ގައުމު ސަލާމަތުން ބޭއްވުމަށް ގައުމިއްޔަތު ދިރުވުން މުހިންމު: ވަޒީރު

Nov 21, 2023, 8:35 AM
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް "އަދަދު" އަށް އިންޓަވިއު ދެއްވަނީ. --ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ގައުމިއްޔަތު މުހިއްމު ވަނީ ދިވެހިންގެ ސަލާމަތަށްޓަކައި ކަމަށާއި، ގައުމިއްޔަތު ދިރުވައި، އާލާކުރާނެ ރޭވުންތައް އެބަހުރި ކަމަށާއި، އަދި ދިރާސާކޮށް ހޯދޭ ހޯދުންތަކުގެ މައްޗަށް ބަލައި، އެކަމަށް އިތުރު މަސައްކަތްތައް ކުރައްވާނެ ކަމަށް އާ ސަރުކާރުގެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޑރ. މުހައްމަދު މުއިއްޒު، ވަނީ ކެމްޕެއިނުގައި އަދި އިފްތިތާހީ ތަގުރީރުގައި ވެސް ގައުމިއްޔަތު ދިރުވައި، އާލާކުރަން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހުވާ ކުރެއްވުމަށް ފަހު ރައީސް ވިދާޅުވީ މިއަދު މި ފަށަނީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ ގައުމީ މަޝްރޫއު ކަމަށާއި މިއީ، ދިވެހީންގެ ސިކުނޑިތައް ބިނާކުރުމާއި، ދިވެހީންގެ ކެރުމާއި، އަޒުމާއި ހިތްވަރާއި، އިސްލާމީ ރިވެތި ސިފަތަކަށް ހޭނުމާއި، ދިވެހީން، ގޮތާ ފޮތާ ދިމާޔަށް އުފަލުން އެނބުރިލާނެ މަޝްރޫއެއް ކަމަށެވެ.

Advertisement

ވަޒީރުގެ ގޮތުގައި ނަސީރު މީޑިއާއަކަށް ދެއްވި ފުރަތަމަ އިންޓަވިއުގައި، ގައުމިއްޔަތު މުހިއްމުވަނީ ކީއްވެތޯ "އަދަދު" އިން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ، އެކަން ގުޅިފައި އޮތީ ގައުމުގެ ސަލާމަތާ ކަމަށެވެ.

އޭނާ ވިދާޅުވީ ގައުމިއްޔަތަކީ، އެ ބައެއް އެއީ، އެ ބައެއްކަން ދެނެގަތުން ކަމަށާއި އަދި އެއީ އެ ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވިސްނާ އެގޮތަށް އަމަލުކުރަން އެ ބަޔަކު އަހުލުވެރިވުން އަދި އެގޮތަށް އުޅުން ކަމަށެވެ.

"ރައްޔިތުންތަކެއް ގައުމަށް ރައީސަކު މި އައްޔަންކުރަނީ އެތަނެއް ސަލާމަތުން ބާއްވަން. ރާއްޖެ ސަލާމަތުން ބޭއްވޭނީ ދިވެހިން ސަލާމަތުން ތިބެގެން. ދިވެހިން މިތަނާ މެދު ފަރުވާތެރިވެގެން. ލޯބިހުރެގެން. މިފަސްގަނޑާ މެދު ދިވެހިންގެ ހިތުގައި ކުލުނެއް އޮވެގެން. އަމިއްލަ އުފެއްދުންތެރިކަމެއް، އަމިއްލަ މަސައްކަތްތްތެރިކަމެއް، އަމިއްލަ ޝައުގުވެރިކަމެއް މިތަނަށް އޮވެގެން. ދިވެހިންގެ ސަލާމަތަށްޓަކައި ގައުމިއްޔަތު މުހިއްމުވަނީ،" ނަސީރު ވިދާޅުވި އެވެ.

"ގައުމިއްޔަތަށް ރައީސް އެވަރަށް އިސްކަންދެއްވާ ސަބަބަކީ އެއީ."

އޭނާ ވިދާޅުވީ، އުމްރާނީ ތަރައްގީއާ އެއްވަރަށް ގައުމުގެ ސިކުނޑިތައް ބިނާކުރުމަކީ ވެސް ރައީސް އިސްކަންދެއްވާ ކަމެއް ކަމަށެވެ. އެކަމުގެ ޒިންމާ އޮތީ ތައުލީމީ ވުޒާރާ އާއި އޭނާގެ ވުޒާރާގައި ކަމަށް ނަސީރު ވިދާޅުވި އެވެ.

ނަސީރު ވިދާޅުވީ އެ ޒިންމާގެ ދަށުން އެ މިނިސްޓްރީ އަށް އޮތީ ގައުމާ މެދު ހޭލުންތެރިކުރުވުމާއި ގައުމަށް ރައްކާތެރިކުރާނެ، ގައުމު ދެނެގަނެ ގައުމު ސަލާމަތްކުރާނެ ގޮތްތަކާ މެދު ވިސްނާ ފިކުރުކުރާނެ ބަޔަކު އުފެއްދުން ކަމަށެވެ.

"އެކަންކަން ހާސިލްކުރަން ރޭވުންތެރިކަމާ އެކު ކުރާނެ ކަންކަން އެބަހުރި. އޭގެ އިތުރުން ގައުމީ ކަންކަން ދިރާސާކުރާނެ 50 ދިރާސާވެރިން އަޅުގަނޑުމެން އިހުތިޔާރުކުރާނަން. އެ ދިރާސާގެ ނަތީޖާ އިން ހާލަތު ދެނެގަނެ ހާލަތަށް ބަލައި ދެން ކުރަން ހުރި ކަންކަން ކުރާނީ،" ނަސީރު ވިދާޅުވި އެވެ.

ގައުމިއްޔަތުގެ އެންމެ މުހިއްމު އެއް ބަޔަކީ ދިވެހި ބަސް ކަމަށްވާއިރު، އާ ޖީލަށް އެންމެ ރަނގަޅަށް ބަސް ނޭގުމުގެ ކަންބޮޑުވުން އާއްމުންގެ ތެރޭގައި އެބައޮތެވެ. ނަސީރު ވިދާޅުވީ، "މަހެއް ދިރެނީ ފެނުގައި" ކަމަށާއި ހަމަ އެގޮތަށް "ބަހެއް ދިރެނީ ސަގާފަތުގައި" ކަމަށެވެ. އެގޮތުން ދިވެހި ބަހަށް ހީނަރުކަން އައީ ދިވެހިން އުޅެމުން އައި ގޮތް ނުވަތަ ސަގާފަތަށް ބަދަލުތަކެއް އައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ޒަމާނުގައި ކުދިން ރުކަކަށް ނޭރުވޭނެ. ކުދިން ލައްވާ ކިއްސަރުވަޑާމެއް ނުކުރެވޭނެ. އެކަން ކުރަންޏާ އެކަމުގެ ބަސްކޮށާރު ލިބެނީ،" ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޝާއިރު ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ސަގާފަތް ބަދަލުވި ނަމަވެސް، ބަސްކޮށާރު މުއްސަނދިކޮށް، ބަހަށް ލޯބި ޖައްސާނެ އިލްމީ ގޮތްތައް ދުނިޔޭގައި އެބަހުރި ކަމަށެވެ. އެގޮތުން ކުދިންގެ ސިކުނޑި އާއި ތަނާއި ވަސީލަތާ ގުޅޭ ގޮތަށް އެކަން ކުރެވޭނެ އިލްމީ ގޮތް އެބަހުރި ކަމަށާއި ރައީސްގެ ވިސްނުންފުޅަކީ ވެސް އިލްމީކޮށް އެކަންކަން ހާސިލްކުރުން ކަމަށެވެ.

"އިލްމީ ހަގީގަތްތަކާ އެކު އެކަމާ ކުރިމަތިލައިގެން ނަތީޖާ ނެރެވޭނެ،" ނަސީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox