މިއަހަރުގެ އުރީދޫ ފަން ރަންއަށް ރެޖިސްޓަރީވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ހަމަވާނެކަން އުރީދޫއިން ބުނެފި އެވެ.
އުރީދޫ ފަން ރަން 2023 އިއުލާނުކޮށް ރެޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހެވެ. ޑްރޯން ރޭހަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފަން ރަން އޮންނާނީ އަންނަ ޑިސެމްބަރު 22، ގެ ހަވީރު އެވެ.
އުރީދޫ ފަން ރަން ކިޓުތައް ލިބެން ހުންނާނީ ދެ ކެޓެގަރީއަކުންނެވެ. އެއީ، 100ރ. އަށް ލިބޭ ސްޓޭންޑަޑް ކިޓްސް އާއި 200ރ. އަށް ލިބޭ ފަން ކިޓެވެ. ސްޓޭންޑަޑްގައި ހިމެނޭނީ ފަން ރަން ޓީޝާޓު އަދި އަތުގައި އަޅާ ބޭންޑެވެ. ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓާއި ބޭންޑުގެ އިތުރުން އައިނު އަދި ބޮލުގައި އައްސާ ބަންޑާނާ ހިމެނޭނެ އެވެ.
އުރީދޫއިން ވަނީ ފަން ރަންގެ ބައިވެރިންނަށް ލިބޭ ބިބް ކަސްޓަމައިޒްކޮށް ބޭނުންވާ ނަން ޖެހުމުގެ ފުރުސަތު ވެސް މިއަހަރު ފަހިކޮށްދީފަ އެވެ. ފަން ރަން ބިބް ގައި ނަން ޖެހުމަށް:
- ރެޖިސްޓަރ ކޮށްލުމަށް މޫލީއަށް ޒިޔާރަތްކޮށްލާ
- ބޭނުންވާ ކިޓާއި ސައިޒު އިހުތިޔާރުކޮށް ކާޓް އަށް އެޑް ކޮށްލާ
- ކާޓް އިހުތިޔާރުކޮށް ޗެކްއައުޓް ކޮށްލާ
- ޑެލިވަރީ އެޑްރެސް އިހުތިޔާރު ކޮށްލާ
- ސްޕެޝަލް އިންސްޓްރަކްޝަން ބޮކްސްގައި ބިބްގައި ޖަހަން ބޭނުންފުޅުވާ ނަން (ގިނަވެގެން ހަތް އަކުރު) ޖަހާލާ
- އޯޑަރ ކަށަވަރު ކުރުމަށް ފައިސާ ދައްކާލާ
ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ފަސް ކިލޯމީޓަރުގެ މި ރަންގައި ބައިވެރިވެވޭނެ އެވެ. އަދި ކޮންމެ އެއް ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެނާއި ފޯމް އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫއިން ބުނެ އެވެ.
މީގެ އިތުރުން ޑިސެމްބަރު 22، ގެ ހެނދުނު އޮންނަ ޑްރޯން ޝޯ އަދި ހަވީރު އޮންނަ ފަން ރަން އަށް ފަހު ރޭގަނޑު، މަގުބޫލު ފަންނާނުންނާ އެކު ކުލަގަދަ މިއުޒިކް ޝޯއެއް ވެސް ކުރިއަށް ގެންދިއުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.
މި ވެބްސައިޓް މެދުވެރިކޮށް ފަން ރަން އަށް ރެޖިސްޓަރީ ވެވޭނެ އެވެ.










