ހޫތީންނަކީ ޓެރަސްޓުންގެ ގޮތުގައި އަލުން ކަނޑައަޅަން އެމެރިކާއިން ވިސްނަނީ

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު، ޖޯން ކާބީ --

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާނު، ޖޯން ކާބީ --

ޔަމަނުގެ ހޫތީންނަކީ ޓެރަސްޓި ޖަމާއަތެއް ކަމަށް އަލުން ކަނޑައެޅުމާމެދު ވިސްނަމުން ދާކަމަށް އެމެރިކާގެ ވައިޓްހައުސްއިން ބުނެފި އެވެ.

އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުގެ ތަރުޖަމާނު، ޖޯން ކާބީ ވިދާޅުވީ ދުނިޔޭގެ އެންމެ މުހިންމު އެއް ޓުރޭޑު ރޫޓު އޮންނަ ރަތް ކަނޑުގައި ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ހިފަހައްޓައި ހޫތީންގެ ބާރުގެ ދަށަށް ގެންދިއުމަކީ ފޭރުމުގެ އަމަލެއް ކަމަށާއި މިފަހަކަށް އައިސް ކުށެއް ނެތް އާންމުންނަށް އަމާޒުކޮށް ހޫތީން ހަމަލާތައް ދެމުންދާ ކަމަށެވެ. އޭނާ ވަނީ ހޫތީންގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.

ޓެރަސްޓު ޖަމާއަތްތަކުގެ ލިސްޓުން ހޫތީން އުނި ކުރީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނަށް، އެހީ ވެއްދުމުގައި ކުރިމަތިވަމުންދިޔަ ގޮންޖެހުންތަކުގެ ސަބަބުން އެހީ ފޯރުކޮށްދޭ ޖަމާއަތްތަކާއި އދ ގެ ފާޑުކިޔުންތައް އަމާޒުވުމުން އެމެރިކާގެ މިހާރުގެ ސަރުކާރުންނެވެ.

Advertisement

ޔަމަނުގެ ވެރި ރަށް، ސައްނާއާއި އުތުރުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަނީ އިރާނުގެ އެހީތެރިކަމާއެކު ހަރަކާތްތެރިވާ ކަމަށް ހުޅަނގުން ތުހުމަތު ކުރާ، ހޫތީންނެވެ. އެމީހުން ވަނީ ގާޒާއަށް ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިޒްރޭލަށް މިސައިލާއި ޑުރޯން ހަމަލާތައް ދީފަ އެވެ. އަދި ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލާއި އިޒްރޭލަށް ވާގިވެރިވާ ގައުމުތަކުގެ ހުރިހާ އުޅަނދެއް ހިފަހައްޓާނެ ކަމުގެ އިންޒާރު ވެސް ހޫތީން ދީފައިވެ އެވެ.

އެގޮތަށް އިންޒާރު ދިނުމަށްފަހު ހޫތީން ވަނީ މިދިޔަ އާދީއްތަ ދުވަހު ރަތް ކަނޑުން ދަތުރު ކުރަމުންދިޔަ "ގެލެކްސީ ލީޑާ" އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އެ ބޯޓަކީ އިޒްރޭލުގެ ވިޔަފާރިވެރިޔާ، އަބްރަހަމް ރާމީ އުންގަރްއާ ގުޅުން އޮންނަ ބޯޓެކެވެ. ނަމަވެސް ބޯޓު އޮޕަރޭޓު ކުރަމުންދަނީ ޖަޕާނުގެ ފާމަކުންނެވެ. ޖަޕާނުން ދަނީ ބޯޓު މިނިވަން ކުރުމުގައި އެއްބަސްވުމަކަށް އާދެވޭތޯ، ހޫތީންނާ މަޝްވަރާ ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ހޫތީންގެ ބާރުގެ ދަށަށް "ގެލެކްސީ ލީޑާ" ގެނައި އިރު، އޭގައި ފަޅުވެރިންގެ ގޮތުގައި 25 މީހުން ތިބި ކަމަށް މީޑިއާތަކުން ރިޕޯޓު ކުރެ އެވެ. ޖޯން ކާބީ ވަނީ އެއްވެސް ޝަރުތެއް ނެތި އެމީހުން މިނިވަން ކުރުމަށް ގޮވައިލައްވައިފަ އެވެ. ނަމަވެސް ބޯޓު މިނިވަން ކުރެވެން އޮންނާނެ ހަމައެކަނި ގޮތަކީ ގާޒާއަށް އިޒްރޭލުން ދެމުންގެންދާ ހަމަލާތައް އެއްކޮށް ހުއްޓައިލުން ކަމަށް މީގެ ކުރިން ހޫތީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އިޒްރޭލުން ދަތުރު ފެށި ބޯޓަކަށް ބޮމުގެ އިންޒާރެއް

އިޒްރޭލުގެ ތެލް އަވީވުން ފުރައިގެން އޮސްޓްރިއާއަށް ދަތުރުކުރި ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން، ބަލްގޭރިއާގެ ސޯފިއާއަށް އެ ބޯޓު ކުއްލި ހާލަތުގައި ޖައްސައިފިއެވެ. 57 މީހުންނާއެކު ދަތުރުކުރި މި ބޯޓު ސޯފިއާއަށް ޖައްސަންދެން ބަލްގޭރިއާގެ އަސްކަރީ ފައިޓާ ޖެޓުތަކުން ވަނީ އެ ފްލައިޓަށް އެސްކޯޓް ދީފައެވެ.

ހޮރްމޫޒް ހުޅުވާލުމަށް އީރާނުގެ ހުށަހެޅުން އަދިވެސް އެބަ އޮތް

ހޮރްމޫޒް ކަނޑުއޮޅި ހަތް ދުވަހުގެ ތެރޭގައި ހުޅުވާލުމަށް އެމެރިކާއަށް ހުށަހެޅި ހުށަހެޅުން އަދިވެސް އެގޮތުގައި އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި ހުށަހެޅުމުގައި އީރާނުގެ ތެޔޮ އެކްސްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުން ފަދަ ޝަރުތުތަކެއް ހިމެނޭއިރު، އެމެރިކާގެ އިޚުލާސްތެރިކަމެއް ނެތުމުން މަޝްވަރާތައް ވަނީ މަޑުޖެހިފައެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާއިން މި ޝަރުތުތައް ގަބޫލުކޮށްފި ނަމަ ވަރަށް އަވަހަށް ކަނޑުއޮޅި ހުޅުވާލެވޭނެއެވެ.

އިޒްރޭލު އިންތިހާބުގައި ނަތަންޔާހޫއަށް ޓްރަމްޕްގެ ފުރިހަމަ ތާއީދު

އަންނަ ހަފުތާގައި ބާއްވާ އިޒްރޭލުގެ އިންތިޚާބުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރިހަމަ ތާއީދު އިއުލާންކުރައްވައިފިއެވެ. ޓްރަމްޕް ވަނީ ނަތަންޔާހޫއަކީ ވަރުގަދަ ލީޑަރެއްގެ ގޮތުގައި ސިފަކުރައްވާފައި ނަމަވެސް، އިޒްރޭލުގެ ރައްޔިތުންގެ މެދުގައި ޓްރަމްޕަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުން މި ތާއީދުން ނަތަންޔާހޫއަށް ކުރިއެރުމެއް ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.

ދަރިވަރުންގެ މުޒާހަރާ ރޫޅާލަން ރަބަރު ވަޒަން ބޭނުންކޮށްފި

އަލްބޭނިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތައް ރޫޅާލުމަށް ފުލުހުން ރަބަރު ވަޒަނާއި ކަރުނަގޭސް ބޭނުންކުރުމުގެ ސަބަބުން ނޫސްވެރިންނާއި ބައެއް ދަރިވަރުންނަށް ވަނީ އަނިޔާވެފައެވެ. ސަރުކާރުގެ ކޮރަޕްޝަނާއި ތައުލީމީ ދާއިރާގެ މައްސަލަތަކާ ގުޅިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގެ ތުހުމަތުގައި ހަތް ފުލުހަކު މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.

ހިންދޫ ފެސްޓިވަލެއްގެ ތެރޭގައި ފިތިގެން 17 މީހުން މަރުވެއްޖެ

އިންޑިއާގެ ކޮލްކަޓާގައި ބޭއްވި "ދުރުގާ ޕޫޖާ" ފެސްޓިވަލްގެ ތެރޭގައި، ބޯކޮށް ވާރޭވެހި މީހުން ތޮއްޖެހުމުގެ ސަބަބުން ހިނގި ހާދިސާއެއްގައި 17 މީހުން މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށާއި އަނިޔާވި މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox