގިނަ މެންބަރުން ތިބީ އެމަނިކުފާނާއެކު ކަމަށެވެ.

"އަޅުގަނޑަށް ގަބޫލުކުރެވެނީ, ރާއްޖޭގެ ރައްޔިތުން ތިއްބެވީ އަޅުގަނޑާ އެކީގައި, އަޅުގަނޑުމެންގެ ޓީމާ, ޕީޕީއެމް/ޕީއެންސީއާ އެކީގައި. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ ތިން ބައިކުޅަ ދެބައި ދެއްވާނެ،" ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާތީީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއެކު ދެ ޕާޓީގެ ސެނެޓުން ވާދަކުރާނެ ބޭފުޅަކު ނިންމަން ހުޅުވާލި ހިސާބުން ރައީސް މުއިއްޒު ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އޭގެ ކުރިން ވެސް މުއިއްޒު އިންތިހާބުގައި ވާދަކުރައްވާނެކަމުގެ އަޑުތައް ފެތުރެމުން ދިޔަ އެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި އެންމެ ގިނައިން ދެއްކެވީ ރައީސް ޔާމީން މިނިވަންކުރުމުގެ ވާހަކަތަކެވެ. އަދި ވެރިކަމަށް ވަޑައިގަތަސް ޔާމީނަކީ މުހިންމު ބޭފުޅަކަށް ވާނެ ކަމަށް ވިދާޅުވެ، އެމަނިކުފާނަށް ދޭ ވޯޓަކީ ޔާމީނަށް ދޭ ވޯޓެއްކަން ސިފަވާ ގޮތަށް ގިނަ ވާހަކަތަކެއް ދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox