މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި

މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ބަލާ ކޮމިޓީ ސިއްރުކޮށްފި

ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅައި ކޯޓުން ބޭރުން މުއާމަލާތްތަކެއް ހިންގިކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ނިންމި، ހދ. ކުޅުދުއްފުށި ސިޓީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލީ އާދަމްގެ މައްސަލަ ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މިއަދު ސިއްރުކޮށްފި އެވެ.

އޭނާގެ މައްސަލަ ބެލުމަށް ހޯމަ ދުވަހު ވެސް ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކުރި އެވެ. ނަމަވެސް އެ ދުވަހު އޭނާ ހާޒިރުނުވުމުން އިތުރު ފުރުސަތެއް ދީ ބައްދަލުވުން ނިންމާލީ އެވެ.

އަލީ އާދަމް މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ކުޅުދުއްފުށީ މެޖިސްޓްރޭޓު ކޯޓަށް ވަރިވާން ދިޔަ އަންހެނަކަށް ގުޅައި އޭނާއަށް ޒާތީ އެތައް މެސެޖުތަކެއް ކޮށްފައިވާ ކަމަށް ތަހުގީގުގައި މެޖިސްޓްރޭޓު އަމިއްލައަށް އިއުތުރާފުވެފައިވާތީ އެވެ.

Advertisement

ކޮމިޓީން ނިންމީ މެޖިސްޓްރޭޓް މަޖިލީހަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިގަންނަވަން އެދިވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމަށެވެ. މިއީ ޖޭއެސްސީން ފަނޑިޔާރަކު ވަކިކުރަން ފޮނުވުމުން، ކޮމިޓީއަށް ހާޒިރުވެ ޖަވާބުދާރީވާން ފުރުސަތެއް ދިން ފުރަތަމަ ފަހަރެވެ.

މިއަދުގެ ބައްދަލުވުން ފަށްޓަވަމުން އެ ކޮމިޓީގެ މުގައްރިރު، އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ ބައްދަލުވުން ސިއްރުކުރީ މައްސަލަ ހުށަހެޅުމުގައި މީހުންގެ ނަން ހާމަކުރަންޖެހޭތީ ކަމަށެވެ.

"ކަމާބެހޭ ފަރާތްތައް ގެނެސްގެން ސުވާލުކުރާއިރު، އަޅުގަނޑުމެންނަށް ބައެއްފަހަރު މައްސަލަތައް ހުށަހެޅުމަށް، ނަންނަންވެސް ކިޔަން ޖެހޭފަދަ ހާލަތްތައް އަންނާތީ، އަޅުގަނޑު އިއްޒަތްތެރި މެންބަރުން އިއުތިރާޒުނުކުރާނަމަ މި ޖަލްސާ ސިއްރު ޖަލްސާއެއްގެ ގޮތުގައި ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ކޮމިޓީ ސިއްރު ކުރަން މުގައްރިރު ނިންމި ނިންމުމަށް ހުރިހާ މެންބަރުން ވެސް ތާއީދުކުރެއްވި އެވެ.

އަންހެނަކަށް މެސެޖު ކުރި މައްސަލައަކާ ގުޅިގެން މިދިޔަ މެއި 23، ވަނަ ދުވަހުން ފެށިގެން އަލީ އާދަމް ހުންނެވީ ސަސްޕެންޝަނުގަ އެވެ.

ކުރިން އޭނާ ހުންނެވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މަގާމުގަ އެވެ. އޭނާގެ ދަރަޖަ ދަށްކޮށް، ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓަކަށް ބަދަލުކުރީ، ޖޭއެސްސީއަށް ހުށަހެޅިފައިވާ އިތުރު މައްސަލައެއް ބެލުމަށްފަހެވެ. ކޮމިޝަނުން ބުނާ ގޮތުގައި، އެއީ ފަނޑިޔާރު ފަރުވާ ކުޑަކުރި ކަމަށް ބުނެ، ކޮމިޝަނުން ބެލި މައްސަލައެއްގައި އެޅި ފިޔަވަޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox