ޕީއެންއެފް އެފެއްދުމުގެ ހުއްދަ ލިބުމާއެކު ލީޑަރުން ގޮވައިލެއްވީ އެއްވެސް ބަހާނާއެއް ނެތި ޔާމީން މިނިވަން ކުރަން

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދިނުމުން އެ ޕާޓީ އުފެއްދުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދިނުމުން އެ ޕާޓީ އުފެއްދުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މީޑިއާތަކަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދުމަށް މަސައްކަތް ކުރާ ޕީޕަލްސް ނެޝަނަލް ފުރަންޓު (ޕީއެންއެފް) އަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދިނުމާއެކު، އެއްވެސް ބަހަނާއެއް ނުދައްކައި ރައީސް ޔާމީން މިނިވަން ކުރަން އެ ހަރަކާތުގެ ލީޑަރުން ގޮވައިލައްވައިފި އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމުން، އިލެކްޝަންސް ކޮމިޝަނުގެ ބޭރުގައި ހުންނަވައި ކުރީގެ މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރައީސް ޔާމީނަކީ މިއަދު ވެސް އެންމެ ގިނަ ބަޔަކު އެންމެ އިހުތިރާމު ކުރާ، އެންމެ ގިނަ ބަޔަކު ތާއީދު ކުރާ އަދި އެންމެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ލީޑަރު ކަމަށެވެ.

ޔާމީން މިނިވަން ކުރުމުގެ މަސައްކަތަކީ އަލަށް އުފައްދާ އެކަމަކީ ސިޔާސީ ޕާޓީން ކުޑަކޮށް ނަގާނެ މަސައްކަތެއް ނޫން ކަމަށާއި ރައީސް ޔާމީން މިނިވަން ވުމަކީ އެއީ އެ ބޭފުޅުން އެދޭ އެދުން ކަމަށެވެ.

"ރައީސް ޔާމީން އެއްވެސް އިތުރު ބަހަނާއެއް ނެތި ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ދިވެހި ދައުލަތަށް ހަރު އަޑުން އަޅުގަނޑުމެން ގޮވައިލަން،" މަލީހު ވިދާޅުވި އެވެ.

މަލީހަކީ އާ ޕާޓީ އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޔާމީނުގެ އިސް ގާނޫނީ ވަކީލު، އަދި ކުރީގެ ނައިބުރައީސް މުހައްމަދު ޖަމީލު އަހުމަދު ވެސް ވިދާޅުވީ ޔާމީން މިނިވަން ކުރުމުގެ ޒިންމާ މިހާރު އެޅިފައި އޮތީ މިސަރުކާރުގެ އިސްވެރިންގެ ކޮނޑުގައި ކަމަށް ކަމަށެވެ. މި ސަރުކާރު ގެންނަން ރައްޔިތުން ވޯޓުލީ ޔާމީން މިނިވަން ކުރަން ކަމަށް ވިދާޅުވާ ވިދާޅުވުން ޖަމީލު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ މިއަދު ވެސް އިލްތިމާސްއަކީ އަޅުގަނޑުމެން އެ ވަކާލާތު ކުރި ހަމަތަކުގެ މަތިން، ރައްޔިތުން ވޯޓުދެއްވައިފަ އޭ، އެހެންވީމާ ދެން ލަސްވެގެން ނުވާނެޔޭ، އިންސާފަށް ހުރަސް ނާޅުއްވާށޭ އެއްވެސް ބޭފުޅަކު، އެކަން ނިންމާލަދެއްވާށޭ، ހައްގެއް ނޫނޭ މިހައި ބޮޑު އަނިޔާއެއް ނުކުރައްވާށޭ،" ޖަމީލު ވިދާޅުވި އެވެ.

ޕީއެންއެފް އުފެއްދުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ބޭފުޅުން ރައީސް ޔާމީން މިނިވަން ކުރުމަށް މިއަދު ގޮވާލާފައިވާއިރު، މި ސަރުކާރުން މިހައިތަނަށް ޔާމީން މިނިވަން ކުރުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާ ކަމަށް މީގެ ކުރިން ޖަމީލު ވިދާޅުވެފައިވެ އެވެ.

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭނު ތެރޭގައި ވަނީ ވެރިކަމަށް ވަޑައިގަންނަވާ ފުރަތަމަ ދުވަހު ވެސް ރައީސް ޔާމީން މިނިވަން ވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވިތާ މިއަދަށް 12 ދުވަސް ވީއިރު، އަދިވެސް ރައީސް ޔާމީން ހުންނެވީ ޖަލު ހުކުމުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox